Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މުސްކުޅި އުމުރު

1965ގެ ފަހުން އުފަންވި މީހުން، އޭގެ ކުރީ ޖީލުތަކަށްވުރެ "މުސްކުޅިވުމުގެ" ފުރުޞަތު ބޮޑު!

ކްރޮނޮލޮޖިކަލް ޢުމުރާއި ބަޔޮލޮޖިކަލް ޢުމުރަކީ ތަފާތު 2 ޢުމުރެކެވެ. ކްރޮނޮލޮޖިކަލް އޭޖްއަކީ ފާއިތުވެދާ އަހަރުން އަހަރަށް އެމީހެއްގެ ޢުމުރަށް އިތުރުވާ އަހަރެވެ.

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2024 | ބުރާސްފަތި 10:28
1965 ވަނަ އަހަރުގެ ފަހުން އުފަންވެފައި ތިބި މީހުންނަކީ، 1950 އާއި 1954 ވަނަ އަހަރާ ދެމެދު އުފަންވި މީހުންނަށްވުރެ، މުސްކުޅިވުމުގެ ފުރުޞަތު، 17 ޕަސެންޓް އިތުރު ބައެއް ކަމަށް ހޯދުންތަކުން ވަނީ ދައްކާފަ

1965 ވަނަ އަހަރުގެ ފަހުން އުފަންވެފައި ތިބި މީހުންނަކީ، 1950 އާއި 1954 ވަނަ އަހަރާ ދެމެދު އުފަންވި މީހުންނަށްވުރެ، މުސްކުޅިވުމުގެ ފުރުޞަތު، 17 ޕަސެންޓް އިތުރު ބައެއް ކަމަށް ހޯދުންތަކުން ވަނީ ދައްކާފަ

އަދުގެ ޒުވާނުންގެ މެދުގައި ކުރެވޭ އެއް ބަހުސަކަށް ވެފައި އޮންނަނީ މައިންބަފައިންނާއި ކާބަފައިންގެ "ހަރު" ވާހަކައެވެ. ބޮލުން ވައްޓާލި ލިބާހާއެކީ ޒަވާޖީ ޙަޔާތެއް ފެށި މަންމަގެ ޢުމުރުން 20 އަހަރު ފުރުނު އިރު ހަތަރުފަސް ދަރިން ތިބި ވާހަކައެވެ. ޢާއިލާގެ ހުރިހާ ކަމެއް ބަލަހައްޓަމުން، ގޭތެރޭގެ ހުރިހާ ކަމެއް ކުރަމުން ދިޔަ ގޮތުގެ ވާހަކައެވެ. މިއަދު، ޢުމުރުން 20 އަހަރު ވާ އިރު ކިރިޔާ ދުނިޔެއަށް ލޯހުޅުވާލެވޭ ވަރު ވަނީއެވެ. "އެ ޒަމާނުގެ" ޒުވާނުންގެ މޫނުމަތިން ބަލާނަމަ، އެއީ 40 އަކަށް އަހަރު ވެފައި ތިބި މީހުންނޭ ހީވާ ކަހަލައެވެ.

މި ވަނީ ކީއް ހެއްޔެވެ؟ އެއް ބަޔަކު ބުރަވާ ގޮތުގައި އެއީ ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، އިރުގެ ނުރައްކާ ދޯދިތަކުން ސަލާމަތްވާނެ ޒާތްޒާތުގެ ކުރީމްތައް ލިބެން ނެތް ޒަމާނެއްގައި ހެދިބޮޑުވަމުން އައި ބައެކެވެ. ބޮލުގެ އިސްތަށިތައް ދަމާފައި ހުންނަ ކިއްސަރާއި، އަޅާ އުޅުނު ހެދުންތަކަކީވެސް "އެ ޒަމާނުގެ" ޒުވާން ކުދިން، ދެބައި ޢުމުރުގެ ހަރު މީހުންގެ ގޮތުގައި ސިފަ ކުރެވޭ ސަބަބުތަކެއް ކަމަށް ޤަބޫލު ކުރާ ބަޔަކުވެސް އުޅެއެވެ. ނަމަވެސް، ކަން އޮތީ އަދި މުޅިއަކުން އެހެންނެއް ނޫނެވެ. ސައެންސްގެ ހޯދުންތަކުން ދިނީ ތަފާތު ޖަވާބެކެވެ. ސައެންސްވެރިންގެ އެންމެ ފަހުގެ ހޯދުންތައް ދައްކާ ގޮތުގައި، އަދުގެ ޒުވާން ޖީލުތަކަކީ، ތާރީޚީ ތަރުތީބީ ޢުމުރު ނުވަތަ ކްރޮނޮލޮޖިކަލް ޢުމުރަށް ވުރެ، ބަޔޮލޮޖިކަލް ނުވަތަ ޙަޔާތީ ޢުމުރު ދޮށީ ބައެކެވެ. މިއާއެކު ތަފާތު އެކި ކަހަލަ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވެއެވެ.

ކްރޮނޮލޮޖިކަލް ޢުމުރާއި ބަޔޮލޮޖިކަލް ޢުމުރަކީ ތަފާތު 2 ޢުމުރެކެވެ. ކްރޮނޮލޮޖިކަލް އޭޖްއަކީ ފާއިތުވެދާ އަހަރުން އަހަރަށް އެމީހެއްގެ ޢުމުރަށް އިތުރުވާ އަހަރެވެ. މިސާލަކަށް 1994 ވަނަ އަހަރު އުފަންވި ކުދިންނަށް، މި ހިނގާ 2024 ވަނަ އަހަރު ފުރޭނީ، ކްރޮނޮލޮޖިކަލް ގޮތުން ބަލާނަމަ 30 އަހަރެވެ. ނަމަވެސް، ވަކިވަކި ފަރުދުންނަށް ބަލާނަމަ ބަޔޮލޮޖިކަލް ޢުމުރުގައި ފަރަޤުތަކެއް އުޅޭނެއެވެ. ބަޔޮލޮޖިކަލް ޢުމުރު ބަރޯސާ ވަނީ އެމީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުންތަކާއި، ނަފްސާނީ ގޮތުން އަންނަ ބަދަލުތަކާއި، ޙަޔާތުން ދުވަސްތައް ފާއިތުވަމުން ދާ ވަރަކަށް ހަށިގަނޑުގެ މަސައްކަތްތަކަށް އަންނަ އުނިކަމާއި ހީނަރުކަމުގެ މައްޗަށެވެ.

ސެއިންޓް ލޫއިސްގައި ހުންނަ ވޮޝިންގްޓަން ޔުނިވަރސިޓީގެ ދިރާސާވެރިންގެ ހޯދުންތަކުން ފާހަގަ  ވާ ގޮތުގައި، މުސްކުޅިވާ ދުވެލި ހަލުވި ވުމުގައި ޖީލުތަކުގެ އަސަރު އެކުލެވިގެންވެއެވެ. ނުވަތަ ތަފާތުތަކެއް އެބަ ހުއްޓެވެ. އެގޮތުން 1965 ވަނަ އަހަރުގެ ފަހުން އުފަންވެފައި ތިބި މީހުންނަކީ، 1950 އާއި 1954 ވަނަ އަހަރާ ދެމެދު އުފަންވި މީހުންނަށްވުރެ، މުސްކުޅިވުމުގެ ފުރުޞަތު، 17 ޕަސެންޓް އިތުރު ބައެއް ކަމަށް ހޯދުންތަކުން ވަނީ ދައްކާފައެވެ.

މި ފާހަގަ ކުރި ޢުމުރުފުރާގެ މީހުން އަވަހަށް މުސްކުޅިވުމުގެ ސަބަބުތައް ގޮސް ގުޅެނީ ތަފާތު އެކި ޞިއްޙީ މައްސަލަތަކާއެވެ. އެގޮތުން ޢުމުރުން މާ ދޮށީ މީހަކަށް ވުމުގެ ކުރިން، ފުއްޕާމޭ، ގޮހުރުގެ ނިޒާމް އަދި ރަހިމު ފަދަ މުހިންމު ގުނަވަންތަކަށް ޖެހޭ ކެންސަރުގެ ނުރައްކަލަށް މީހާ ހުށަހަޅައެވެ. އޭގެ އިތުރަށް، ހިތުގެ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާވެސް އޮވެއެވެ. މިކަންކަން މިހެން ދިމާވާ ސަބަބުތަކެއްވެސް އެބަހުރި ކަމަށް ދިރާސާވެރިން ޤަބޫލު ކުރެއެވެ. އެގޮތުން ޢުމުރާއި އިސްކޮޅާ އެއްވަރުގެ މިންހެޔޮ ބަރުދަނުގެ އިމުން ކަސިޔާރުވުން ނުވަތަ އޮބީސިޓީ، ގިނަ ވަގުތު އިށީނދެ ތިބުން، ކެއިންބުއިމުގެ ވައްޓަފާޅި ހުރި ގޮތަކީވެސް އަދުގެ ޒުވާން ޖީލުތައް އަވަހަށް މުސްކުޅިވުމަށް މަގުފަހި ކުރާ ސަބަބުތަކެއް ކަމަށް ދިރާސާވެރިން ޤަބޫލު ކުރެއެވެ.

އަލްޓްރާ ޕްރޮސެސްޑް ފުޑްސް ނުވަތަ އިންތިހާއަށް މަސްނޫއީ މާއްދާތައް ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ކާނާގެ ބާވަތްތައް ފަސޭހައިން، ހެޔޮ އަގެއްގައި ލިބެން ހުރުމުގެ ނަތީޖާއަކަށް ވީ، މިއަދު އެތައް ބަޔަކު ބަރުހެލިކަމާ ދެކޮޅަށް ހަނގުރާމަ ކުރަން މަޖުބޫރުވުމެވެ. ވަކިން ޚާއްޞަކޮށް، ފުރާވަރު ޢުމުރާއި ކުޑަކުދިންގެ އާބާދީގައި، އިންތިހާއަށް ބަރުދަން އިތުރު ކުދިން ތިބިކަން ފާހަގަ ކުރަން ޖެހެއެވެ. މީހެއްގެ މުޅި ޢުމުރު، އޮބީސިޓީގެ ޝިކާރައެއްގެ ގޮތުގައި ހޭދަ ކުރަންވެއްޖެ ނަމަ، އެމީހަކު މުސްކުޅިވެދާލެއް އަވަސް ވާނެ ކަމަށާއި، ތަފާތު އެކި ކަހަލަ ބަލިތައް ޖެހުމުގެ ނުރައްކާވެސް އެފަދަ މީހަކަށް އިތުރު ކަމަށް ސައެންސްވެރިން ޤަބޫލު ކުރެއެވެ.

ސެއިންޓް ލޫއިސްގައި ހުންނަ ވޮޝިންގްޓަން ޔުނިވަރސިޓީ ސްކޫލް އޮފް މެޑިސިންގައި އެސޯސިއޭޓް ޕްރޮފެސަރ، އަދި މި ދިރާސާގެ އިސް އިންވެސްޓިގޭޓަރެއްގެ ގޮތުގައި މަސައްކަތް ޔިން ކާއޯ ފާހަގަ ކުރައްވާ ގޮތުގައި، މި ދިރާސާއަކީ އެކި ނަސްލާއި ދަރިފަސްކޮޅުގެ މީހުން ބައިވެރިކޮށްގެން އިތުރަށް ފުރިހަމަ ކުރަންޖެހޭ ދިރާސާއެކެވެ. މި ވަގުތު، ދިރާސާގެ ސާމްޕަލްތައް ނިސްބަތް ވަނީ އެމެރިކާއަށެވެ. އެފަދަ ދިރާސާއެއް އަދި އެހާ ފުޅާ ދާއިރާއެއްގައި ހެދިފައި ނެތެއް ކަމަކު، ކްރޮނޮލޮޖިކަލް ޢުމުރަށް ވުރެ، މީހާގެ ބަޔޮލޮޖިކަލް ޢުމުރު ދޮށީވެގެން ގޮސް މުސްކުޅިވިޔަ ނުދިނުމަށްޓަކައި ކުރެވެން އޮތީ ކޮންކޮން ކަންތައްތަކެއްތޯ ބަލާ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަށާޖެހޭ ބަދަލުތަކެއް ގެނައުން މުހިންމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

15 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
އެންމެ ކުރީގައި ދަ ބޮސްބޭބީ

އެންމެ ކުރީގައި ދަ ބޮސްބޭބީ

09 އެޕްރީލު 2017
ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

22 މާރިޗު 2017
މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި

މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު