Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީންގެ ސުވާލެއް ރައީސް މުއިއްޒު އަށް - "ގޯސްކޮށް ކަމެއް ނުކުރާ ނަމަ އަޒުލު ކޮށްފާނެތީ ސިހެނީ ކީއްވެ؟"

ނުސީދާ ބަހުގެ ހަމަލާތަކެއް ޔާމީން ވަނީ ރައީސް މުއިއްޒު އަށް ދެއްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2024 | ހުކުރު 14:43
ުކުރީގެ ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރެއްވި ދުވަހު، އަރިހުގައި ރައީސް ޑރ މުޢިއްޒު

ުކުރީގެ ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރެއްވި ދުވަހު، އަރިހުގައި ރައީސް ޑރ މުޢިއްޒު

ޕީއެންއެފްގެ އޮފީހުގައި ސިލްސިލާކޮށް ބާއްވާ ޖަލްސާގައި ފަހަކަށް އައިސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވައެވެ. ވާހަކައޭ މި ބުނީ ހަމަ ގަސްތުގައެވެ. އެއީ މަޖިލީހަށް ވާދަކުރާ ބައެއް ބޭފުޅުންނާއި ސުވާލުކުރެއްވި ނަމަވެސް އެ ސުވާލުތައް ބޮޑަށް ބައްޓަންކުރައްވަނީ މެސެޖުތަކެއްގެ ސިފައިގައި ކަމަށް ވާތީއެވެ. ބައެއް ފަހަރު ސިޔާސީ މަޝްރަހުގެ ވާހަކަ ދައްކަވައެވެ. އަނެއް ބައި ފަހަރު ސިޔާސީ ވެރިންގެ ވާހަކަ ދައްކަވައެވެ.

މި ފަހަރު އެމަނިކުފާނުގެ ވާހަކަކޮޅުގެ އަމާޒުގޮސް ހުއްޓުނީ އިރެއްގައި އެންމެ އަރިހުގައި އުޅުއްވި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށެވެ. ވާހަކަ ބިނާކުރެއްވީ ވެރިކަން ގެއްލިދާނެތީ ރައީސް ބިރުން އުޅުއްވާކަން ހާމަކޮށްދެއްވުމަށެވެ. ގޯސްކޮށް ކަންތައްތަކެއް ނުކުރައްވާނަމަ، ރައްޔިތުންގެ މަޖިލީހުން އެ މަނިކުފާނު އަޒުލުކޮށްފާނެތީ އެ ވަރަށް ސިހެންވީ ކީއްވެތޯ ސުވާލު ކުރެއްވިއެވެ. އަދި ހަރުކަށި ރާގަކަށް ދެން ދެއްކެވި ވާހަކައަކީ ވެރިކަމުން ދުރުކޮށްފާނެތީ އެ ކަމާ ފިކުރުބޮޑުކުރަން ނުޖެހޭ ވާހަކައެވެ. ވެރިކަމަށް އަންނަނީ ވެރިކަމުގައި ބަގުޑި ބައްދަން ނޫން ކަަމަށް ވެސް ވިދާޅުވިއެވެ.

ހިމޭން ސިޔާސީ ހަތުރުވެރިކަން މަޑުމަޑުން ލަފްޒު ތަކަކަށް ބަދަލުވާން ފަށާފައިވާހެން ޔާމީންގެ އެ ވާހަކަތަކުން ހީވެއެވެ. ވެރިކަން ބަދަލުކޮށްފާނެތީ ރައީސް މުއިއްޒު ސިހޭކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ އެމަނިކުފާނުގެ ބަހުރުވައިން ރައީސް މުއިއްޒު ސިޔާސީ ގޮތުން އަދިވެސް ނިކަން ޖެހިލުންވާކަން ދެއްކުމަށް ވިދާޅުވި ވާހަކަ އެއް ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. ހަމައެހެންމެ ގޯސްކޮށް ކަންތައްތަކެއް ނުހިނގާނަމަ، އަޒުލުކޮށްފާނެތީ ފިކުރުބޮޑު ކުރަން ނުޖެހޭ ކަމަށް އެ ވިދާޅުވި ވާހަކަ އަކީ ސިޔާސީ ގޮތުން ރައީސް މުއިއްޒު ގޯސްތަކެއް ހައްދަވައިފި ކަމަށް ޔާމީން ޤަބޫލުކުރައްވާތީ ދެއްކެވި ވާހަކަފުޅެއްތޯ ސުވާލު އުފެދެއެވެ.

ނުސީދާ ބަހުގެ ހަމަލާތަކެއް ދެއްވި އެއްކަމަކު މިއީ ރައީސް މުއިއްޒުގެ ސިޔާސީ ނިންމުންތަކަށް ފާޅުގައި ދެއްވި ހަމަލާއެކެވެ. ރައީސް އެ ހިންގަވާ މަގު ރަނގަޅު ނޫން ކަމަށް ޙުދު ޔާމީން ވެސް ޤަބޫލުކުރައްވާކަމަށް އެ ވާހަކަތަކުން ހާމަވެއެވެ. އަދި ރައީސް އެހާވަރަށް ވެރިކަން ގެއްލިދާނެތީ ވިސްނާވަޑައިގަންނަވާ ސަބަބާއި މެދު ޔާމީން ސުވާލުކުރެއްވުމަކީ ރައީސް މުއިއްޒު އަކީ ކެރިވަޑައިނުގަންނަވާ، ސިހުން ބޮޑު ބޭފުޅެއްކަމަށް ދެއްކުމަށް ދެއްކެވި ވާހަކައެއްތޯ ސުވާލު އުފެދެއެވެ.

ރައީސްކަމުގެ މަގާމަށް އަންނަނީ ރައްޔިތުންނަށް ޚިދުމަތް ކުރަން ކަމަށާއި އެއީ، މަގާމުގައި ތާއަބަދަށް ތިބެން އަންނަ އައުމެއް ނޫން ކަމަށް ޔާމީން ވިދާޅުވުމުން މިއީ ރައީސް މުއިއްޒު ރައީސްކަމުގައި އަދާކުރައްވާ ދައުރާމެދުވެސް ސުވާލު އުފެއްދި އުފެއްދުމެއްކަން އެނގެއެވެ. އެެހެނީ އިޚުލާސްތެރިކަމާ އެކީ ކަންތައްތައް ކުރައްވާ ކަމުގައި ވާނަމަ، އަޒުލުކުރުމާ މެދު އެ ވަރަށް ފިކުރުކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮންމެއަކަސް ކުރީގެ ރައީސް ޔާމީން އެ ކުރެއްވި ސުވާލަކީ ރާއްޖޭގެ އެންމެންގެ ހިތުގައި އުފެދޭނެ ސުވާލެކެވެ. އެހާވަރަަށް ރައީސް މުއިއްޒު ބިރުން އުޅުއްވަނީ ކޮން ކަމަކާތޯއެވެ؟ ބަންޑާރަނައިބު އަރިހު ދަންނަވައިގެން ސުޕްރީމްކޯޓަށް ދިއުމާއި މެމްބަރުން ކައިރީގައި އަރިސް ބޭފުޅުން ވެރިކަމުން ރައީސް ދުރު ނުކުރުމަށް އެދި މަޖިލިސް މެމްބަރުން ކައިރީގައި ކުރާހާ އާދޭހުން ވެރިކަން ގެއްލިދާނެތީ ލައްކަ ބިރު ހީވާހެން ހީވެއެވެ. ތިމަން މަނިކުފާނަށް އިޚުލާސްތެރި ނިޔަތެއްގައި ރަނގަޅު ޚިދުމަތެއް ނުކުރެވި ވެރިކަން ބީވެދާނެކަމަށް ހީވެ، ސިހޭ މިންވަރު ހަމަ ބޮޑީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު