Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފަލަސްތީން އިސްރާޢީލް ހަނގުރާމަ

ނިރުބަވެރި ޔަހޫދީން އަނދިރިކޮށްލި ޙަޔާތަށް އަލިކަމެއް ގެނެސްދިނީ ޣައްޒާގެ ކުޑަކުޑަ ނިއުޓަން!

ފޭލިގެއަށް އަލިކަމެއް ގެނެސްދެވޭތޯ ހުސާމް ވަނީ މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައި، ކާމިޔާބު ލިބުނީ 3 ވަނަ ފަހަރު ކުރި މަސައްކަތުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2024 | އާދީއްތަ 10:42
ހުސާމް އަލް-އައްޠާރު؛ ޣައްޒާގެ ކުޑަކުޑަ ނިއުޓަން

ހުސާމް އަލް-އައްޠާރު؛ ޣައްޒާގެ ކުޑަކުޑަ ނިއުޓަން

އަނެއްކާވެސް، "ޟަރޫރަތަކީ އީޖާދުގެ މަންމަ" އޭ ބުނާ ފަދަ ޙާލަތަކެވެ. ނިރުބަވެރި އިޒްރޭލުން، ފަލަސްޠީނުގެ ޣައްޒާއަށް ދެމުން ގެންދާ ޢުދުވާނީ ޙަމަލާތަކުގައި ގެދޮރު ގެއްލި، ޢުމުރުން އެންމެ 15 އަހަރުގެ ހުސާމް އަލް-އައްޠާރީ މިއަދު އޭނާގެ ޢާއިލާއާއެކު ދިރިއުޅެމުން ދަނީ ވަގުތީ ފޭލިގެއެއްގައެވެ.

4 މަހަށް ވުރެ ދިގުލައި ގޮސްފައިވާ ޤަތުލުޢާންމު ފެށުމާ އެކުހެން އިޒްރޭލުން ވަނީ ޣައްޒާއިން ކަރަންޓުގެ ޚިދުމަތް ކަނޑާލާ، ތެލުގެ ސަޕްލައިއަށްވެސް ހުރަސް އަޅާފައެވެ. ހުސާމް، އޭނާގެ ޢާއިލާއަށް ހޯދައިދިނީ އެ މައްސަލައަށް ޙައްލެކެވެ. އުކާލާފައި ހުންނަ ސާމާނު ވިއްކާ ބާޒަރަކުން ގެނައި 2 ފަންކާއެއް ކަރަންޓު ވާތަކަކާ ގުޅިގެން ހުސާމް ވަނީ އޭނާގެ ޓެންޓަށް އަލިކަމެއް ލިބޭނެ ފަދަ މަސްދަރެއް އީޖާދު ކޮށްފައެވެ.

ހުސާމްގެ ކުޅަދާނަކަން ފެނި، ފެލިގޭގެ އަވަށްޓެރިން އޭނާއަށް މިހާރު ކިޔައި އުޅެނީ "ޣައްޒާގެ ނިއުޓަން" އެވެ. އެއީ ދުނިޔެ ދުށް މަޝްހޫރު ފަލްސަފާ ޢިލްމުވެރިޔާ އަދި ސައެންޓިސްޓް، ސަރ އައިޒަކް ނިއުޓަންއަށް ރިޢާޔަތްކޮށެވެ. ނިއުޓަންގެ ހޯދުންތަކުގެ ތެރޭގައި، އަލީގެ ވަނަވަރުތައް ހިމެނެއެވެ.

17 ވަނަ ޤަރުނުގެ ފަހުކޮޅު އަދި 18 ވަނަ ޤަރުނުގެ ކުރީކޮޅު، ފިޒިކްސް، ހިސާބު އަދި ފަލަކީ ޢިލްމުގެ ދާއިރާއިން އިންތިހާއަށް ކުރިއެރުންތަކެއް ހޯދި، އިނގިރޭސި ސައިންސްވެރިޔާ އައިޒަކް ނިއުޓަން، ޢާންމުންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ، އޭނާ ކިޔައިދޭ އާފަލުގެ ވާހަކައިންނެވެ.

2.3 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ޣައްޒާގެ ޢާބާދީގެ 2 ބައިކުޅަ 1 ބަޔަށް ވުރެވެސް ގިނަ މީހުން މިހާރު ތޮއްޖެހިފައި ވަނީ ރަފަޙް ސަރަޙައްދުގައެވެ. އެއީ ޣައްޒާގެ އެންމެ ދެކުނު ކޮޅެވެ. މިޞްރާއި ޣައްޒާ ގުޅޭ ބޯޑަރު ސަރަޙައްދެވެ. ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތައްވެސް ފުއްދާލެވެން ނެތް، އާދައިގެ ފޭލިގެތަކުގައި އެތައް ޢާއިލާއެއް ދިރިއުޅެމުން ދަނީ ފިތިބާރުވެގެންނެވެ.

ހުސާމްގެ ޢާއިލާއިން ފޭލިގޭގެ އެއް ބައި އައްސާފައި ވަނީ ޖެހިގެން ހުރި 1 ފަންގިފިލާގެ މައްޗަށް އެކުލެވޭ ގެއެއްގެ އަރިމަތީ ފާރަށެވެ. އެހެންކަމުން، ފުރާޅު މައްޗަށް އަރާ، އެއް ފަންކާ މަތީ އަނެއް ފަންކާ ހުންނަ ގޮތަށް، 2 ފަންކާ ސެޓް ކުރުމަށް ހުސާމްއަށް ފުރުޞަތު ލިބުނެވެ. 2 ފަންގާގެ ބުރަފަތި މަސައްކަތް ކުރަނީ، ވައިން ހަކަތަ އުފައްދާ ވިންޑް ޓަރބައިންއެއް ފަދައިންނެވެ. އެ އުފެދޭ ހަކަތައިން، ބެޓެރީ ޗާޖު ކުރެވޭ ގޮތަށެވެ. އެއަށްފަހު ގޭތެރެއިން ތިރިއަށް ދަތުރުކުރާ ނަރުތަކާ ފަންކާތައް ގުޅުވައި، ސްވިޗްތަކާއި ބޮކި ބޭނުންކޮށްގެން ފޭލިގޭގެ އެތެރެއަށް ވާ ގޮތަށް، ތުނި ޕްލައިވުޑް ކޮޅެއް ބޭނުންކޮށްގެން، އެ ފޭލިގެއަށް އަލިކަން ގެނެސްދިނެވެ.

ފޭލިގެއަށް އަލިކަމެއް ގެނެސްދެވޭތޯ ހުސާމް ވަނީ މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައެވެ. ކާމިޔާބު ލިބުނީ 3 ވަނަ ފަހަރު ކުރި މަސައްކަތުންނެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތް ނައްތާލަން ކަމަށް ބުނެ، އެޔެއް މިޔެއް ބެލުމެއް ނެތި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުގައި މަރުވި ފަލަސްޠީނު މީހުންގެ ޢަދަދު 27000 އަށް ވުރެ މައްޗަށް އަރައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. ދިރިތިއްބެއް ކަމަކު، ދެން ތިބި ކުދިންގެ ދިރިއުޅުމުގައިވެސް އެއްވެސް އުޖާލާ ކަމެއް ނެތް ފަދައެވެ. ނަމަވެސް، ހުސާމްއަކީ ތަފާތު ކުއްޖެކެވެ. އޭނާ އަދިވެސް ހުރީ ސާބިތުކަމާއެކުގައެވެ. ހުވަފެންތައް ޙަޤީޤަކަށް ހަދާ، ޢަމާޒުތައް ހާސިލުކުރުމުގެ މިޞްރާބުން ކަސިޔާރު ނުވާނެހާ ވަރުގަދަކޮށެވެ.  

ނަސްލެއް ދޮވެލުމަށް އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުގައި އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީވެސް ޣައްޒާގެ ކުޑަކުދިންނަށެވެ. އެތައް ކުދިންނެއް ވަނީ ޔަޠީމު ވެފައެވެ. ޢާއިލާގެ އެ ނޫންވެސް އެއްވެސް މެންބަރެއް ނެތް ކުދިން އެބަ ތިއްބެވެ. އެއީ ކޮން ޢާއިލާއެއްގެ ކުއްޖެއްކަން ނޭނގޭ ޙާލަތުގައި ތިބި ކުދިންވެސް އެހާމެ ގިނައެވެ. ޖިސްމާނީ ނުކުޅެދުންތެރިކަމާ އެކު ޙަޔާތުގެ ބާކީ ދުވަސްތައް ގުނަން ޖެހިފައި ވަނީވެސް މަދު ޢަދަދެއްގެ ކުދިބަޔަކަށް ނޫނެވެ. ނަފްސާނީ އަސަރުތަކުގެ ވާހަކަ ދައްކާ ކޮޅުންލާކަށް ނެތެވެ. އދއިން ސިފަކުރާ ގޮތުގައި، މި ދުނިޔެމަތީގައި ކުޑަކުއްޖަކަށް އޮތް އެންމެ ނުރައްކާ މަންޒިލަކީ ޣައްޒާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިރުބަވެރި ޔަހޫދީންނަށް ނައްސި ނުކުރެވުނު ފައްސި ހިތް...

ނިރުބަވެރި ޔަހޫދީންނަށް ނައްސި ނުކުރެވުނު ފައްސި ހިތް...

03 މާރިޗު 2024
ޔަހޫދީންނަށް ދޮވެނުލެވުނު ޣައްޒާގެ ސާބިތުކަން: ކުޑަކުދިންގެ ކިބައިންވެސް ފެންނަނީ އާދަޔާ ޚިލާފު ހިތްވަރެއް!

ޔަހޫދީންނަށް ދޮވެނުލެވުނު ޣައްޒާގެ ސާބިތުކަން: ކުޑަކުދިންގެ ކިބައިންވެސް ފެންނަނީ އާދަޔާ ޚިލާފު ހިތްވަރެއް!

29 ފެބުރުއަރީ 2024
ޤަތުލުޢާންމުގެ ތެރެއިން ޔަހޫދީން ވެއްޓަށް ދޭ ގެއްލުން ކޮޕް-28 އަށް ނުފެންނަނީތަ؟

ޤަތުލުޢާންމުގެ ތެރެއިން ޔަހޫދީން ވެއްޓަށް ދޭ ގެއްލުން ކޮޕް-28 އަށް ނުފެންނަނީތަ؟

05 ޑިސެމްބަރު 2023
ދަނޑުބިންތަކާއި ގަސްގަހާގެހިވެސް ޔަހޫދީންގެ ކުރިމަތީގައި 'ނިރުބަވެރި' ވީ ތާ!

ދަނޑުބިންތަކާއި ގަސްގަހާގެހިވެސް ޔަހޫދީންގެ ކުރިމަތީގައި 'ނިރުބަވެރި' ވީ ތާ!

04 ޑިސެމްބަރު 2023
އިޒްރޭލުގެ ޤަތުލުޢާންމު: އައިމަންގެ ޙަޔާތަށް ހީވެސް ނުކުރާ ފަދަ ހުރަހެއް!

އިޒްރޭލުގެ ޤަތުލުޢާންމު: އައިމަންގެ ޙަޔާތަށް ހީވެސް ނުކުރާ ފަދަ ހުރަހެއް!

09 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު