ކ. މާލެ
|
13 ފެބްރުއަރީ 2025 | ބުރާސްފަތި 19:30
ކުރީގެ ރައީސް ޔާމީނާއި ޤާސިމް އިބްރާޙިމް
ކުރީގެ ރައީސް ޔާމީނާއި ޤާސިމް އިބްރާޙިމް
ރާއްޖެއެމްވީ
ގާސިމްގެ ހަޔާތުނާމާ
ގާސިމްގެ ހަޔާތުނާމާގައި ސައުދީ ޕްރިންސް ޔާމީނަށް ފައިސާ ދިން ކަމަށް ބުނުން - ރައީސް ޔާމީންގެ ކޮމެންޓަކީ ކޮބާ؟
ޤާސިމްގެ ސިޔާސީ ހަޔާތުން އެތައް ސޮފްޙާ އެއްގެ ވާހަކަ ކިޔާދީފައި ވާއިރު އެ ބަޔޮގްރަފީގައި އެކި އެކި ސިޔާސީ ބޭފުޅުންނާއި މެދު ދައްކަވާފައި ހުރި ވާހަކަތައް ވެސް މަދެއް ނޫނެވެ. ޤާސިމްގެ ސިޔާސީ ދިގު ތާރީހުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަން އެ ބަޔޮގްރަފީގައި ހިއްސާކުރައްވާފައިވާ އިރު އޭގެ ތެރެއިން އާއްމުންގެ ސަމާލުކަން ވަރަށް ބޮޑަށް ދަމައިގަތް ކަންކަން ވެސް އެބަހުއްޓެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ބަޔޮގްރަފީ ނެރެފައި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އޭގައި ޤާސިމްގެ ސިޔާސީ ހަޔާތުން އެތައް ސޮފްޙާ އެއްގެ ވާހަކަ ކިޔާދީފައި ވާއިރު އެ ބަޔޮގްރަފީގައި އެކި އެކި ސިޔާސީ ބޭފުޅުންނާއި މެދު ދައްކަވާފައި ހުރި ވާހަކަތައް ވެސް މަދެއް ނޫނެވެ. ޤާސިމްގެ ސިޔާސީ ދިގު ތާރީހުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަން އެ ބަޔޮގްރަފީގައި ހިއްސާކުރައްވާފައިވާ އިރު އޭގެ ތެރެއިން އާއްމުންގެ ސަމާލުކަން ވަރަށް ބޮޑަށް ދަމައިގަތް ކަންކަން ވެސް އެބަހުއްޓެވެ.

އެގޮތުން އެންމެ ބޮޑަށް ވައިގަ ހިފާލި އެއް ވާހަކަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ރަހުމަތްތެރިއެއް ކަމަށް ސައުދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އަލް ސައުދު ވިދާޅުވެފައިވާ ކަމަށް ހާމަކުރައްވާ ޤާސިމް ފާހަގަކުރެއްވި ވާހަކަތަކެވެ. އެގޮތުން ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު އަހަރެއްގެ މައްޗަށް 20 މިލިއަން ޑޮލަރު ދެއްވި ކަމަށް ގާސިމް އިބްރާހިމްގެ ހަޔާތު ނާމާގައި ވަނީ ފާހަގަކޮށްފައެވެ. ޤާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު ރައީސްކަމަށް އިންތިހާބުވުމަށްފަހު ސައުދީއަށް ކުރެއްވި ދަތުރުގައި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި އިރު ހިނގި ބައެއް ކަންކަން ހިއްސާކުރައްވާފައެވެ. އަދި 7، 2018، ގަ ކުރެއްވި އެ ދަތުރުފުޅަކީ ސައުދީ ޕްރިންސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެ ދަތުރުފުޅުގެ ތެރެއިން އޮތް ރޭގަނޑުގެ ފަރިއްކޮޅެއްގައި މީނަކީ ރައްޓެއްސެއްގެ ގޮތުގައި ބައްލަވާ ކަމަށް ސައުދީ ޕްރިންސް ފާހަގަކުރެއްވި ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ސައުދީ ޕްރިންސް އާއި އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ރައީސް ޔާމީނަށް ކޮންމެ އަހަރަކު 20 މިލިޔަން ޑޮލަރ،ު ބަޖެޓްގެ ހަރަދުތަކުގެ ބޭރުން ދެއްވާފައިވާނެ ކަމަށް ސައުދީ ޕްރިންސް ވިދާޅުވެފައިވާ ކަަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވި ކަމަށް ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ. އެއީ ބަޖެޓުގެ ތެރެއަށް ނުދެއްވާ އެހީއެއް ކަމަށް ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ. ޤާސިމް ވަނީ އެ މޭރުމުން ޞާލިހު އަށް ވެސް ސައުދީ ޕްރިންސް އެހީ ދެއްވި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ތަފްސީލެއް މި ބައޮގްރަފީއަކު ނުހިމެނެއެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެ އެމްވީން ސުވާލުކުރުމުން ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ރައީސް ޔާމީން ކުއްވީ ސުވާލެކެވެ. އެއީ "ރައީސް ސޯލިހު އާއި ޤާސިމް އަރިހުގައި ސައުދީ ޕްރިންސް އެފަދަ ވާހަކަ އެއް ދައްކަފާނެ ކަަމަށް ޤަބޫލުކުރެވޭތޯ؟" ކުރި ސުވާލެވެ. މި މައްސަލަ އާއި މެދު އިތުރު ކޮމެންޓެއް އެބަ އޮތްތޯ ސުވާލުކުރުމުން ރައީސް ޔާމީން ވިދާޅުވީ " ތިކަމާއި މެދު ހަގީގަތުގައި ވެސް ބުނާނެ އެއްޗެއް ނެތް" ކަމަށެވެ. ހަމަ އެގޮތަށް ސޯލިހުގެ ސަރުކާރަށް ވެސް އަހަރަކު 20 މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ޕްރިންސް ވިދާޅުވިއެވެ. ނަމަވެސް އެ އެހީ ދެއްވި ކަމެއް ގާސިމްގެ ފޮތަކުން ނޭނގެއެވެ. މިކަމާއި މެދު އަދި ރައީސް ޞާލިހުގެ ބަހެއް އަދި ހާމަކޮށްފަ އެއް ނުވެއެވެ.

ރައީސް ޔާމީން މިކަމަށް ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް އެ ވިދާޅުވި ވާހަކަފުޅަކީ ވިސްނާލުން ރަނގަޅު ވާހަކައެކެވެ. އެފަދަ ވާހަކައެއް ޤާސިމް އަރިހުގައި ދައްކަފާނެތޯ ސުވާލު ކުރި ކުރުމުން އެ ވާހަކައިގެ އަސްލާއި މެދު ރައީސް ޔާމީން ދެއްވަން ބޭނުންވި ޖަވާބު ދެއްވައިފިއެވެ. ރައީސް ޔާމީނާއި ޤާސިމްއަކީ ވެސް ސިޔާސީ ހަޔާތުގެ ހިސާބުން އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް އެކުގައި ޚިދުމަތް ކުރެއްވިއެވެ. އެހެންވީމަ ރައީސް ޔާމީން ޤާސިމް އާއި މެދު އެއްޗެއް ވިދާޅުވުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނަވާނެއެވެ. އަދި މިހާރު މި ވާހަކަ އަށް މި ތާޒާކަން މަތީގައި ޖަވާބު ނުދިނަސް މި ސިޔާސީ މައިދާނުގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު ޤާސިމްގެ އެ ވާހަކަ އަށް ރައީސް ޔާމީން ޖަވާބުދެއްވާނެ ދުވަހެއް އަންނާނެކަން ޤައިމެވެ. އެ ހިސާބަށް ދަންދެން ރައީސް ޔާމީން ދެއްވި ޖަވާބު ފަހުމުކުރަން ތި ބޭފުޅުންނަށް ދޫކޮށްލާނަމެވެ.

- ކޮމެންޓް
17 ފެބްރުއަރީ 2025 | ހޯމަ 03:00
އިލްޔާސް
އަމިއްލަ ބަޔޮގްރަފީ އަކީ އޭނާބުނި މީނާބުނި ގޮތްނޭންގޭ ހާސަރުތަކުގެ ވާހަކަތައް ގިނަކޮށް ސޮފްހާތައް އިތުރުކުރާން ލިޔާއެއްޗެއް ނޫނެވެ. އަމިއްލައަށް ތަޖްރިބާކުރެވުނު ކަންކަމާއި އަމިއްލައަށް ކުރިމަތިލާފައި ހުރި އަމިއްލަވާހަކަތައް ކަންތައް ލިޔެ ބުނެދޭން އޮންނަ އެއްޗެކެވެ!!
16 ފެބްރުއަރީ 2025 | އާދީއްތަ 15:46
ލައު
ގާސިމު ސަރުކާރުގަވެސް އެދޭއެއެއްޗެއް ލިބޭނެ. ވެރިކަމާ އުޅެން ވީ ސޭޓާ. އަންހެންވެރިންނަކާ ނޫން.