Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް އެމެރިކާގެ 58 އިންސައްތަ ރައްޔިތުން ތާއީދު ކުރޭ

އެ ސާރވޭގައި ދައްކާފައިވާ ގޮތުން އދ ގެ ހުރިހާ މެމްބަރު ޤައުމު ތަކުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައި ގަންނަން ޖެހޭ ކަމަށް، އެމެރިކާގެ ގިނަ ރައްޔިތުން ޤަބޫލު ކުރެއެވެ. އެގޮތުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ޖެހޭ ކަމަށް، އެމެރިކާގެ 58 އިންސައްތަ ރައްޔިތުން ޤަބޫލު ކުރާ ކަމަށް ވަނީ ދައްކައިފަ އެވެ.

އެމެރިކާގެ 58 އިންސައްތަ ރައްޔިތުން ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމަށް ޤަބޫލުކުރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2025 | ބުރާސްފަތި 01:28
ނިއު ޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި ފަލަސްޠީނުގެ ދިދަ އަދި އދ ގެ ދިގަ ނަގާފައި

ނިއު ޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި ފަލަސްޠީނުގެ ދިދަ އަދި އދ ގެ ދިގަ ނަގާފައި

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް، އެމެރިކާގެ 58 އިންސައްތަ ރައްޔިތުން ތާއީދު ކުރާ ކަމަށް، ރޮއިޓާސް އަދި އިޕްސޮސް އިން ހެދި ސާރވޭއެއްގައި ދައްކައިފި އެވެ.

އެ ސާރވޭގައި ދައްކާފައިވާ ގޮތުން އދ ގެ ހުރިހާ މެމްބަރު ޤައުމު ތަކުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައި ގަންނަން ޖެހޭ ކަމަށް، އެމެރިކާގެ ގިނަ ރައްޔިތުން ޤަބޫލު ކުރެއެވެ. އެގޮތުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ޖެހޭ ކަމަށް، އެމެރިކާގެ 58 އިންސައްތަ ރައްޔިތުން ޤަބޫލު ކުރާ ކަމަށް ވަނީ ދައްކައިފަ އެވެ.

މި ސާރވޭ ކޮށްފައި ވަނީ އިސްރާއީލް އާއި ހަމާސް ޖަމާއަތާ ދެމެދު ކުރިއަށް ގެންދަމުން އަންނަ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށް މަޝްވަރާ ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ސާރވޭގެ ނަތީޖާ އަށް ބަލާއިރު، އެމެރިކާގެ ރައްޔިތުންގެ ތެރެއިން 33 އިންސައްތަ މީހުން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމާ ވަނީ ދެކޮޅު ހަދައިފަ އެވެ. އަދި އެކަމާ ގުޅިގެން ވަކި އެއްޗެއް ބުނުމަށް، ނުވަތަ ވަކި އަތަކަށް ޖެހުމަށް ނުވަ އިންސައްތަ މީހުން ވަނީ އިންކާރު ކޮށްފަ އެވެ.

މީގެ އިތުރުން މި ސާރވޭ ކުރިއަށް ގެންގޮސްފައިވާ މި ދަނޑިވަޅަކީ ގިނަ ޤައުމު ތަކަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާ ދަނޑި ވަޅެއްގަ އެވެ. އޭގެ ތެރޭގައި އެމެރިކާއާ އެކުވެރި ޤައުމުތައް ވެސް ހިމެނެ އެވެ. އެގޮތުން ފްރާންސް އަދި އިނގިރޭސިވިލާތް ވެސް ހިމެނެ އެވެ.

ފްރާންސް އިން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާކަން އިއުލާން ކުރުމާ އެކު، އިނގިރޭސިވިލާތުން ވެސް ވަނީ އެކަން އިއުލާން ކޮށްފަ އެވެ. އޭގެ ފަހުން ކެނެޑާ އާއި، އޮސްޓްރޭލިއާ އަދި މޯލްޓާ އިން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާ ކަމަށް ހާމަކޮށްފަ އެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު އދ ގެ ޖެނަރަލް އެސެމްބްލީގައި އެކަން ރަސްމީކޮށް ބަލައި ގަތުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރަމަ 60 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމަށާއި، އިސްރާއީލްގެ ބަންދުގައި ތިބި ރަހީނުންގެ ތެރެއިން ދެބައިކުޅަ އެއްބައި މިނިވަން ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް އިސްރާއީލްގެ އޮފިޝަލުން ވަނީ ހާމަކޮށްފަ އެވެ. އެ މަޝްވަރާތަކާ ގުޅޭ ގޮތުން ހަމާސް އިން ހުށަހަޅާފައިވާ ހުށަހެޅުންތައް އިސްރާއީލް އިން ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޣައްޒާގެ އިންސާނީ ޙާލަތު މިހާރު ވަނީ ސިފަ ކުރަން ނޭނގޭ ފެންވަރަކަށް ގޮސްފައި ކަމަށް، އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ އަދި ޔޫރަޕުގެ ޤައުމު ތަކުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެހީދޭ ޖަމިއްޔާ ތަކުން ބުނާ ގޮތުގައި ޣައްޒާގެ ރައްޔިތުން ވަނީ ބަނޑުހައި ހޫނު ކަމުގެ ނުރައްކާތެރި ޙާލަތަކަށް ވެއްޓިފަ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާއާ ގުޅިގެން، އިސްރާއީލް އިން ފަށާފައިވާ ޣައްޒާ ހަނގުރާމައިގައި މިހާތަނަށް ޣައްޒާ އިން ވަނީ 62،000 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލައިފަ އެވެ. ހަމާސް އިން އިސްރާއީލް އަށް ދިން ހަމަލާގައި 1200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހަމާސް އިން ވަނީ އިސްރާއީލްގެ 251 މީހަކު ރަހީނު ކޮށްފަ އެވެ.

ރޮއިޓާސް އަދި އިޕްސޮސް އިން ކުރިއަށް ގެންދިޔަ މި ސާރވޭގައި ބައިވެރިވި އެމެރިކާގެ 59 އިންސައްތަ ރައްޔިތުން ދެކޭ ގޮތުގައި، އިސްރާއީލް އިން ޣައްޒާގައި ދެމުން އަންނަ އަސްކަރީ ޖަވާބު ދިނުން ވަނީ ހައްދު ފަހަނަ އަޅައިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ކުރިއަށް ގެންދިޔަ ސާރވޭއާ އަޅާބަލާއިރު، ހަ އިންސައްތައިގެ އިތުރުވުމެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

އިސްރާއީލް-ހަމާސްފަލަސްތީނުޣައްޒާއެމެރިކާއިންސާނީ ހާލަތުހަނގުރާމަޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު