Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ މުޙައްމަދު މުޢިއްޒު

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތުގައި ބައިނަލްއަޤުވާމީ މޫސުމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭއްވޭ ހައި-ލެވެލް ބައްދަލުވުމެއް ގައި ބައިވެރިވަޑައިގަންނަވަނީ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 ނޮވެމްބަރު 2025 | އާދީއްތަ 14:17
ރައީސް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވަނީ

ރައީސް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވަނީ

އިނގިރޭސި ރަސްގެފާނު ކިންގ ޗާލްސް ތިންވަނައި ގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެ ދަތުރުފުޅަކީ ބައިނަލްއަޤުވާމީ، މޫސުމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިއަށްގެންދާ ހައި-ލެވެލް ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި) ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ބައްދަލުވުމަކީ ދުނިޔޭގެ ޑިވެލޮޕްމަންޓް ބޭންކްތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ އެންމެ އެިސްވެރިން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއްކަން ފާހަގަކޮށްލެވެ އެވެ.

މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި މޫސުމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ހިމެނެ އެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ދުވެލި ހަލުވި ކުރުމާއި، ބައިނަލްއަޤުވާމީ ގުޅުންތައް ވަރުގަދަ ކުރުމާއި، ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ހާލަތުތަކާއި މެދު ވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް އަކީ، އިނގިރޭސި ރަސްގެފާނު ކިންގ ޗާލްސް ތިންވަނައިގެ ތަސައްވުރެއްގެ މައްޗަށް އެމަނިކުފާނުގެ އިސްނެންގެވުމާއި އެކު ބާއްވަވާ ބައްދަލުވުމެކެވެ.

ޑރ. މުހައްމަދު މުއިއްޒުރަސްގެފާނު ޗާލްސް ތިންވަނަކްލައިމެޓް ޗޭންޖް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު