Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮމަންވެލްތު ދުވަސް

ކޮމަންވެލްތު ދުވަހުގެ ޙަރަކާތްތަކުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވައިފި

މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިޢާރަކީ، "ފޯޖިންގ އަ ސަސްޓެއިނަބަލް އެންޑް ޕީސްފުލް ފިއުޗަރ"

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 މާރިޗު 2023 | އަންގާރަ 08:12
ކޮމަންވެލްތު ދުވަހުގެ ޙަރަކާތްތަކުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ

ކޮމަންވެލްތު ދުވަހުގެ ޙަރަކާތްތަކުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ

މިއަހަރުގެ ކޮމަންވެލްތު ދުވަސް ފާހަގަކުރުމުގެ ގޮތުން އިނގިރޭސިވިލާތުގައި ބޭއްވުނު ޙަރަކާތްތަކުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ކޮމަންވެލްތު ދުވަހަކީ ކޮމަންވެލްތުގެ އަސާސްތަކާއި ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ފާހަގަކޮށް، ކުރިއަށް އޮތް އަހަރުގައި އެ ޤައުމުތަކުން އެކުގައި މަސައްކަތްކުރުމަށް އައު ހިތްވަރަކާއެކު ކުރިއަށް ދިއުމަށްޓަކައި ކޮންމެ އަހަރެއްގެ ވެސް މާރޗު މަހުގެ ދެވަނަ ހޯމައިގައި ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރާ ދުވަހެކެވެ.

Advertisement - newsAdvertisement

މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިޢާރަކީ، "ފޯޖިންގ އަ ސަސްޓެއިނަބަލް އެންޑް ޕީސްފުލް ފިއުޗަރ" (ދެމެހެއްޓެނިވި އަދި އަމާން މުސްތަޤުބަލެއް ޤާއިމުކުރުމަށް) އެވެ.

ކޮމަންވެލްތު ދުވަސް ފާހަގަކުރުމުގެ ގޮތުން އިނގިރޭސިވިލާތުގައި ވަނީ ގިނަ ޙަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން، އެކި ހަނގުރާމަތަކުގައި މަރުވެފައިވާ ކޮމަންވެލްތު ޤައުމުތަކުގެ ސިފައިންގެ ހަނދާނީ މަޤުބަރާގައި މާބޮނޑި ބޭއްވުމުގެ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. ކޮމަންވެލްތު މެމޯރިއަލް ގޭޓްސްގައި ބޭއްވުނު މިރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވައި އެމަނިކުފާނު ވަނީ އެމަޤުބަރާގައި މާބޮނޑިއެއް ބާއްވަވާފައެވެ. މިރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެހެނިހެން މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން، މިނިސްޓަރ ޝާހިދު ވަނީ ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު ކަމަށްވާ މާލްބަރޯ ހައުސްގައި އޮތް ކޮމަންވެލްތު "ފްލެގް ފޯ ޕީސް" ނެގުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މިހިނގާ މާރޗް މަހުގެ 15ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވާފައިވާ ކޮމަންވެލްތު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ރަސްގެފާނު، ރަސްގެފާނު ޗާލްސް ތިންވަނަ އާއި ރަސްގެފާނުގެ އަނބިކަނބަލުން ބޭއްވެވި ރަސްމިއްޔާތުގައި ވެސް މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމަންވެލްތު ދުވަސް ފާހަގަކުރުމަށްޓަކައި އިނގިރޭސިވިލާތުގައި ބޭއްވުނު މިޙަރަކާތްތަކުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަޙަނާޒް ފައިސަލްއެވެ.

މިއަހަރުގެ ކޮމަންވެލްތު ދުވަހަކީ ކޮމަންވެލްތު ޗާޓަރު ތަންފީޒުކުރެވުނުތާ 10 އަހަރު ފުރޭ ދުވަސް ވެސް މެއެވެ. އަދި މިއަހަރަކީ ކޮމަންވެލްތުގެ "އިޔަރ އޮފް ދަ ޔޫތު" ކަމުން، ކުލަގަދަ ގޮތެއްގައި ޒުވާނުންގެ ބައިވެރިވުން ހިމެނޭހެން ކޮމަންވެލްތު ދުވަސް އެޖަމިއްޔާގެ މެމްބަރު ޤައުމުތަކުގައި އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން ދިވެހިރާއްޖޭގައި ވެސް ކޮމަންވެލްތު ދުވަސް ފާހަގަކުރުމުގެ ގޮތުން ވަނީ ލ.ގަން ޙަމަދު ބިން ޚަލީފާ އައްޘާނީ ސްކޫލުގައި ކޮމަންވެލްތު "ފްލެގް ފޯ ޕީސް" ނެގުމުގެ ރަސްމިއްޔާތަކާއި ހިނގާލުމެއް ބާއްވާފައެވެ. ލ.ގަމުގައި ކުރިއަށް ގެންދެވުނު މިޙަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ބައިލެޓެރަލް، ޑރ. ޙާލާ ޙަމީދެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު ގެންދަވަނީ މިހިނގާ މާރޗް މަހުގެ 15ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮމަންވެލްތު ފޮރިން އެފެއާޒް މިނިސްޓަރސް މީޓީން"ގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި އިނގިރޭސިވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.

ކޮމަންވެލްތުކޮމަންވެލްތު ސެކްރެޓޭރިއެޓްފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުރަސްގެފާނު ޗާލްސް ތިންވަނަ

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އެޕްސްޓައިން މައްސަލައިގައި ރަސްގެފާނުގެ އާއިލާ އަށް ލިބިފައި ވަނީ ބޮޑު ގެއްލުމެއް: ޓްރަމްޕް

އެޕްސްޓައިން މައްސަލައިގައި ރަސްގެފާނުގެ އާއިލާ އަށް ލިބިފައި ވަނީ ބޮޑު ގެއްލުމެއް: ޓްރަމްޕް

03 ނޮވެމްބަރު 2025
މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި

މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި

22 ސެޕްޓެމްބަރު 2025
މިނިވަން މީޑިއާ ދެމެހެއްޓުމަށް ޔޫކޭއިން ރާއްޖެއަށް ގޮވާލައިފި

މިނިވަން މީޑިއާ ދެމެހެއްޓުމަށް ޔޫކޭއިން ރާއްޖެއަށް ގޮވާލައިފި

19 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު