Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާގެ މައްސަލަ

މަސްވެރިންނަށް ނުދެވިހުރި ފައިސާއާ ގުޅޭގޮތުން ސަރުކާރުން ހާމަ ކުރަނީ އެކިފަހަރު އެކި އަދަދުތައް

5 ފެބުރުއަރީ 2024 | ހޯމަ 13:20

ސަރުކާރުގެ އަމާޒަކީ ދުވަހުން ދުވަހަށް މަސްވެރީންނަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން

އަމްނާ އިމާދު
އަމްނާ އިމާދު | 5 ފެބުރުއަރީ 2024 | ހޯމަ 13:20
ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ

މަސްވެރިންނަށް ފައިސާ ދިނުމާއި މެދު ރައީސް އާއި ވަޒީރުގެ ވާހަކަތައް ދިމާނުވެ، މަސްވެރިންނަށް ދިން ފައިސާގެ އަދަދުތައް އެކި ފަހަރު އެކި ގޮތްގޮތަށް ސަރުކާރުން ބުނަމުންދާކަން ހާމަވެއްޖެއެވެ.

ހޯދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން މަސްވެރީންނަށް ނުދީ ހުރި ފައިސާގެ ތެރެއިން ސަރުކާރުން މިހާތަނަށް 329,953,144 (ތިން ސަތޭކަ ނަވާވީސް މިލިއަން ނުވަސަތޭކަ ފަންސާސް ތިންހާސް ސަތޭކަ ސާޅީސް ހަތަރު ރުފިޔާ) އާދީއްތަ ދުވަހާއި ހަމައަށް މަސްވެރިންނަށް ދެވިފައިވާ ކަމަށެވެ. އަދި ނުދެވި، ބާކީ ހުރި ފައިސާ ވީހާވެސް އަވަހަކަށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދުވަހުން ދުވަހަށް މަސްވެރީންނަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

ތިން ސަތޭކަ ނަވާވީސް މިލިއަން ނުވަސަތޭކަ ފަންސާސް ތިންހާސް ސަތޭކަ ސާޅީސް ހަތަރު ރުފިޔާ އާދީއްތަ ދުވަހާއި ހަމައަށް ދެއްކި ކަމަށް ރައީސް ވިދާޅުވެފައިވާއިރު، 2 ފެބްރުއަރީ 2024 ގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތް ކަމަށާއި، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށްދީ ޚަލާސްކުރެވިފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރުގެ މި ޕޯސްޓަށް ރައްދުދެއްވާ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ފިޝަރީޒް މިނިސްޓަރު ހައްދަވަނީ އިތުރުފުޅެއްކަމަށެވެ. ސަރުކާރު ނިމުނުއިރު މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލު ހާމަކުރައްވަމުން އަމީރު ވިދާޅުވީ ސަޕްލެމެންޓްރީ ބަޖެޓް ފާސްވުމާއެކު އެސަރުކާރުގައި ފައިސާދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސިކަމަށެވެ. އަދި މިފްކޯއަށް މަސްވެރިންނަށް ފައިސާ ދިނުމަށް 100 މިލިއަން ރުފިޔާ އައު ސަރުކާރަށް ހަމަޖައްސާފައިވާނެކަމަށާއި ކުރީ ސަރުކާރުގައި އާންމުކޮށް ކޮންމެ ހަފްތާއަކު ފައިސާދޫކުރަމުން ދިޔަކަމަށެވެ.

އަމީރު އިތުރަށް ވިދާޅުވީ މަސްވެރިންނަށް ފައިސާދިނުމަށްވުރެ، އެހެން އިސްރާފްތައް މުހިއްމުވުމުން ފައިސާނުދެވޭނެކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި މިއަށްވުރެ މާ ދަތި ދުވަސްތަކުގައި ވެސް ފައިސާދޫކުރަމުން ގެންދިޔަ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރުގެ ޕޯސްޓްގައި މިދިޔަ އޮކްޓޫބަރު މަހުގެ 16ން ފެށިގެން ނޮވެންބަރު 15 ނިޔަލަށް މަސްވެރިންނަށް ފައިސާނުދެވި ހުރި މިންވަރު ހާމަވާ ތަފްސީލު ހާމަކޮށްފައިވާއިރު އެ ތަފްސީލުގައިވާ ގޮތުން 1،460 ދޯންޏަކަށް ނުދައްކައި ހުރީ 184،254،116 މިލިއަން ރުފިޔާއެވެ.

މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ނުދެވި ލަސްވެ، މިމައްސަލަ ބޮޑުވެފައިވަނިކޮށް 1 ފެބްރުއަރީ 2024 ގައި ރައީސް މުއިއްޒު ވިދާޅުވީ މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށެވެ.

މަސްވެރިން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2024

މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

10 ޑިސެމްބަރު 2024
މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި
10 ޑިސެމްބަރު 2024

ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ

10 ޑިސެމްބަރު 2024
ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ
09 ޑިސެމްބަރު 2024

ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް

09 ޑިސެމްބަރު 2024
ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް
07 ޑިސެމްބަރު 2024

"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"

07 ޑިސެމްބަރު 2024
"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"
05 ޑިސެމްބަރު 2024

ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ

05 ޑިސެމްބަރު 2024
ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ
04 ޑިސެމްބަރު 2024

"މަސްވެރިންނަށް ދިމާވެފައިވާ ޑީސެލްގެ މައްސަލަ ރައީސް ވިދާޅުވީ އެއް އަހަރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް"

04 ޑިސެމްބަރު 2024
"މަސްވެރިންނަށް ދިމާވެފައިވާ ޑީސެލްގެ މައްސަލަ ރައީސް ވިދާޅުވީ އެއް އަހަރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް"
04 ޑިސެމްބަރު 2024

މަސްވެރިންނާ ބައްދަލު ކުރުމާ ހަމައަށް، ރައީސަށް އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ

04 ޑިސެމްބަރު 2024
މަސްވެރިންނާ ބައްދަލު ކުރުމާ ހަމައަށް، ރައީސަށް އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ
23 ނޮވެމްބަރު 2024

މިހާތަނަށް އެންމެ ބޮޑަށް މި ސިނާއަތަށް އިހުމާލުވީ ރައީސް މުއިއްޒުގެ ސަރުކާރުން: މަސްވެރިން

23 ނޮވެމްބަރު 2024
މިހާތަނަށް އެންމެ ބޮޑަށް މި ސިނާއަތަށް އިހުމާލުވީ ރައީސް މުއިއްޒުގެ ސަރުކާރުން: މަސްވެރިން
01 ސެޕްޓެމްބަރު 2024

މަސްވެރިންނަށް އަނެއްކާވެސް ފައިސާ ނުދޭތާ 3 ހަފްތާ - ނުދައްކާ 10 މިލިއަން ރުފިޔާ

01 ސެޕްޓެމްބަރު 2024
މަސްވެރިންނަށް އަނެއްކާވެސް ފައިސާ ނުދޭތާ 3 ހަފްތާ - ނުދައްކާ 10 މިލިއަން ރުފިޔާ
20 ޖުލައި 2024

ހައްގު ހޯދުމަށް މުޒާހަރާ ކުރާ މަސްވެރިން ދޯނިތަކުން މިސަރުކާރުން މަސް ނުގަނޭ: ޔާމީން

20 ޖުލައި 2024
ހައްގު ހޯދުމަށް މުޒާހަރާ ކުރާ މަސްވެރިން ދޯނިތަކުން މިސަރުކާރުން މަސް ނުގަނޭ: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް