Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޗާލްސް ރަސްކަމުގެ ތަޚުތުގައި ވެޑުވުން

"ވާރުތަވާ ރަސްކަމެއް އޮންނަން ޖެހޭނެ ކަމަކަށް ގަބޫލެއްނުކުރަން"

"ތިއީ މަގޭ ރަސްގެފާނެއް ނޫން" މި ޝިއާރު ބޭނުންކޮށްފައިވާ ރީނދޫ ކުލައިގެ ޓީޝާޓްތަކުގައި އެތައް ބަޔަކު ވަނީ ލަންޑަނުގެ މަގުތަކަށް ނުކުމެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 މެއި 2023 | އާދީއްތަ 12:34
އިނގިރޭސިވިލާތުގެ ރައްޔިތުން މުޒާހަރާކުރަނީ

އިނގިރޭސިވިލާތުގެ ރައްޔިތުން މުޒާހަރާކުރަނީ

މެއި 6 ވީ ހޮނިހިރު ދުވަހަކީ، އިރެއްގައި ދުނިޔެ ދުށް އެންމެ ވަރުގަދަ އިސްތިއުމާރީ ބާރުގެގޮތުގައި އޮތް އިނގިރޭސިވިލާތުގެ ތާރީޚުގައި ލިޔެވިގެންދާނެ ދުވަހެކެވެ. އެއީ އެތައް އަހަރަކަށްފަހު، އެ ގައުމުގެ ޝާހީ ވެރިކަމުގެ ތަޚުތުގައި ރަސްކަލަކު ރަސްމީކޮށް ވެޑުވުނު ދުވަހެވެ. އިނގިރޭސިވިލާތުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު އެ ރަސްމިއްޔާތު ބަލަމުން ދިޔައީ ޝައުގުވެރިކަމާއެކުގައި ކަމަށް ވީނަމަވެސް، އިނގިރޭސިވިލާތުގައި މިއަދު ދަނީ ވިރާސީ ވެރިކަމާ ދެކޮޅު އަޑުފަށްގަނޑު ގަދަވަމުންކަން ފާހަގަކުރަން ޖެހެއެވެ.

އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްމީކޮށް ވެޑުވުމުގެ އިހުތިފާލުތައް ފެށުމުގެ ގަޑިއިރުތަކެއް ކުރިން، އިދިކޮޅު މުޒާހަރާތައް ވަނީ ފަށާފައެވެ. ރޮއިޓަރޒްއާ ވާހަކަ ދެއްކި އެކަކީ އުމުރުން 40ގެ އަހަރުތައް ގުނަމުންދާ ޓީޗަރެއް ކަމަށްވާ ކޮލީން ޑިއަރއެވެ. ޑިއަރ ބުނިގޮތުގައި، މިފަދަ ހާލަތަކަށް، ވާރުތަވެގެން އަންނަ ރަސްކަމެއް އޮންނަންޖެހޭ ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ.

އިނގިރޭސިވިލާތުގައި އޮތް ރަސްކަމާ ދެކޮޅަށް ފާޅުގައި މަސައްކަތްތަކެއް ކުރަން ފެށި އެއް ހިސާބަކީ 1980ގެ ކުރީކޮޅެވެ. "ރިޕަބްލިކް"ގެ ނަމުގައި އުފެއްދި ގުރޫޕަކުން ކެމްޕޭން ކުރަމުން ދަނީ ދައުލަތުގެ އެންމެ އިސްވެރިޔަކީ އިންތިޚާބުކުރެވޭ މީހަކަށް ހެދުމަށެވެ. "ރިޕަބްލިކް"އިން އުއްމީދުކުރާގޮތުގައި ރަސްކަމުގެ ތަޚުތުގައި ޗާލްސް ވެޑުވުމަށް ކުރިއަށްދިޔަ އިހުތިފާލާ ދިމާކޮށް، ރަސްކަމާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާއަކީ، ތާރީޚުގައިވެސް އެ ގުރޫޕުން ކުރިއަށްގެންދިޔަ އެންމެ ވަރުގަދަ ހަރަކާތެވެ. ރަސްކަމުގެ ތަޚުތުގައި، ރަސްމީކޮށް ޗާލްސް ވެޑުވުމަކީ، އިނގިރޭސިވިލާތުގައި އޮތް ރަސްކަން ނިމުމަކަށް ގެނައުމަށް އެ ގުރޫޕަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތުކަމަށްވެސް "ރިޕަބްލިކް"އިން ގަބޫލުކުރެއެވެ.

ރަސްކަމާ ދެކޮޅު މުޒާހަރާތަކުގައި އިސްކޮށް ހުރި ގްރާމް ސިމިތުއާއި އަދިވެސް އިތުރު އެހެން މެންބަރުންތަކެއް ވަނީ ހައްޔަރުކޮށްފައެވެ.

48 އަހަރުގެ ޑޮލްޓަރ، ޖޭމްސް މެކްޑެމޮޓްއަށް މި ވާހަކަ އިވުނީ ގުރޫޕް ޗެޓެއްގެ ތެރެއިން ކަމަށް އޭނާ ބުނެއެވެ. އަދި މިއީ ޚުދުމުޚުތާރުކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

"ތީ މަގޭ ރަސްގެފާނެއް ނޫން" މި ޝިއާރު ބޭނުންކޮށްފައިވާ ރީނދޫ ކުލައިގެ ޓީޝާޓްތަކުގައި އެތައް ބަޔަކު ވަނީ ލަންޑަނުގެ މަގުތަކަށް ނުކުމެފައެވެ. ތަޚުތުގައި ޗާލްސް ވެޑުވުމުގެ އިހުތިފާލާ ދިމާކޮށް، ސަލާމަތީ ފައުޖުތަކުގެ 11000 އެއްހާ މެންބަރުންވެސް ވަނީ މަގުތަކަށް ނެރެފައެވެ. މި އިހުތިފާލަކީ މިދިޔަ 70 އަހަރު ދުވަހުގެ ތެރޭގައިވެސް އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު އިހުތިފާލެވެ.

ރަސްގެފާނު ޗާލްސް ތިންވަނައިނގިރޭސިވިލާތް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު