Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބ.ތުޅާދޫ

ދޮޅު އަހަރު ފަހުން ރައީސް ވިދާޅުވީ ތުޅާދޫ އެއާޕޯޓުގެ މަސައްކަތް ލަސްވީ ފައިސާގެ ގޮތުން ކަންކަން ތަރުތީބު ވާން ޖެހޭތީ ކަމަށް

ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ތުޅާދޫގެ ތަރައްޤީ އަށް ވަރަށް މުހިންމު ވައުދުތަކެއް ވެފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2025 | އަންގާރަ 08:37
ތުޅާދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ

ތުޅާދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ

ބ.އަތޮޅު ތުޅާދޫގެ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް މިއަދާ ހަމައަށް ލަސްވެގެން ދިޔައީ، ފައިސާގެ ގޮތުން ބައެއް ކަންކަން ތަރުތީބު ކުރަން ޖެހޭތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ތުޅާދޫގެ އެއާޕޯޓު ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ވަނީ ފަށައިފަ އެވެ. ނަމަވެސް ވެރިކަން ބަދަލުވުމާ އެކު އެ މަސައްކަތް މަޑު ޖެހިފައިވާއިރު، ކުރިން ހިއްކި ސަރަހައްދު ވެސް ގިރާލަމުންދާ ކަމުގެ ކަންބޮޑުވުން އޮތީ ފާޅު ކޮށްފަ އެވެ.

Advertisement - newsAdvertisement

ބ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މުޢިއްޒު އަންގާރަ ދުވަހު ތުޅާދޫ އަށް ވަޑައިގެންފައިވާއިރު، އެ ދަތުރުފުޅުގައި ވަނީ ތުޅާދޫ އެއާޕޯޓުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން ރަންވޭ އާއި، އެއާޕޯޓުގެ ޓާމިނަލް އަދި އިތުރު ފެސިލިޓީތައް ތަރައްޤީ ކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ތުޅާދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ތުޅާދޫގެ ތަރައްޤީ އަށް ވަރަށް މުހިންމު ވައުދުތަކެއް ވެފައިވާ ކަމަށެވެ. އެ ވައުދުތައް ފުއްދުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް ޒިންމާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުތައް ފުއްދުމަށް ވަރަށް އަމާނާތްތެރިކަމާ އެކު އަދި އިޚުލާސްތެރިކަމާ އެކު ސަމާލުކަން ދީގެން މުޅި ސަރުކާރު މަސަައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ އެކި ވައުދުތައް ފުއްދުމުގެ މަސައްކަތް ފެށިގެން ދަނީ އެކި ދުވަސްވަރު އެކަމަށް ބޭނުންވާ އެކި ކަހަލަ ކަންތައްތައް ފަހި ކުރެވިގެން އަދި ތަރުތީބު ކުރެވިގެން ކަމަށެވެ. އެގޮތުން ތުޅާދޫގެ ތަރައްޤީ އަށް އެންމެ މުހިންމު މަޝްރޫއަކީ އެއާޕޯޓުގެ މަޝްރޫއު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެއާޕޯޓު މަޝްރޫއުގައި ސޮއި ކުރެވޭ ހިސާބަށް މިއަދު ގެންދެވުނުއިރު، އެ މަޝްރޫއަކީ ފައިސާގެ ގޮތުން ގިނަ ކަންތައްތަކެއް ތަރުތީބު ކުރެވިގެން ކުރިއަށް ގެންދަން ޖެހޭ މަޝްރޫއަކަށް ވާތީ ވަގުތު ކޮޅެއް ނެގީ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިއަދު ތުޅާދޫ އެއާޕޯޓުގެ މަޝްރޫއު ފެށިގެންދާއިރު، އެ މަޝްރޫއު ހުއްޓުމެއް ނެތި، ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ފުރިހަމަ އަށް ނިންމައި ދޭނެ ކަމުގެ ޔަގީންކަން ދޭން ބޭނުންވާ ކަމަށެވެ.

އެކި ވައުދުތައް ފުއްދުމުގެ މަސައްކަތް ފެށިގެން ދަނީ އެކި ދުވަސްވަރު އެކަމަށް ބޭނުންވާ އެކި ކަހަލަ ކަންތައްތައް ފަހި ކުރެވިގެން، ތަރުތީބު ކުރެވިގެން ދިޔުމުން. މިގޮތުން ބަލާއިރު މި ރަށުގެ ތަރައްޤީ އަށް އެންމެ މުހިންމު މަޝްރޫއުގައި މިއަދު އަޅުގަނޑުމެންނަށް ސޮއި ކުރެވޭ ހިސާބަށް މި ގެންދެވުނީ. މި މަޝްރޫއަކީ، އެއާޕޯޓުގެ މަޝްރޫއަކީ ފައިސާގެ ގޮތުން ފުދޭ ވަރެއްގެ ގިނަ ކަންތައްތަކެއް ތަރުތީބު ކޮށްގެން ފެށޭ ވަރުގެ މަޝްރޫއަކަށް ވާތީ ވަގުތު ކޮޅެއް ނެގީ. އަޅުގަނޑު މިއަދު އެންމެ ފުރަތަމަ ވެސް މިކަމާ ގުޅޭ ގޮތުން ދަންނަވަން އޮތް ވާހަކަ އަކީ، ތިބޭފުޅުންނަށް އަޅުގަނޑު ދޭ ޔަގީންކަން، އިރާދަކުރެއްވިޔާ މިއަދު މި ފެށޭ އެއާޕޯޓުގެ މަޝްރޫއު ހުއްޓުމެއް ނެތި ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ފުރިހަމަ އަށް ނިންމައި ދޭނެ ކަމުގެ ޔަގީންކަން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ތުޅާދޫ އެއާޕޯޓުގެ މަޝްރޫއުގެ މަސައްކަތް ފެށީ، ކުރީ ސަރުކާރުން ތުޅާދޫ ކައުންސިލާ އެކު ހަދާފައިވާ އަދި ފާސްކޮށްފައިވާ އީއައިއޭ އަށް ބިނާ ކޮށްފައި ކަމަށެވެ. އެ އީއޭއައި އަށް ބިނާ ކޮށްފައި މަސަައްކަތް ފެށި ނަމަވެސް، އެމަނިކުފާނު ބަދަލު ތަކެއް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކުމަށް ބޭނުންވާ މަސައްކަތް ފެށުމަށް ވެހިކަލްތައް ތުޅާދޫ އަށް ގެންގޮސްފައި ވަނީ ރައީސް މުޢިއްޒު އެ ރަށަށް ވަޑައިގެންނެވުމުގެ ދެ ދުވަސް ކުރިންނެވެ. އެ ރަށު ކައުންސިލް އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ މަސައްކަތް ފެށުމަށް ރައީސް މުޢިއްޒު ތުޅާދޫ އަށް ވަޑައިގަންނަވާ ނަމަވެސް، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު