Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑޮލަރު ރިޒާވް އިންތިހާއަށް ދަށަަށް

ރަސްމީ ޑޮލަރު ރިޒާވް ރިކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެ

ފިނިކުރި މަސް އެކްސްޕޯޓް ކުރެވޭ މިންވަރު ވަނީ ދަށަށް ގޮސްފައި

ރާއްޖެ އެމްވީ | 8 އޯގަސްޓު 2024 | ބުރާސްފަތި 12:52
އޮފިޝަލް ރިޒާވް އެސެޓްސް ދައްކުވައިދޭ ޗާޓެއް

އޮފިޝަލް ރިޒާވް އެސެޓްސް ދައްކުވައިދޭ ޗާޓެއް

ފާއިތުވެ ދިޔަ 10 އަހަރު ރާއްޖޭގެ ޑޮލަރު ރިޒާވް ދަށަށް ނުދާހާ މިންވަރަށް ދަށަށް ހިނގައްޖެއެވެ.

ރާއްޖޭގެ ޑޮލަރު ރިޒާވް ގައި ޖުލައި މަސް ނިމުނު އިރު ހުރި މިންވަރު އެއީ މި ފާއިތުވެ ދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ދަށަށް ދިޔަ އަދަދު ކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތަކުން ވަނީ ހާމަވެފައެވެ.

Advertisement - newsAdvertisement

އެމްއެމްއޭގެ ތަފާސް ހިސާބަށް ބަލާއިރު ޖުލައި މަސް ނިމުނު އިރު ރިޒާވްގައި ހުރީ 395.43 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް ޖޫން މަސް ނިމުނު އިރު ރިޒާވް ގައި 509.21 މިލިއަން ޑޮލަރު ހުރި ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ފެނެއެވެ.

އެހެން ކަމުން މިދިޔަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ރިޒާވް އިން 113.79 މިލިއަން ޑޮލަރު ވަނީ މަދުވެފައެވެ. އެއީ 22.3 އިން ސައްތައިގެ އުނިވުމެއް ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

އެމްއެމްއޭގެ ހިސާބުތަކުން ފެންނަ ގޮތުގައި ހުސްވި އަހަރުގެ ޖުލައި މަސް ނިމުނު އިރު ރިޒާވް ގައި ޑޮލަރު ހުރި މިންވަރަށް ވުރެ މި އަހަރުގެ ޖުލައި މަސް ނިމުނު އިރު ޑޮލަރު ހުރީ 33.4 އިން ސައްތަ މަދުންނެވެ.

ރާއްޖޭގެ ޑޮލަރު ރިޒާވް ރެކޯޑް މިންވަރަކަށް ދަށަށް ގޮސްވައިވާ ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ފެންނަ އިރު ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނައިން ޑޮލަރު ލިބެމުން އައި މަސް އެކްސްޕޯޓް ކުރުންވެސް ބޮޑު ތަނުން ވަނީ ދަށަށް ގޮސްފައެވެ. މިއަހަރުގެ ޖޫން މަހު ރާއްޖެއިން އެކްސްޕޯޓް ކުރި ފިނިކުރި މަހުގެ މިންވަރު ހުސްވި އަހަރުގެ ޖޫން މަހު އެކްސްޕޯޓް ކުރި މިންވަރަށް ވުރެ 49.4 އިން ސައްތަ ވަނީ ދަށްވެފައެވެ.

ރާއްޖެއަށް އެންމެ ގިނަ އިން ބޭރުފައިސާ ވަންނަ ފަތުރުވެރިކަމަށް ޖޫން މަހު ކުޑަ ކުރިއެރުމެއް ލިބިފައިވެއެވެ. އެމްއެމްއޭ އިން ބުނީ ޖޫން މަހު ރާއްޖެއަށް 123،284 ފަތުރުވެރިން އައި ކަމަށެވެ. އެއީ ކުރީ އަހަރުގެ ޖޫން މަހު ރާއްޖެ އަށް އައި ފަތުރުވެރިންނަށް ވުރެ 2.4 އިން ސައްތަ އިތުރު މިންވަރެކެވެ.

އަނެއްކޮޅުން އެމްއެމްއޭ އިން ބުނެފައިވަނީ މެއި މަހަށް ވުރެ ޖޫން މަހު އިންފްލޭޝަން މައްޗަށް ގޮސްފައިވާ ކަމަށެވެ. މެއި މަހު 0.8 އިން ސައްތައިގައި އިންފްލޭޝަން ހުރި އިރު ޖޫން މަހު އިންފްލޭޝަން 1.4 އިން ސައްތަ އަށް ވަނީ އުފުލިފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
16 ފެބުރުއަރީ 2017

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު