Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަސްގެފާނު ބޮޑުވަޒީރާ ބައްދަލުކުރެއްވުން

އިނގިރޭސި ރަސްގެފާނު ޗާލްސް ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

ގައުމާ މުޚާތަބު ކުރައްވާ ރަސްގެފާނު ވަނީ ވާހަކަފުޅު ދައްކަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ސެޕްޓެމްބަރު 2022 | ހޮނިހިރު 02:08
ރަސްގެފާނު ޗާލްސް އާއި ބޮޑުވަޒީރު ލިޒް

ރަސްގެފާނު ޗާލްސް އާއި ބޮޑުވަޒީރު ލިޒް

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އެގައުމުގެ ބޮޑުވަޒީރު ލިޒް ޓްރަސް އާއި ބައްދަލުކުރައްވައިފިއެވެ.

ރާނީ އެލިޒަބަތު އަވަހާރަވިތާ އެއް ދުވަސްފަހުން ރަސްގެފާނު ވަނީ ލަންޑަނަށް ވަޑައިގަންނަވާފައެވެ. ބަކިންގހަމް ޕެލަސް އަށް ރަސްގެފާނު ވަޑައިގެންނެވުމުގެ މަގުމަތީގައި އެ ސަރަހައްދަށް އެއްވެފައި ތިބި އެތައް ހާސް ބަޔަކާ ރަސްގެފާނު ޗާލްސް އާއި އަނބިކަބަލުން ކްޔީން ކޮންސޯޓް ކެމިލާ ވަނީ ބައްދަލުކުރައްވާފައެވެ.

އިނގިރޭސި އައު ބޮޑުވަޒީރު ލިޒް ޓްރަސް ރަސްގެފާނާއި ބައްދަލުކުރައްވަމުން ވަނީ ރާނީ އަވަހާރަވުމާއި ގުޅިގެން ހަމްދަރީފާޅުކުރައްވާފައެވެ.

ރަސްގެފާނު ބޮޑުވަޒީރާއި ބައްދަލުކުރައްވާފައިވާއިރު ގައުމާ މުޚާތަބު ކުރައްވާ ރަސްގެފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރަސްގެފާނު ވަނީ މަންމާފުޅު ރާނީ ފަދައިން ގައުމަށް ޚިދުމަތްކުރެއްވުމުގައި ދެމި ހުންނަވާނެކަމަށް ވިދާޅުވެފައެވެ.

70 އަހަރު ވަންދެން ރާނީ އެމަސްއޫލިއްޔަތު އަދާކުރެއްވި ގޮތަށް ރަަސްގެފާނުވެސް އެ މަސްއޫލިއްޔަތުތައް އަދާކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މަންމާފުޅު ރާނީގެ ވަކިވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފޫނުބެއްދޭވަރުގެ ހިތާމައެއްކަމަށް ވިދާޅުވިއެވެ.

އުމުރުފުޅުން 96 އަހަރުގައި ރާނީ އެލިޒަބަތު އަވަހާރަވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:30 އެހާއިރުއެވެ. ރާނީ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. ރާނީ އަވަހާރަވުމާއި ގުޅިގެން ރަސްކަމުގެ ހުރިހާ ބާރުތަކެއް ވަނީ ޗާލްސް އަށް ލިބިވަޑައިގަންނަވާފައެވެ.

ރަސްމީކޮން ޗާލްސް ރަސްކަމުގެ ތަޚްތަށް ވެޑުވުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުއެވެ.

ރަސްގެފާނު ޗާލްސް ތިންވަނައިނގިރޭސިވިލާތް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ
30 ނޮވެމްބަރު 2025

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް
03 ނޮވެމްބަރު 2025

އެޕްސްޓައިން މައްސަލައިގައި ރަސްގެފާނުގެ އާއިލާ އަށް ލިބިފައި ވަނީ ބޮޑު ގެއްލުމެއް: ޓްރަމްޕް

03 ނޮވެމްބަރު 2025
އެޕްސްޓައިން މައްސަލައިގައި ރަސްގެފާނުގެ އާއިލާ އަށް ލިބިފައި ވަނީ ބޮޑު ގެއްލުމެއް: ޓްރަމްޕް
23 މާރިޗު 2024

ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި

23 މާރިޗު 2024
ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި
06 ފެބުރުއަރީ 2024

އިނގިރޭސި ރަސްގެފާނު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނީ

06 ފެބުރުއަރީ 2024
އިނގިރޭސި ރަސްގެފާނު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު