Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗާލްސްގެ ދަތުރުފުޅު

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކިންގް ޗާލްސްގެ ދަތުރުފުޅު ފަސްކުރައްވައިފި

މިއީ ޗާލްސް ރަސްކަމާއި ހަވާލުވެވަޑައިގެންނެވިފަހުން ގައުމުން ބޭރަށް ރަސްމީކޮށް ކުރައްވަން އޮތް ފުރަތަމަ ދަތުރުފުޅު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 މާރިޗު 2023 | ހޮނިހިރު 01:56
 ޗާލްސް ރަސްގެފާނު

ޗާލްސް ރަސްގެފާނު

ފްރާންސްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އާދިއްތަ ދުވަހު ފްރާންސަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލްކުރައްވައިފިއެވެ.

އައު ޕެންޝަން ގާނޫނާއި ދެކޮޅަށް ފްރާންސްގައި އަންނަނީ ވަރަށް ވަރުގަދައަށް މުޒާހަރާކުރަމުންނެވެ. ތިން ދުވަހުގެ ދަތުރުފުޅެއްގައި ޗާލްސް ފްރާންސަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު މިއީ ޗާލްސް ރަސްކަމާއި ހަވާލުވެވަޑައިގެންނެވިފަހުން ގައުމުން ބޭރަށް ރަސްމީކޮށް ކުރައްވާ ގޮތަށް އޮތް ފުރަތަމަ ދަތުރުފުޅެވެ. ފްރާންސަށްފަހު ޗާލްސް ޖަރމަނީއަށް ވަޑައިގަތުމަށް އޮތީ ހަމަޖެހިފައެވެ.

ޗާލްސްގެ ދަތުރުފުޅު ފަސްކުރައްވަން މަޖުބޫރުވުމާއި ގުޅިގެން ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މުޒާހަރާތަކާއި ގުޅިގެން މަސްރަހު ބަދަލުވަމުންދާ ގޮތް އެންމެންނަށް ފެންނަކަމަށެވެ. ޔޫނިއަންތަކުން ފްރާންސްގެ ހުރިހާ ހިސާބެއްގައި އަންގާރަ ދުވަހު މުޒާހަރާކުރާނެކަމަށް އިއުލާންކޮށްފައިވަނިކޮށް ރަސްގެފާނު ފްރާންސަށް ވަޑައިގަތުން އެހާ ރަނގަޅު ނުވާނެކަމަށް މެކްރޮން ވިދާޅުވިއެވެ.

ދަތުރުފުޅު ފަސްކުރެވުނީ ދެ ގައުމުގެ ރަހުމަތްތެރިކަމާއި އާންމު މިންގަނޑުން ވިސްނާ ވިސްނުމުގެ މައްޗަށް ބިނާކޮށްކަމަށް މެކްރޮން ވިދާޅުވިއެވެ.

އިނގިރޭސި ސަރުކާރުގެ ސްޕޯކްސްޕާސަން ވިދާޅުވީ ދަތުރުފުޅު ފަސްކުރުމުގެ ނިންމުން ނިންމާފައިވަނީ ހުރިހާ ފަރާތްތަކެއްގެވެސް ރުހުމާއެކުކަމަށެވެ. މެކްރޮން ވަނީ ދަތުރުފުޅު ފަސްކުރުމަށް އިނގިރޭސި ސަރުކާރުގައި އެދިވަޑައިގަންނަވާފައެވެ.

ޗާލްސް ފްރާންސަށް ވަޑައިގަތުމަށް ހުރަސްއެޅުމަށް ފްރާންސްގެ ސޯޝަލް މީޑިޔާ ޕްލެޓް ފޯމުތަކުގައި ގޮވާލާފައިވާކަމަށާއި އެހެންކަމުން އެދަތުރުފުޅު ކުރިޔަށްގެންދިޔުން އެއީ އެހާ ރައްކާތެރިކަމަކަށްނުވާނެކަމަށް ފްރާންސްގެ އިސް ފަރާތަކާއި ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވެއެވެ.

ޕްލޭން ކުރެވިފައިވާ ގޮތުގެ މަތިން ޗާލްސް ޖަރމަނީއަށް ވަޑައިގަންނަވާނެކަމަށް ބަކިންގހަމް ޕެލަސް އިން ބުނެއެވެ.

ބަކިންހަމް ޕެލަސްގެ ސްޕޯކްސްޕާސަން ވިދާޅުވީ, ވީ އެންމެ އަވަހަކަށް ފްރާންސަށް ވަޑައިގެންނެވޭނެ ތާރީޚަކަށް ރަސްގެފާނު ޗާލްސް އިންތިޒާރުކުރައްވާކަމަށެވެ.

ފްރާންސްއެމަނުއަލް މެކްރޯންރަސްގެފާނު ޗާލްސް ތިންވަނަ

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު