Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅި އައު ހުށަހެޅުމަކަށް އިސްރާއީލްގެ ޖަވާބަށް މެދުވެރިން އިންތިޒާރުގައި

އިސްރާއީލުގެ ޖަވާބަކަށް މެދުވެރިން އިންތިޒާރު ކުރަމުންދާއިރު، އިސްރާއީލުން ބުނަނީ ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްލުމުގެ އެއްބަސްވުމަކަށް ނޫނީ ނުދާނެ ކަމަށެވެ.

ރާއްޖެ އެމްވީ | 19 އޯގަސްޓު 2025 | އަންގާރަ 17:34
އިސްރާއީލް އިން ދީފައިވާ ހަމަލާއެއްގެ ސަބަބުން ޣައްޒާގެ ސަރަހައްދެއްގެ އިމާރާތެއް ފުނޑު ފުނޑުވެފައި

އިސްރާއީލް އިން ދީފައިވާ ހަމަލާއެއްގެ ސަބަބުން ޣައްޒާގެ ސަރަހައްދެއްގެ އިމާރާތެއް ފުނޑު ފުނޑުވެފައި

ހަނގުރާމަ ހުއްޓާލުމަށް ހަމާސް އިން އެއްބަސްވި ޕްލޭން އަށް އިސްރާއީލުގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދާ ކަމަށް އަރަބި މެދުވެރިން ބުނެފިއެވެ.

ހަމާސް އިން ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުން ދޫކޮށްލުމުގެ އައު ހުށަހެޅުމަކަށް އެއްބަސްވުމަށްފަހުއެވެ. މި ޕްލޭނަކީ ޤަތަރާއި މިސްރުން ހުށަހަޅާފައިވާ ޕްލޭނެކެވެ. އެއީ ޣައްޒާ މުޅިން ހިފުމަށް އިސްރާއީލުން ކުރަން ދޭން އުޅޭ ބޮޑު ހަމަލާއެއް ހުއްޓުވުމަށްޓަކައެވެ.

ޤަތަރުން ބުނެފައިވަނީ މިއީ 60 ދުވަހުގެ މުއްދަތައް ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ހުށަހެޅި ޕްރޮޕޯސަލާ ވަރަށް އެއްގޮތް ހުށަހެޅުމެއް ކަމަށެވެ. މި މުއްދަތުގައި ޣައްޒާގައި ހިފަހައްޓާފައިވާ 50 ރަހީނުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅައެއްބައި ދޫކޮށްލުމަށްފަހު، ދެފަރާތުން ދާއިމީ ހަނގުރާމަ ހުއްޓުވުމަކާއި ބާކީ ތިބި ރަހީނުން އަނބުރާ ގެނައުމާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ.

ފަހަކަށް އައިސް، އިސްރާއީލު ގެ ސަރުކާރުން ބުނެފައިވަނީ އެމީހުން މިހާރު ބައެއް ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކަށް އެއްބަސްނުވާނެ ކަމަށާއި އެމީހުން އެއްބަސް ވާނީ ހުރިހާ ރަހީނުން ދޫކޮށްލުމުގެ ފުރިހަމަ އެއްބަސްވުމަކަށް އެކަނި ކަމަށެވެ.

އިސްރާއީލުގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓު ތައް ބުނަނީ އިސްރާއީލުގެ ޕޮޒިޝަން ބަދަލުވެފައި ނުވާ ކަމަށާއި، ހުރިހާ ރަހީނުން ދޫކޮށްލުމާއި ހަނގުރާމަ ނިންމުމަށް ކަނޑައެޅިފައިވާ އެހެން ޝަރުތުތައް ފުރިހަމަކުރުން ޖެހޭނެ ކަމަށެވެ.

މި ހަފްތާގެ ފަހުކޮޅު، އިސްރާއީލުގެ ކެބިނެޓުން ޣައްޒާ ސިޓީ ހިފުމުގެ މިލިޓަރީ ޕްލޭން ފާސްކުރާނެ ކަމަށް ބެލެވެއެވެ. އެތަނުގައި އިތުރުވަމުންދާ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މިހާރުވެސް އެތައް ހާސް މީހުން ޣައްޒާ ސިޓީ ދޫކޮށް ގޮސްފައިވެއެވެ.

ބޮޑު ވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވަނީ ޣައްޒާގެ ހުރިހާ ސަރަހައްދެއް ހިފުމަށް އިސްރާއީލުގެ ނިޔަތް އޮތްކަމަށެވެ - އޭގެ ތެރޭގައި 2.1 މިލިއަން ފަލަސްތީނު ރައްޔިތުންގެ ގިނަ ބަޔަކު ރައްކާތެރިކަން ހޯދާފައިވާ ސަރަހައްދުތައްވެސް ހިމެނެއެވެ.

ހޯމަ ދުވަހުގެ ރޭ، ހަމާސްގެ ބަޔާނެއްގައި އިޢުލާނުކުރީ އެ ޖަމާއަތާއި އެހެން ފަލަސްތީނު ފެކްޝަންތަކުން އޭގެ ކުރީ ދުވަހު ގާހިރާ ގައި އެމީހުންގެ މަންދޫބުންނަށް މިސްރާއި ޤަތަރުގެ މެދުވެރި ވެގެން ހުށަހެޅި ހަނގުރާމަ ހުއްޓުވުމުގެ ހުށަހެޅުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ހަމާސްގެ އޮފިޝަލް ތާހިރު އަލް-ނޫނޫ އަލް-އަރަބީ ޓީވީއަށް ބުނެފައިވަނީ އެމީހުން އެ ހުށަހެޅުމަށް އެއްވެސް ބަދަލެއް ގެންނަން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އެ އެއްބަސްވުން ތަންފީޒުކުރަން ފެށޭ ފުރަތަމަ ދުވަހު، ދާއިމީ ހަނގުރާމަ ހުއްޓުވުމަކަށް އެއްބަސްވުމުގެ މަޤްޞަދުގައި މަޝްވަރާތައް ފެށޭނެ ކަމަށެވެ.

އަންގާރަ ދުވަހު ދޯހާގައި ނޫސްވެރިންނާ ވާހަކަދައްކަމުން، ޤަތަރުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްމަން މާޖިދު އަލް-އަންސާރީ ވިދާޅުވީ މި ހުށަހެޅުމަކީ އެމެރިކާގެ މެދުއިރުމަތީގެ އެންވޮއި ސްޓީވް ވިޓްކޮފް ހުށަހެޅި ހުށަހެޅުމާ އެއްގޮތް އެއްޗެއް ކަމަށެވެ.

ވިޓްކޮފް ހުށަހަޅާފައިވަނީ 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތުގައި ހަމާސްއިން ދިރިހުރި 10 ރަހީނުންނާއި މަރުވެފައިވާ 18 ރަހީނުންގެ ހަށިގަނޑު ދެ ފޭސްއަކަށް ބަހާލައިގެން ދޫކޮށްލުމަށެވެ. އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ސަތޭކަ އަށް ވުރެ ގިނަ ފަލަސްތީނު ޤައިދީން ދޫކޮށްލާނެއެވެ. އޭނާ ހާމަ ކޮށްފަައިވަނީ ހަނގުރާމަ ނިންމުމުގެ ފަހުގެ އެއްބަސްވުމަކަށް ވާސިލުވުމުގެ މަޝްވަރާތައް އެއްބަސްވުމުގެ ފުރަތަމަ ދުވަހު ފެށޭނެ ކަމަށެވެ.

އިސްރާއީލުން ވިޓްކޮފްގެ ޕްލޭނަށް އެއްބަސްވިއެވެ. ނަމަވެސް ހަމާސް އިން އެ ޕްލޭން އޭރު ބަލައިނުގަތެވެ. އެއީ އެއްވެސް ވަގުތީ ހަނގުރާމަ ހުއްޓުވުމަކުން ދާއިމީ ހަނގުރާމަ ހުއްޓުވުމަކަށް ވާސިލުވާނެ ކަމުގެ ޔަޤީން ކަމެއް ނެތުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުގެ މީޑިއާއިން ރިޕޯޓުކޮށްފައިވަނީ އެގައުމުގެ އޮފިޝަލުން އައު ހުށަހެޅުމާއި ހަމާސްގެ ޖަވާބު ދިރާސާކުރަމުންދާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ، ނަތަންޔާހޫ ގެ އޮފީހުން ބުނެފައި ވަނީ ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްލުމާއި، ހަނގުރާމަ ނިންމުމަށް ކަނޑައެޅި ޝަރުތުތަކާ އެއްގޮތަށް އެއްބަސްވާނެ ކަމަށެވެ.

އެ ޝަރުތުތަކުގެ ތެރޭގައި ހަމާސް ހަތިޔާރު ބެހެއްޓުމާއި، ޣައްޒާ ޑީމިލިޓަރައިޒް ކުރުމާއި، ޣައްޒާގެ ވަށައިގެން އިސްރާއީލުގެ ކޮންޓްރޯލް އޮތުމާއި، ހަމާސް ނޫން އަދި ފަލަސްތީނު އޮތޯރިޓީ ނޫން ވެރިކަމެއް ޤާއިމުކުރުން ހިމެނެއެވެ.

އާދީއްތަ ދުވަހުގެ ރޭ، އެތައް ސަތޭކަ ހާސް އިސްރާއީލު މީހުން ތެލްއަވީވްގައި އެއްވެ، އެމީހުންގެ ސަރުކާރުން މިހާރު ހަމާސް އާއެކު އެއްބަސްވުމަކަށް އައިސް ހަނގުރާމަ ނިންމައި ހުރިހާ ރަހީނުން ގައުމަށް ގެނައުމަށް ގޮވާލިއެވެ.

7 އޮކްޓޯބަރ 2023 އިން ފެށިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގައި މަދުވެގެން 62,004 މީހުން މަރުވެފައިވާ ކަމަށް ޣައްޒާ ގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

އިސްރާއީލް-ހަމާސްޣައްޒާޤަތަރު-މިސްރުރަހީނުންޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު