Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދިވެހި ފިލްމު "އަސްލު ވަގު......"

މިފިލްމުގެ ގިނަ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވެ މިފިލްމު ވެފައިވަނީ މިހާތަނަށް މިއަހަރު ނުކުތް އެންމެ ސުޕަހިޓް ފިލްމުގެ ގޮތުގައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2024 | ބުރާސްފަތި 13:57
ބައެއް ސިޔާސީ ވެރިން ފެންނަ ފޮޓޯ އެއް ފުސްކޮށްލާފައި

ބައެއް ސިޔާސީ ވެރިން ފެންނަ ފޮޓޯ އެއް ފުސްކޮށްލާފައި

މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ދިވެހި ފިލްމު "އަސްލު ވަގު...." ގެ ޚުލާސާ ރިވިއުއެކެވެ. ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ "ޕީއެންސީ" އާއި ޕީއެންއެފް" ގުޅިގެންނެވެ. އަދި މިހާތަނަށް ޑައިރެކްޓަރުގެ ނަން ސިއްރު ކޮށްފައިވާ މިފިލްމުގެ ކާސްޓުންގެ ގޮތުގައި ހަރަކާތްތެރިވަނީ ސިޔާސީ މައިދާނުގައި ނަން މަޝްހޫރު ބައެއް ފަންނާނުންނެވެ.

މިވަގުތު ދިވެހިންގެ މެދުގައި މަޝްހޫރު ކަމެއް ހޯދަމުން އަންނަ މި ފިލްމު ފެށިގެން އަންނަނީ ގައުމެއްގެ ރައީސްކަން ކުރިމީހަކު އޭނާގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ބުނާ ޚިޔާނާތާއި މަނީ ލޯންޑަރިންގ އަދި ވައްކަމުގެ މައްސަލަތަކެއްގެ ޝަރީއަތް ބެލެމުންދާ ކޯޓުގެ އަޑު އެހުންތަކެއްގެ ތެރެއިންނެވެ.

ކޯޓުތަކުގައި ޝަރީއަތް ހިނގަމުންދާއިރު ފަހުން އައި ސަރުކާރަށް ނިސްބަތްވާ ބައެއް އާއްމުން، އެމީހުން ކުރިން ދައްކަމުން އައި ވާހަކަތަކުގެ ހަގީގަތް ފެންނަމުންދާ ކަމުގެ ވާހަކަތައް ދައްކަމުންދެއެވެ. ނަމަވެސް ވެއްޓުނު ސަރުކާރަށް ނިސްބަތްވާ ޕާޓީގެ ވެރިންނާއި އާއްމުން ބުނަމުން ދިޔައީ އެއީ ސިޔާސީ ދައުވާތަކެއް ކަމަށާއި ހެކިތަކާއި ގަރީނާ ތަކަކީ ކަނޑައެޅިގެން ރޯ ބުހުތާނު ތަކެއް ކަމަށެވެ. އަދި އެއީ އުފައްދާފައިވާ އެއްޗެހިތަކެއް ކަމަށެވެ. އަދި އެމީހުންގެ ރައީސަކީ އެފަދަ މީހެއް ނޫން ކަމަށާއި އެއަށްވުރެ ސާފު، ރައްޔިތުންނަށްޓަކައި ގައުމަށް ޚިދުމަތް ކުރެއްވި އެފަދަ ދެވަނައެއް ނުވާ ވެރިއެއް ކަމަށެވެ. އެގައުމުގެ ތަރައްގީގެ ބާނީއަކީ އޭނާ ކަމަށާއި ޚަޒާނާއިން ލޯލާރިއެއްގައިވެސް އެރައީސް ޖެހިފައި ނުވާނެ ކަމަށެވެ.

ހަގީގީ މަންޒަރުތަކާއި އެފަދަ އަޑުތައް ގިނަ އަދަދަކަށް ބޭނުންކޮށްފައިވާ މި ފިލުމުގައި އެރައީސްގެ ދިފާއުގައި ކުރިއަށްދާ ބޮޑެތި މުޒާހަރާތައް ބާއްވައެވެ. އެމުޒާހަރާތަކުގައި ޕާޓީގެ ލީޑަރުންގެ ރުއިމާއި ގިސްލުމުގެ އިތުރުން ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ތަފާތު ޝުއޫރުތަކާއި ބަސްތައް ބޭނުން ކުރަމުން ގެންދެއެވެ.

ފިލްމުގައި ފެންނަ ކޯޓު މަރުހަލާއަށް ބަލާއިރު ޚިޔާނާތްތެރިވި ރައީސާ ދެކޮޅަށް އެގައުމުގެ ދައުލަތުގެ ވަކީލުން ސާބިތު ކޮށްދިނުމަށް މަސައްކަތް ކުރަމުންދަނީ އެރައީސަކީ ވެރިކަން ކުރުމުގެ އިތުރުން، އިތުރު ވިޔަފާރިއެއްކުރި އަދި އެހެންގޮތަކުންވެސް އިންކަމްއެއް ލިބޭނޭ ވެރިއެއް ނޫންކަމަށްވާއިރު އެރައީސްގެ އެކައުންޓުގައި ގޮތްނޭގޭ އެތައް މިލިއަން ރުފިޔާއެއް ހުރުމުގެ މައްސަލައެވެ. އަދި ގައުމުގެ ބައެއް ޕްރޮޖެކްޓްތައް ހިންގި ފަރާތްތަކުންނާއި  ބައެއް ރަށްރަށް ވިއްކުންފަދަ މަޝްރޫއުތަކުން ލިބުނު ފައިސާ ސީދާ އެ ރައީސްގެ އެކައުންޓަށް ޖަމާވެފައިވާ މައްސަލައެވެ.

ކޯޓުގައި ވަކާލާތު ކުރާ އެރައީސްގެ ދިފާއީ ވަކީލުން ބުނަމުން ދަނީ އެއީ ސިޔާސީ ކަންކަމަށް ހެޔޮ އެދޭ ފަރާތްތަކުން ދީފައިވާ ފައިސާއާއި ޑޮލަރު ގަތުމުގެ މުއާމަލާތްތަކެއްގެ ތެރެއިން ލިބިފައިވާ ސައްހަ ފައިސާ ކަމަށެވެ.

ފިލްމުގެ މެދުތެރެއިން އެންމެ އަސަރުގަދަ މަންޒަރުތަކެއްގެ ގޮތުގައި ފެނިގެން ދަނީ އެ ރައީސްއާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ހުކުމް ކުރާ ހިސާބުންނެވެ. އަދި އޭނާ ދިގު މުއްދަތަކަށް ޖަލަށް ލެވެއެވެ. އެއާއެކު އެޕާޓީގެ ދެންތިބި ވެރިން އަޑުން އަޑުނަގައި ރުއިމާއި އެހުކުމް ބަދަލު ނުކުރަނީސް ފެންފޮދެއްހާ ހިސާބު ނުބޯން ކުރާ މަސައްކަތަކީ ވަރަށް މޮޅު އެހާމެ ހަގީގަތާއެއްގޮތްކަން ދައްކުވައިދޭ އެކްޓު ތަކެކެވެ. އަދި އެއީ ތިއޭޓަރުގައި ފިލްމުބަލަންތިބި ގިނަބަޔަކު ފެންކަޅިކޮށްލި އަސަރުގަދަ މަންޒަރު ތަކެކެވެ. މީގެ އިތުރުން ކޯޓުންކުރި އެހުކުމަކީ ހަރާން ހުކުމެއްކަމަށް ބުނެ ކޯޓުތަކަށާއި އޭރުއޮތް ސަރުކާރަށް ގޮވަމުންދާ ބޭއަދަބީ ބަސްތަކުގެ ނަތީޖާއަކަށް ވެފައިވަނީ އެފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ނޫނީ ނުބެލޭނެ ފިލްމަކަށް ވުމެވެ.

ދެން ފެނިގެންދަނީ އެގައުމުގެ ރިއާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނަ މަންޒަރެވެ. އޭރުގެ އިދިކޮޅު ޕާޓީން ބުނަމުން ދިޔައީ އެމީހުންގެ ރިޔާސީ ކެނޑިޑޭޓަކީ ނުހައްގުން ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަދި އެޕާޓީގެ ލީޑަރު ކަމަށާއި މުޅި ޕާޓީގެ އިއްތިފާގުން އެރައީސަށް ޓިކެޓް ދީފައިވާ ކަމަށެވެ. އެހެންކަމުން އެނޫން ކެނޑިޑޭޓަކު އެޕާޓީން ނުދައްކާނެ ކަމަށެވެ. ނަމަވެސް އެންމެ މަތީ ކޯޓުން ނިންމަނީ ހުކުމެއް ތަންފީޒު ކުރަމުންދާތީ އޭނާއަށް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ގެއްލިފައިވާ ކަމަށެވެ. އެއާއެކު އެޕާޓީގެ ބޮޑު ކޯޅުމެއްގެ ތެރެއިން މީހަކު ޓިކެޓް ހޯދާތަން ފެނެއެވެ. އަދި ކުރީގެ ރައީސް ކޯޓުން ނެރުމުގެ ބޮޑު ވައުދާއެކު އޭނާގެ ފޮޓޯތަކާއެކު ކެންޕޭން ފަށައިގަނެއެވެ. އަދި ވެރިކަން ކާމިޔާބުވެސް ކުރެއެވެ.

ފިލްމުގެ ކުންނު ނުވަތަ ފަހު ތަޅާލުންގަނޑު ފެށެނީ ޖަލުގައި އޮތް ރައީސް ސަލާމަތްވެ ގެއަށް އާދެވުމާއެކު ދެން އެހިނގާ ހާދިސާތަކުންނެވެ. އެގޮތުން އޭނާގެ ނަން ބޭނުން ކޮށްގެން ވެރިކަމަށް އަންނަން ހެދި ދޮގުތަކާއި ޕާޓީގެ ޓިކެޓް ހޯދުމަށް ހިންގި ޖަރީމާތަކާއި ފައިސާގެ މުއާމަލާތްތަކުގެ ވާހަކަ ދެކެވެން ފަށައެވެ. އަދި ސަރުކާރު ހިންގަމުންދާ ދޯހަޅިކަމާއި ސަރުކާރުގައި ތިބި ވެރިންނަށް ބޮޑެތި ތުހުމަތު ތަކެއް ކުރަމުންދެއެވެ. އެއާއެކު ސަރުކާރުގެ ވެރިން، ޚާއްޞަކޮށް ކުރީގެ ރައީސްގެ ބަދަލުގައި ޖަލަށްދާން ތައްޔާރަށްހުރި ފަހުގެ މަޖިލިސް ރައީސްގެ ރައްދު ފާހަގަ ކޮށްލެވެއެވެ. އެގޮތުން ކުރިން އޭނާ ރުއި ރުއިމާއި ދެއްކި ވާހަކަތަކަކީ އަސްލު ނޫން ކަމާއި އަސްލަކީ ކޯޓުންވެސް ކުރިން ސާބިތުވި ގޮތައް އެރައީސަކީ ހަގީގަތުގައިވެސް ވަގެއްކަމަށް ބުނާ ވާހަކައެވެ. އަދި ކުރިން ދެއްކި ދަޅައަކީ ބަދަލު ހިފުމުގެ ބޭނުމުގައި ކުރި ކަންތައްކެއްކަމަށާއި އަސްލަކީ ޓިކެޓް ޖަހައިގަނެ މިހާރުގެ ރައީސަށް އަރުވާނޭ ގޮތުގެ ޕްލޭންތައް ހެދިފައިވާކަމަށްބުނެ އެތައް ހަގީގަތްތަކެއް ހާމަކުރެއެވެ.

ލަވައާއި މިއުޒިކް ނުހިމެނުނަސް ބައެއް ޅެންތަކާއި ކުރީގެ ބައެއް މަންޒަރުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ފިލްމު ނިމެނީ މީގެ ދެވަނަ ފިލްމެއް އަންނާނޭފަދަ ގޮތަކަށް ބެލުންތެރިން އިންތިޒާރު ކުރުވުމަށް ޖައްސާފައެވެ. އެގޮތުން ވަގުން ބެލުމަށް ކޮމިޝަންތައް ހެދުމަށާއި އެކޮމިޝަންތަކުގެ ވެރިންނަށް ލާނެ މީހުން ކަނޑައަޅަން ގޮވާލައެވެ. އަދި ހަގީގީ "އަސްލު ވަގުންނަކީ ...." ކޮބައިކަން އެނގޭނީ އެމަސައްކަތްތަކުގެ ފަހުން ކަމަށް ސުވާލު އުފައްދާ ދެވަނަ ފިލްމަކަށް ކޮޅު އެއްލަމުން ފިލްމު ނިމެއެވެ.

މިފިލްމުގެ ގިނަ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވެ މިފިލްމު ވެފައިވަނީ މިހާތަނަށް މިއަހަރު ނުކުތް އެންމެ ސުޕަހިޓް ފިލްމުގެ ގޮތުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު