Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ ވިޔަފާރި

"ރާއްޖެ އަކީ ސިންގަޕޫރު ފިޔަވާ އެންމެ ބޮޑަށް ރެގިއުލޭޓްކޮށްގެން ހިންގާ ގައުމު، ވިޔަފާރިތެރެއަށް ސަރުކާރުން ވަދެގެން ނުވާނެ"

13 ފެބުރުއަރީ 2025 | ބުރާސްފަތި 18:11

ސަރުކާރުން ޓެކްސީ ޑްރައިވަރުންނާއި މެދު އަމަލުކުރާ ގޮތުން، ޓެކްސީ ޑްރައިވަރުންގެ ގިނަ ކަންބޮޑުވުންތަކެއް މިއަދު އެބަ ހުރި ކަމަށް ރައީސް ޔާމީން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 ފެބުރުއަރީ 2025 | ބުރާސްފަތި 18:11
ހުޅުމާލޭގައި ދުއްވާފައި އަންނަ ޓެކްސީ ތަކެއް

ހުޅުމާލޭގައި ދުއްވާފައި އަންނަ ޓެކްސީ ތަކެއް

ރާއްޖެ އަކީ ސިންގަޕޫރު ފިޔަވާ އެންމެ ބޮޑަށް ރެގިއުލޭޓްކޮށްގެން ޓެކްސީ ވިޔަފާރި ހިންގާ ގައުމު ކަމަށާއި ވިޔަފާރިތެރެއަށް ސަރުކާރުން ވަދެގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސަރުކާރުން ޓެކްސީ ޑްރައިވަރުންނާއި މެދު އަމަލުކުރާ ގޮތުން، ޓެކްސީ ޑްރައިވަރުންގެ ގިނަ ކަންބޮޑުވުންތަކެއް މިއަދު އެބަ ހުރި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ޓެކްސީ ޑްރައިވަރުންނަކީ ބުރަ މަސައްކަތެއް ކުރާ ބައެއް ކަމަށާއި އެ ވިޔަފާރި ތެރެއަށް ސަރުކާރުން ވަނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ސަރުކާރަކުން ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި ތެެރެއަށް ވަންނަން ޖެހޭ ޤަބޫލުކުރެވޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ވިޔަފާރި ރަނގަޅުކުރުމަށް އަގާއި މެދު ގޮތްތަކެއް ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ޓެކްސީ ޑްރައިވަރުންނަށް އޮޅުވާލާފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޓެކްސީ ޑްރައިވަރުންނަށް ނިކަމެތިވާ ފަދަ ކަމެއް ނުކުރާނެ ކަަމަށް ބުނެ ސަރުކާރުން ވީ ވައުދާއި މިއަދު ހިލާފުވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން ނޫޅޭ ކަމަށް ބުނެ މަޖިލީހުގެ ޕީއެންސީގެ ޕީޖީ ލީޑަރ، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވި ވާހަކަ އަށް ވެސް އެ މަނިކުފާނު ފާޑު ވިދާޅުވިއެވެ. ފަލާހު އަށް އެއްވެސް ކަމެއްގެ ހަގީގަތް އެނގިވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޕީއެންއެފްގެ ޖަލްސާގައި ވާހަކަދެއްކި ޓެކްސީ ޑްރައިވަރަކު ބުނީ މި ސަރުކާރު ވެރިކަަމަށް ގެނައުމަށް ޑްރައިވަރުން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. އަދި މީޓަރ ޓެކްސީ ފެށުމަށް ވެސް ވާހަކަ ދެކެވުނު ކަމަށާއި ސަރުކާރުން އެކަމުގައި ބަލަން ޖެހޭ ކަންކަން ބެލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންނަމަވެސް ފަހުން ސަރުކާރުން ބޭނުންވީ ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަދެ ވިޔަފާރީގެ ކޮންޓްރޯލް ނަގަން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ވައުދު އުވާލާ، ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ސަރުކާރުން ޓެކްސީ ހިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް