Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން އިސްރާއީލް ހަނގުރާމަ

"މީ އަސްލު މީހާއެއް ނޫން... އޭނަވީ ކަފުންކޮށް ވަޅުލާފައި"

މުޙައްމަދަކީ އިތުރު ފަރުވާ ދިނުމަށް އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަށް ބަދަލު ކުރި 426 ކުދިންގެ ތެރޭގައި ހިމެނުނު ޒުވާން ކުއްޖެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 7 ފެބުރުއަރީ 2024 | ބުދަ 08:57
މުޙައްމަދު އަލް-ޖަޢުފަރީ؛ ޔޫއޭއީގައި ފަރުވާ ހޯދާ ފަލަސްޠީނުގެ ރައްޔިތެއް

މުޙައްމަދު އަލް-ޖަޢުފަރީ؛ ޔޫއޭއީގައި ފަރުވާ ހޯދާ ފަލަސްޠީނުގެ ރައްޔިތެއް

ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީ އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމު، 4 މަހަށް ދިގުލައި ގޮސްފައި ވާ އިރު، މިއިން ދުވަހަކު ހަމަޖެހުމެއް ލިބިދާނެ ކަމުގެ އެއްވެސް އިޝާރާތެއް، ނިޝާނެއް ނެތެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާއަތުން އޮކްޓޯބަރ 7، 2023 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާގެ ރައްދުގައި، ޙަމާސް ޖަމާއަތުގެ ވަސް މި ދުނިޔެއިން ފޮހެލުމަށް ކަމަށް ބުނެ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި މީހުންގެ ޢަދަދު 28000 އަށް އަރައެވެ. ޒަޚަމްވި މީހުންގެ ޢަދަދުވެސް އުޅެނީ ލައްކައަކާ ގާތް ކުރާ ހިސާބުގައެވެ. ޢުދުވާންތަކުގައި ލިބޭ އަނިޔާތަކުގެ އިތުރުންވެސް، އިންސާނަކަށް ވީތީ ކުރިމަތިވާ ޞިއްޙީ އެކިއެކި މައްސަލަތަކަށް އެކަށީގެންވާ ގޮތެއްގައި ޣައްޒާގައި ފަރުވާ ދެވޭކަށް ނެތެވެ.

ކަން މިހެން އޮތް އިރު، ޣައްޒާގައި އަނިޔާ ލިބިފައި ވާ ބައެއް މީހުންނަށް، އެހެން ޤައުމުތަކުގައި ވަނީ ފަރުވާ ދޭން ފަށާފައެވެ. ބައިނަލްއަޤުވާމީ ޕްރެޝަރު ބޮޑުވެގެން ގޮސް، އެ ނޫން ގޮތެއް އިޒްރޭލަށް ނެތުނީއެވެ. ޞިއްޙީ އެންމެ އަސާސީ ޚިދުމަތްތައްވެސް މިއަދު ލިބެން ނެތް ޣައްޒާއިން އެހެން ޤައުމުތަކަށް ބަދަލު ކޮށްފައިވާ މީހުން އުފުލަމުންދާ ވޭނަކީ ހިތަށް އަރުވާލިއަސް، ނުތަނަވަސްކަމާއި މާޔޫސްކަން ވެރި ކުރުވާ ކަމެކެވެ. އަމިއްލަ ޖިސްމާނީ ހަށިގަނޑަށް ފަރުވާ ލިބުނެއް ކަމަކު، ޤަތުލުޢާންމެއްގެ ތެރޭގައި ބަންދުވެފައި އޮތް ޢާއިލާއާ ދުރުގައި ދުވަސްތައް ހޭދަ ކުރަން ޖެހުމުގެ ސަބަބުން ކުރިމަތި ކުރުވާ ނަފްސާނީ އަސަރުތަކަށް ދޭނެ ފަރުވާއެއް އޮންނާނެ ހެއްޔެވެ؟

ޢުމުރުން އެންމެ 18 އަހަރުގެ މުޙައްމަދު ޖަޢުފަރީއަކީ އެފަދަ ޙާލެއްގައި އޮތް ޒުވާނެކެވެ. އޮކްޓޯބަރ 17 ވަނަ ދުވަހު އިޒްރޭލުން ރަފަޙަށް ދިން ޙަމަލާގައި އޭނާގެ އަތް ބުރިވިއެވެ. ރަފަޙަށް އުފަން މުޙައްމަދު މިހާރު ފަރުވާ ހޯދަމުން ދަނީ އަބޫދާބީގައެވެ. ޢާއިލާ މެންބަރުންނާ ދުރުގައެވެ. ޙާލުއަހުވާލުވެސް ބަލައިލެވޭނެ ގޮތެއް ނެތެވެ. މުޙައްމަދަކީ އިތުރު ފަރުވާ ދިނުމަށް އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަށް ބަދަލު ކުރި 426 ކުދިންގެ ތެރޭގައި ހިމެނުނު ޒުވާން ކުއްޖެކެވެ. އެ ކުދިންގެ ޢާއިލާތަކުންވެސް 331 މެންބަރަކު ޔޫއޭއީއަށް ދަތުރު ކުރިއެވެ.

ޔޫއޭއީގެ ރައީސް މުޙައްމަދު ބިން ޒައިދު ވަނީ، ޣައްޒާގައި އަނިޔާ ލިބިފައިވާ 1000 މީހަކަށް ޔޫއޭއީގެ ހޮސްޕިޓަލުތަކުގައި ފަރުވާކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ހޮސްޕިޓަލުގެ އެނދުގައި އޮށޯވެލައިގެން އޮތް މުޙައްމަދު ދެއްކަމުން ދިޔަ ވާހަކަތަކަކީ އަޑު އަހަން މާ ފަސޭހަ ވާހަކަތަކެއް ނޫނެވެ. މުޙައްމަދު ބުނި ގޮތުގައި، އަސްލު މުޙައްމަދު ވީ ކަފުނުގައެވެ.

ޙަމަލާގެ ހަނދާންތައް އަދިވެސް އެ ޒުވާން ސިކުނޑީގައި ތާޒާއެވެ.

މުޙައްމަދާއި އެންމެ ގާތުގައި މި ވަގުތު އިނީ އޭނާގެ މަންމައެވެ. ހިނދުކޮޅަކަށްވެސް އެ މަންމަ، މުޙައްމަދު ގާތުން ދުރަކަށް ނުދެއެވެ. ނަމަވެސް، ރަފަޙުގައި ތިބި އަނެއް 4 ދަރިންނާއި ފިރިމީހާއާ މެދު ވިސްނާވިސްނާ، އެ މަންމަގެ ސިކުނޑި ފަޅައިގެން ދާ ވަރެވެ.

ޝައިޚް ޚަލީފާ މެޑިކަލް ސިޓީގެ އެހެން ވޯޑެއްގައި ފަރުވާ ހޯދަމުންދާ، ޢުމުރުން އެންމެ 5 އަހަރުގެ މުޙައްމަދު ސަލީމަކީ، އުފަންވީ އިރުވެސް ނޭވާލާ ނިޒާމުގައި މައްސަލަތަކެއް ހުރި ކުއްޖެކެވެ. ޤަތުލުޢާންމު ފެށިފަހުން އޭނާގެ ޙާލު އިތުރަށް ގޯސްވާން ފެށުމުން، ފަރުވާ ދޭން ފެށީއެވެ. މުޙައްމަދު ސަލީމުގެ މަންމަ، ޢަބީރު ޢަބްދުލްޝަފް އަލް-ޢާލަމީ މިހާރުވެސް އިނީ ބަލިވެއެވެ. ބަނޑަށް 8 މަހެވެ.

ޢުމުރުން 30 އަހަރުގެ ޢަބީރަކީ ޣައްޒާގެ ޚާން ޔޫނިސްގެ ރަށްވެއްސެކެވެ. އޭނާގެ ފިރިމީހާގެ އެއްވެސް ޚަބަރެއް ނެތެވެ. ޖެނުއަރީ 5 ވަނަ ދުވަހު އަބޫދާބީއަށް ފޭބިފަހުން، ފިރިމީހާއާ އެއްވެސް ވަރަކަށް މުޢާމަލާތެއް ނުކުރެވެއެވެ.

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހުގެ މަތިވެރި މައްސަރެވެ. މިއިން ދުވަހަކު ޤަތުލުޢާންމު ހުއްޓާލަފާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް އިރު، މާޒީގައި ކަން ހިނގާފައި ވާ ގޮތަށް ބަލާއިރު، ރަމަޟާން މަހާ ދިމާކޮށް، ޢުދުވާންތައް ވަރުގަދަ ކުރުމުގެ ބިރުވެސް އެބަ އޮތެވެ. އިޒްރޭލުގެ ޢުދުވާންތަކަކީ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް އައު ކަމަކަށް ނުވި ނަމަވެސް، މިހާރު ހިންގަމުންދާ ޤަތުލުޢާންމަކީ، އަދުގެ ތާރީޚުގައި ދުނިޔޭގެ އެއްވެސް ތަނެއްގައި ބަޔަކު ހިންގި ފަދަ ޤަތުލުޢާންމެއް ނޫނެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
16 މާރިޗު 2017

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!
12 މާރިޗު 2017

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު