Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހުރިހާ ރަހީނުން އެކީ ދޫކޮށްލަން ޖެހޭނެ ކަމަށް އިސްރާއީލުން ބުނުމާއެކު ހަމާސް ގެ ހުށަހެޅުން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބެލެން ފަށައިފި

ހަމާސް އިން ޣައްޒާގައި ތިބި ރަހީނުންގެ ދެބައިކުޅަ އެއްބައި މީހުން ދޫކޮށްލުމަށް ހުށަހެޅި ނަމަވެސް، ހުރިހާ ރަހީނުން އެއްފަހަރާ ދޫކުރަން ޖެހޭނެ ކަމަށް ބުނުމުން އިސްރާއީލުން އެ ހުށަހެޅުން ބަލައިނުގަތުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ. އިސްރާއީލުން މިހާރު ބޭނުންވަނީ ޣައްޒާ މުޅިން ހިފުމަށް ކަމަށްވާތީ، ދެފަރާތުގެ ދެމެދުގައި ހިނގަމުންދާ 22 މަސްދުވަހުގެ ހަނގުރާމަ އަދިވެސް ދެމިގެންދާނެ ކަމަށް ބެލެވެއެވެ.

ރާއްޖެ އެމްވީ | 20 އޯގަސްޓު 2025 | ބުދަ 02:49
ޣައްޒާ ސިޓީއަށް އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ހަށިތައް ޣައްޒާ ސިޓީގައި ވަޅުލުމަށް އަލްޝިފާ ހޮސްޕިޓަލަށް ގެންނަމުން ދިޔަ އިރު އަންހެނަކު ހިތާމަ ކުރަނީ

ޣައްޒާ ސިޓީއަށް އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ހަށިތައް ޣައްޒާ ސިޓީގައި ވަޅުލުމަށް އަލްޝިފާ ހޮސްޕިޓަލަށް ގެންނަމުން ދިޔަ އިރު އަންހެނަކު ހިތާމަ ކުރަނީ

ހަމާސް އިން ޣައްޒާގައި ހިފަހައްޓާފައިވާ 50 ރަހީނުން އެއްކޮށް ދޫކޮށްލަން ޖެހޭނެ ކަމަށް އިސްރާއީލުން ބުނުމާއެކު ހަނގުރާމަ ހުއްޓާލުމަށް ހަމާސް ގެ ހުށަހެޅުން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބެލެން ފަށައިފިއެވެ.

މިކަން އިސްރާއީލުގެ އޮފިޝަލަކު ވަނީ ހާމަކޮށްފައިވާ ކަމަށް ބީބީސީ އިން ރިޕޯޓު ކޮށްފައިވެއެވެ.

ގަތަރާއި މިޞްރުން މެދުވެރިވެގެން ހުށަހަޅާފައިވާ މި ހުށަހެޅުމުގައި، ގާތްގަނޑަކަށް ދެބައިކުޅައެއްބައި ރަހީނުން ދޫކޮށްލުމަށް ވަނީ ހުށަހަޅާފައެވެ. އަދި މި ހުށަހެޅުމަކީ ކުރިން އިސްރާއީލުން އެއްބަސްވެފައިވާ އެމެރިކާގެ ހުށަހެޅުމާ "ވަރަށް ބޮޑަށް އެއްގޮތް" ހުށަހެޅުމެއް ކަމަށް ގަތަރުން ބުނެފައިވެއެވެ.

އިސްރާއީލުން މި ހުށަހެޅުން މުޅިން ބަލައިނުގަންނަ ކަމަކަށް ނުބުނެއެވެ. އެހެންނަމަވެސް އިސްރާއީލުގެ ސަރުކާރުގެ ތަރުޖަމާނު ޑޭވިޑް މެންސަރ ބީބީސީ އަށް ބުނެފައި ވަނީ އިސްރާއީލުން "ބައިބައިކޮށްގެން ހަދާ އެއްބަސްވުންތަކަށް" ޝައުޤުވެރިކަމެއް ނެތް ކަމަށެވެ.

"މިހާރު ހާލަތު ވަނީ ބަދަލުވެފައެވެ. ބޮޑުވަޒީރު ވަނީ ޣައްޒާގެ މުސްތަޤްބަލާ ގުޅޭ ޕްލޭނެއް އެކުލަވާލާފައެވެ،" މެންސަރ ބުނެފައިވެއެވެ.

ފަލަސްޠީނުގެ މަޞްދަރުތަކުން ބުނާ ގޮތުގައި ހަމާސް ގެ ހުށަހެޅުމުގައި ވަނީ ދިރިތިބި 10 ރަހީނުންނާއި މަރުވެފައިވާ 18 ރަހީނުންގެ ހަށިގަނޑު ހަވާލު ކުރުމެވެ. އޭގެ އިތުރުން ހަނގުރާމަ ހުއްޓާލާފައި އޮންނަ 60 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެފަރާތުން ހަނގުރާމަ ދާއިމީ ހުއްޓާލުމަށާއި ބާކީ ތިބި ރަހީނުން އަނބުރާ ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރާނެއެވެ.

22 މަސްދުވަހުގެ ހަނގުރާމައަށް ފަހު، ބާކީ ތިބި 50 ރަހީނުންގެ ތެރެއިން 20 ރަހީނުން ދިރި ތިބި ކަމަށް އިސްރާއީލުން ޤަބޫލުކުރެއެވެ.

މި ހަފްތާގެ ފަހުކޮޅު، ޣައްޒާ ސިޓީ މުޅިން ހިފުމަށް އެކުލަވާލާފައިވާ އިސްރާއީލުގެ އަސްކަރީ ޕްލޭން އިސްރާއީލުގެ ކެބިނެޓުން ފާސްކުރާނެ ކަމަށް ބެލެވެއެވެ. މިހާރުވެސް އިސްރާއީލުގެ ހަމަލާތައް އިތުރުވަމުން ދިއުމާ ގުޅިގެން އެތައް ހާސް ބަޔަކު ވަނީ އެ ސަރަޙައްދުން ނުކުމެފައެވެ.

ފާއިތުވި މަހު ހަމާސްއާއެކު ނުސީދާކޮށް ކުރެވުނު މަޝްވަރާތައް ނާކާމިޔާބު ވުމާ ގުޅިގެން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާ މުޅިން ހިފުމުގެ ނިޔަތް އޮތްކަން އިޢުލާނު ކޮށްފައެވެ. މީގެ ތެރޭގައި 2.1 މިލިއަން ފަލަސްޠީނު ރައްޔިތުންގެ ގިނަ ބަޔަކު ހިމާޔަތަށް އައިސްފައިވާ ސަރަޙައްދުތައް ވެސް ހިމެނެއެވެ.

ހޯމަ ދުވަހުގެ ރޭ، ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމާއަތާއި އެހެން ފަލަސްތީނު ޖަމާޢަތްތަކުން، މިޞްރާއި ގަތަރުގެ މެދުވެރިންގެ ފަރާތުން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ހަމާސް އިން ބުނެފައި ވަނީ، މި ހުށަހެޅުމަށް އެއްވެސް ބަދަލެއް ގެނައުމަށް އެދިފައި ނުވާ ކަމަށެވެ.

ހަމާސް-އިސްރާއީލްޣައްޒާބެންޖަމިން ނަތަންޔާހޫޑޭވިޑް މެންސަރޤަތަރު-މިސްރުރަހީނުންޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު