Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެންޓީގުއާ އެންޑް ބަރބޫޑާ

ހެޑް އޮފް ސްޓޭޓް ބަދަލުކުރަން ވޯޓު ނަގާނަން: އެންޓީގުއާ އެންޑް ބަރބޫޑާގެ ބޮޑުވަޒީރު

އެ ޤައުމުގެ ހެޑް އޮފް ސްޓޭޓަކީ އިނގިރޭސި ރަސްގެފާނު ޗަރލްސް ތިންވަނަ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 12 ސެޕްޓެމްބަރު 2022 | ހޯމަ 02:01
އެންޓީގުއާ އެންޑް ބަރބޫޑާގެ ބޮޑުވަޒީރު

އެންޓީގުއާ އެންޑް ބަރބޫޑާގެ ބޮޑުވަޒީރު

ކެރީބިއަންގެ ޤައުމެއް ކަމަށްވާ އެންޓީގުއާ އެންޑް ބަރބޫޑާގެ ހެޑް އޮފް ސްޓޭޓް ބަދަލު ކުރުމަށް ޤާނޫނު އިސްލާހުކޮށް ވޯޓު ނަގާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ގެސްޓޮން ބްރައުން ވިދާޅުވެއްޖެއެވެ.

މީގެ ކުރިން އެންޓީގުއާ އެންޑް ބަރބޫޑާގެ ހެޑް އޮފް ސްޓޭޓަކީ އިނގިރޭސިވިލާތުގެ ރާނީ އެލިޒެބަތު ދެވަނައެވެ. ނަމަވެސް އެކަމަނާ އަވަހާރަވުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ތަހުތަށް އެކަމާނާގެ ދޮށީ ދަރިކަލުން ޗަރލްސް ތިނެއް ހަވާލުވެވަޑައިގަތުމާއެކު އެ މަގާމު ވަނީ ޗަރލްސްއަށް ވާރުތަވެފައެވެ. އެމަނިކުފާނަކީ އެ ޤައުމުގެ ހެޑް އޮފް ސްޓޭޓް ކަމަށް އާދީއްތަ ދުވަހު ވަނީ އިއުލާން ވެސް ކޮށްފައެވެ.

ޗަރލްސް ތިނެއް އެއީ އެންޓީގުއާ އެންޑް ބަރބޫޑާގެ ހެޑް އޮފް ސްޓޭތް ކަމަށް އިއުލާން ކުރެއްވުމަށްފަހު ބޮޑުވަޒީރު ބްރައުން ވިދާޅުވީ ތިން އަހަރު ތެރޭގައި ހެޑް އޮފް ސްޓޭތް ބަދަލު ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް އަންނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރެވިއްޖަނަމަ އެ އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މި ބަދަލު ގެނައުމަށް އާއްމުންގެ ފަރާތުން މާގިނަ ހުށަހެޅުންތަކެއް ލިބިފައިނުވާކަން ވެސް ބްރައުން ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ އިންތިޚާބުވެސް ކާމިޔާބު ކުރައްވާނީ ބްރައުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެއީ މިހާރުވެސް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 17 ގޮނޑިން 15 ގޮނޑި ތަމްސީލު ކުރައްވަނީ އެމަނިކުފާނުގެ ޕާޓީގެ ބޭފުޅުން ކަމަށްވާތީއެވެ.

އެންޓީގުއާ އެންޑް ބަރބޫޑާގެ އިތުރުން އޮސްޓްރޭލިއާއިން ވެސް ވަނީ އެ ޤައުމުގެ ހެޑް އޮފް ސްޓޭޓް ބަދަލުކުރުމަށް ބޭނުންވާކަމަށް ބުނެފައެވެ. އެގޮތުން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވޯޓު ނަގާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވަނީ ވިދާޅުވެފައެވެ.

ޗަރލްސް ރަސްގެފާނަކީ މިހާރު އިނގިރޭސިވިލާތު ހިމެނޭހެން 14 ޤައުމެއްގެ ހެޑް އޮފް ސްޓޭޓްއެވެ. މީގެ ތެރޭގައި އެންޓީގުއާ އެންޑް ބަރބޫޑާ އާއި އޮސްޓްރޭލިއާ އާއި ދަ ބަހާމާސް އާއި ބެލީޒް އާއި ކެނެޑާ އާއި ގްރެނާޑާ އާއި ޖަމައިކާ އާއި ނިއުޒިލެންޑާއި ޕަޕުއާ ނިއުގިނީ އާއި ސެއިންޓް ކިޓްސް އެންޑް ނެވިސް އާއި ސެއިންޓް ލޫޝިއާ އާއި ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނެޑީންސް އާއި ސޮލޮމަން އައިލެންޑްސް އާއި ޓޫވަލޫ ހިމެނެއެވެ.

މިދިޔަ އަހަރު ބަރބޭޑޯސް އިން ވެސް ވަނީ އެ ޤައުމުގެ ހެޑް އޮފް ސްޓޭޓްގެ މަގާމުން ރާނީ އެލިޒަބަތު ދެވަނަ ވަކި ކުރުމަށްފަހު ރައީސްއެއް ހޮވާފައެވެ.

ރަސްގެފާނު ޗާލްސް ތިންވަނަ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ
30 ނޮވެމްބަރު 2025

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް
03 ނޮވެމްބަރު 2025

އެޕްސްޓައިން މައްސަލައިގައި ރަސްގެފާނުގެ އާއިލާ އަށް ލިބިފައި ވަނީ ބޮޑު ގެއްލުމެއް: ޓްރަމްޕް

03 ނޮވެމްބަރު 2025
އެޕްސްޓައިން މައްސަލައިގައި ރަސްގެފާނުގެ އާއިލާ އަށް ލިބިފައި ވަނީ ބޮޑު ގެއްލުމެއް: ޓްރަމްޕް
06 ފެބުރުއަރީ 2024

އިނގިރޭސި ރަސްގެފާނު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނީ

06 ފެބުރުއަރީ 2024
އިނގިރޭސި ރަސްގެފާނު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނީ
07 މެއި 2023

"ވާރުތަވާ ރަސްކަމެއް އޮންނަން ޖެހޭނެ ކަމަކަށް ގަބޫލެއްނުކުރަން"

07 މެއި 2023
"ވާރުތަވާ ރަސްކަމެއް އޮންނަން ޖެހޭނެ ކަމަކަށް ގަބޫލެއްނުކުރަން"
25 މާރިޗު 2023

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކިންގް ޗާލްސްގެ ދަތުރުފުޅު ފަސްކުރައްވައިފި

25 މާރިޗު 2023
ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކިންގް ޗާލްސްގެ ދަތުރުފުޅު ފަސްކުރައްވައިފި
14 މާރިޗު 2023

ކޮމަންވެލްތު ދުވަހުގެ ޙަރަކާތްތަކުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވައިފި

14 މާރިޗު 2023
ކޮމަންވެލްތު ދުވަހުގެ ޙަރަކާތްތަކުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވައިފި
03 އޮކްޓޯބަރު 2022

ރަސްގެފާނު ޗާލްސް ޔޫކޭގައި ދިރިއުޅޭ ރާއްޖެ އާއި ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

03 އޮކްޓޯބަރު 2022
ރަސްގެފާނު ޗާލްސް ޔޫކޭގައި ދިރިއުޅޭ ރާއްޖެ އާއި ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
16 ސެޕްޓެމްބަރު 2022

ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް

16 ސެޕްޓެމްބަރު 2022
ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް
10 ސެޕްޓެމްބަރު 2022

އިނގިރޭސި ރަސްގެފާނު ޗާލްސް ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

10 ސެޕްޓެމްބަރު 2022
އިނގިރޭސި ރަސްގެފާނު ޗާލްސް ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު