Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަގު ފޯމްގެ މައްސަލަ

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

ވަގު ފޯމް ފުރައިގެން ޕީއެންސީ އަށް މީހުން ވެއްދުމަށް ފުރުސަތު ދޭތީ ރައީސް ޔާމީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 ޖެނުއަރީ 2025 | ބުރާސްފަތި 20:31
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

މިހާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެތަނުގެ ޤާނޫނީ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރާ ކަމަށާއި ސަރުކާރު ހިންގާ ޕީއެންސީ އަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ (ޕީޕަލްސް ނޭޝަނަލް ފްރަންޓް) ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ވަގު ފޯމް ފުރައިގެން ޕީއެންސީ އަށް މީހުން ވެއްދުމަށް ފުރުސަތު ދޭތީ ރައީސް ޔާމީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ވަކި ނިޒާމެއްގެ ދަށުން ހިންގާ ތަންތަން ކަމަށާއި، އެއީ ފޮރުވިގެން ސިޔާސީ މަސައްކަތްކުރާ ތަންތަނެއް ނޫން ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މަސައްކަތަކީ ވަރުގަދަ މަޤްޞަދެއްގައި ކުރެވޭ މަސައްކަތެއްކަން ފާހަގަކުރައްވައި، ޕާޓީތައް ރެގިއުލޭޓްކުރުމުގެ މުހިންމުކަމަށް ރައީސް ޔާމީން ވަނީ އަލިއަޅުވާލައްވާފައެވެ.

އެގޮތުން ޕާޓީތައް މޮނިޓަރކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއަކަށް ވީ ހިނދު ގާނޫނީ ހުވައެއް ކޮށްގެން ތިބެ އިލެކްޝަންސް ކޮމިޝަނަށް އެ މަސްއޫލިއްޔަތު ނުއުފުލޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެކަން ރައްޔިތުން ގަބޫލު ކުރާތީ އިލެކްޝަންސް ކޮމިޝަން އެއްކޮށް އިސްތިއުފާ ދީފަ އެހެން ބަޔަކަށް ޖާގަ ދިނުމަކީ ކޮންކަހަލަ ކަމެއްތޯ އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީން ވަނީ އީސީން ސަރުކާރު ހިންގާ ޕާޓީ އަށް މީހުން ވެއްދުމަށް މަގުފަހިކޮށްދޭކަމަށް ފާހަގަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފައެވެ. މަޖިލިސް އޮތީ މި ވަގުތު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ގެކޮޅު ދިމްޔާތުގައި ތަޅުއަޅުވާފައި ކަމަށާއި ޖަވާބުދާރީކުރުވުމުގެ ނިޒާމް ވަނީ ނަގާލާފައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެކަމަކީ ޖަރީމާ އެއް ކަމަށާއި އެއީ ބައިއަޅައިގެން ރޭވިގެން ހިނގާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ވަގު ފޯމް ހުށަހަޅައިގެން މީހުން ޕީއެންސީ އަށް ވެއްދިކަން ފަޅާ އަރާފައިވާއިރު 4000 އަށް ވުރެ ގިނަ ފޯމްގެ މައްސަލަ މިހާތަނަށް އައި އިރު ވަނީ ފާހަގަކުރެވިފައެވެ. އެ މައްސަލަ ފުލުހުންނާއި އޭސީސީ އަށް ހުށަހެޅި ނަމަވެސް މައްސަލަ ނުބަލާތީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއީ ރޭވިގެން ހިންގާ ޖަރީމާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަންޕީއެންސީގެ ވަގު ފޯމުގެ އޮޅުވާލުންކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު