Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަސްގެފާނު ޗާލްސް

އިނގިރޭސި ރަސްގެފާނު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނީ

6 ފެބުރުއަރީ 2024 | އަންގާރަ 01:43

ރަސްގެފާނު ޗާލްސްއަށް ކެންސަރުޖެހިފައިވާ ކަން ހާމަވީ، ޕްރޮސްޓޭޓްގެ ފަރުވާއަކަށް ކުރެއްވި ޓެސްޓުތަކެއްގެ ތެރެއިން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 6 ފެބުރުއަރީ 2024 | އަންގާރަ 01:43
އިނގިރޭސި ރަސްކަމުގެ ތަޚުތައް ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީކޮށް ވެޑުވުމުގެ ތެރެއިން

އިނގިރޭސި ރަސްކަމުގެ ތަޚުތައް ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީކޮށް ވެޑުވުމުގެ ތެރެއިން

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައަށް ކެންސަރު ޖެހިފައިވާ ކަން އެ ޤައުމުގެ ޝާހީ ގަނޑުވަރު, ބަކިންގްހަމް ޕެލެސްއިން ހާމަކޮށްފިއެވެ. 

އެކަން ހާމަކޮށް އެ ގަނޑުވަރުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ރަސްގެފާނު ޗާލްސްގެ ޕްރޮސްޓޭޓްގެ ފަރުވާއަކަށް ކުރެއްވި ޓެސްޓުތަކެއްގެ ތެރެއިން ކެންސަރު ޖެހިފައިވާ ކަން ހާމަވެފައިވާ ކަމަށެވެ.

އެއީ ކޮން ވައްތަރެއްގެ ކެންސަރެއް ކަމެއް އެ ގަނޑުވަރުން ހާމަކޮށްފައެއް ނުވާއިރު، ރަސްގެފާނު ޗާލްސްގެ ޕްރޮސްޓޭޓް ދުޅަވުމާ ގުޅިގެން، އެމަނިކުފާނަށް ލަންޑަން ކްލިނިކް ޕްރައިވެޓް ހޮސްޕިޓަލުގައި ތިން ދުވަހަށް ވަނީ ފަރުވާދީފައެވެ. އެ ފަރުވާތަކަށް ފަހު އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރަސްގެފާނު ޗާލްސްއަށް ކެންސަރު ޖެހިފައިވާކަން ހާމަވުމާއެކު، އެމަނިކުފާނުގެ ބައެއް ރަސްމީ ޒިންމާތައް މަދުކުރެވި، އެ ޒިންމާތަކުގެ ތެރެއިން ކުރައްވަން ޖެހިވަޑައިގަންނަވާ ބައްދަލުވުންތައް ވެސް ކެންސަލް ކުރައްވާފައެވެ. އެހެން ނަމަވެސް، ބައްޔަށް ފަރުވާ ހޯއްދަވައިގެން ރަސްމީ މަސައްކަތްތަކަށް އެނބުރި ނުކުންނަވަން ރަސްގެފާނު އުންމީދުކުރައްވާ ކަަމށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އުމުރުފުޅުން 75 އަހަރުގެ ޗާލްސް އިނގިރޭސި ތަޚުތާ ހަވާލުވެޑައިގަތީ ހުސްވި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން އެއީ، މަންމާފުޅު ރާނީ އެލިޒަބަތް ދެވަނަ އަވަހާރަވުމާ ގުޅިގެންނެވެ.

ރަސްގެފާނު ޗާލްސް ތިންވަނަ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ
30 ނޮވެމްބަރު 2025

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް
03 ނޮވެމްބަރު 2025

އެޕްސްޓައިން މައްސަލައިގައި ރަސްގެފާނުގެ އާއިލާ އަށް ލިބިފައި ވަނީ ބޮޑު ގެއްލުމެއް: ޓްރަމްޕް

03 ނޮވެމްބަރު 2025
އެޕްސްޓައިން މައްސަލައިގައި ރަސްގެފާނުގެ އާއިލާ އަށް ލިބިފައި ވަނީ ބޮޑު ގެއްލުމެއް: ޓްރަމްޕް
07 މެއި 2023

"ވާރުތަވާ ރަސްކަމެއް އޮންނަން ޖެހޭނެ ކަމަކަށް ގަބޫލެއްނުކުރަން"

07 މެއި 2023
"ވާރުތަވާ ރަސްކަމެއް އޮންނަން ޖެހޭނެ ކަމަކަށް ގަބޫލެއްނުކުރަން"
25 މާރިޗު 2023

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކިންގް ޗާލްސްގެ ދަތުރުފުޅު ފަސްކުރައްވައިފި

25 މާރިޗު 2023
ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކިންގް ޗާލްސްގެ ދަތުރުފުޅު ފަސްކުރައްވައިފި
14 މާރިޗު 2023

ކޮމަންވެލްތު ދުވަހުގެ ޙަރަކާތްތަކުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވައިފި

14 މާރިޗު 2023
ކޮމަންވެލްތު ދުވަހުގެ ޙަރަކާތްތަކުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވައިފި
03 އޮކްޓޯބަރު 2022

ރަސްގެފާނު ޗާލްސް ޔޫކޭގައި ދިރިއުޅޭ ރާއްޖެ އާއި ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

03 އޮކްޓޯބަރު 2022
ރަސްގެފާނު ޗާލްސް ޔޫކޭގައި ދިރިއުޅޭ ރާއްޖެ އާއި ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
16 ސެޕްޓެމްބަރު 2022

ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް

16 ސެޕްޓެމްބަރު 2022
ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް
12 ސެޕްޓެމްބަރު 2022

ހެޑް އޮފް ސްޓޭޓް ބަދަލުކުރަން ވޯޓު ނަގާނަން: އެންޓީގުއާ އެންޑް ބަރބޫޑާގެ ބޮޑުވަޒީރު

12 ސެޕްޓެމްބަރު 2022
ހެޑް އޮފް ސްޓޭޓް ބަދަލުކުރަން ވޯޓު ނަގާނަން: އެންޓީގުއާ އެންޑް ބަރބޫޑާގެ ބޮޑުވަޒީރު
10 ސެޕްޓެމްބަރު 2022

އިނގިރޭސި ރަސްގެފާނު ޗާލްސް ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

10 ސެޕްޓެމްބަރު 2022
އިނގިރޭސި ރަސްގެފާނު ޗާލްސް ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް