Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުލިވިން އެކްސްޕޯ ފެށުން

ގިނަ ސްޓޯލްތަކާއެކު ''ލިވިން އެކްސްޕޯ 2024" ފަށައިފި

8 އޯގަސްޓު 2024 | ބުރާސްފަތި 15:11

މިފަހަރުގެ އެކްސްޕޯގައި ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން، ކޮންސްޓްރަކްޝަން ސާމާނު ފޯރުކޮށްދޭ ކުންފުނިތަކާއި، އަރކިޓެކްޓުންނާއި އިންޓީރިއަރ ޑިޒައިންގެ މަސައްކަތް ކުރާ ފަރާތްތަކުގެ ސްޓޯލްތައް ހިމަނާފައިވެއެވެ.

މިއަހަރު ބާއްވާ 12 ވަނަ އެޑިޝަންގައި 30 އެގްޒިބިޓަރުން ބައިވެރިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 8 އޯގަސްޓު 2024 | ބުރާސްފަތި 15:11
ބުރާސްފަތި ދުވަހުގެ ހަވީރު ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ލިވިން އެކްސްޕޯ ހުޅުއްވައިދެއްވަނީ

ބުރާސްފަތި ދުވަހުގެ ހަވީރު ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ލިވިން އެކްސްޕޯ ހުޅުއްވައިދެއްވަނީ

ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ލިވިން އެކްސްޕޯ 2024 ފަށައިފިއެވެ.

މި އެކްސްޕޯ ހުޅުއްވައިދެއްވީ ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ މިފަދަ ބޮޑު އެކްސްޕޯއެއް ބޭއްވިގެން ދިއުމަކީ އުފާ ކުރާ ކަމެއް ކަމަށާއި، އެއްތަނަކުން ރިއަލް އެސްޓޭޓް ވިޔަފާރީއާ ގުޅުންހުރި މައުލޫމާތުތައް ލިބިގެން ދިއުމަކީ އާއްމު ރައްޔިތުންނާ ދާއިރާއަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ. މިއެކްސްޕޯގެ ފަރާތުން އާއްމުންނަށް ނޭނގޭ ގިނަ މައުލޫމާތުތައް އެނގި ފުރުސަތުތަކުގެ ބޭނުން ހިފިގެންދާނެކަން މިނިސްޓަރު ހައިދަރު ފާހަގަކުރެއްވިއެވެ.

ރާއްޖެއެމްވީއަށް ހައިރައިޒްގެ އެސިސްޓެންޓް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މުހައްމަދު ހައްސާން ވިދާޅުވީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުގެ އެކްސްޕޯ ވެސް ވަރަށް ފުރިހަމަވާނެ ކަމަށާއި، ކާމިޔާބު އެކްސްޕޯއަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ހައްސާން ވިދާޅުވީ މިއަހަރު ބާއްވާ 12 ވަނަ އެޑިޝަންގައި 30 އެގްޒިބިޓަރުން ބައިވެރިވާ ކަމަށާއި، 8000 އާއި 10،000 މީހުން ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިދާޅުވީ އެކްސްޕޯއަށް ފީއަކާ ނުލައި ވަދެވޭނެ ކަމަށާއި، ޒިޔާރަތް ކުރާ ހުރިހާ އެންމެން ވެސް އެކްސްޕޯއަށް ވަނުމުގެ ކުރިން ފޯނުން ބަރ ކޯޑު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެދިފައިވެއެވެ.

މިފަހަރުގެ އެކްސްޕޯގައި ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން، ކޮންސްޓްރަކްޝަން ސާމާނު ފޯރުކޮށްދޭ ކުންފުނިތަކާއި، އަރކިޓެކްޓުންނާއި އިންޓީރިއަރ ޑިޒައިންގެ މަސައްކަތް ކުރާ ފަރާތްތަކުގެ ސްޓޯލްތައް ހިމަނާފައިވެއެވެ. އޭގެ އިތުރުން ގެދޮރަށް ބޭނުންވާ ތަފާތު އެކިއެކި ސާމާނުތައް ވިއްކާ ވިޔަފާރިތަކާއި، އިންޝުއަރަންސްގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ބައިވެރިވެފައިވެއެވެ.

މި އެކްސްޕޯގެ މެއިން ސްޕޮންސަރ އަކީ މޯހަން މުތާ އެކްސްޕޯޓްސް އެވެ. ކޯ ސްޕޮންސަރ އަކީ ޓާޓާ ހައުސިންގ އާއި ބޭ ފެންސީއެވެ. ކޭޓަރިންގ ޕާޓްނަރަކީ ސޯސްޑް އަޕް ބައި ލޫސީސްއެވެ. ބެވަރެޖް ޕާޓްނަރަކީ ކޮކާކޯލާއެވެ.

އެކްސްޕޯ ކުރިއަށްދާނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވީރު 4:00 ން 6:00ށް އަދި ރޭގަނޑު 8:00ން 11:00 އަށެވެ. މިއަހަރުގެ ލިވިން އެކްސްޕޯގައި ވެސް އެގްޒިބިޓަރުންގެ ފަރާތުން ޚާއްސަ ލަކީޑްރޯތަކެއް ނަގާނެއެވެ.

ލިވިން އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ. އަދި މިފަހަރުގެ ތަޖުރިބާއަށް ބަލާފައި އަންނަ އަހަރުވެސް ކާމިޔާބު އެކްސްޕޯއަށް ބޭއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހައިރައިޒުން ވަނީ މައުލޫމާތު ދީފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

24 ޖޫން 2017

ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު

24 ޖޫން 2017
ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު
11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް