Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންނަށް ދޭން ޖެހޭ ފައިސާ

މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރަނީ، ފައިސާ ދިނުން ލަސްވާ ސަބަބަށް ޖަވާބެއް ނުދެއްވި

މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އެކުލަވައިލުމަށް މަޝްވަރާކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖެނުއަރީ 2024 | ހޯމަ 08:30
ރާއްޖޭގެ މަސްވެރިން

ރާއްޖޭގެ މަސްވެރިން

މަސްވެރިންނަށް ފައިސާ ދިނުން ލަސްވާ ސަބަބަށް ޖަވާބު ނުދެއްވައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް މިފްކޯ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް އައްޔަންކުރުމަށް ނިންމަވާފައިވާ ކަމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް އާދީއްތަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ 14 ގައި ހިމަނާފައިވާ ހަރަކާތުގެ ދަށުން، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް އައްޔަންކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އަދި އެ މަނިކުފާނު މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

ނާޒިމް ވިދާޅުވީ މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ހަފުތާ 14 ގައި ކަނޑައަޅާފައިވާ ކަންތައް ފުރިހަމަކުރުމަށް މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއް މިވަގުތަށް ހިމެނުމަށް ފިިޝަރީޒް މިނިސްޓްރީން އާންމުކޮށް އިއުލާނުކޮށް ހުޅުވާލައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެޕްލިކޭޝަން ހުށަހަޅާފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ރައީސް ކަނޑައަޅުއްވާ މަސްވެރިއެއް މިފްކޯ ބޯޑަށް އައްޔަނުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެހާ މަސްވެރިން ޝާމިލުވުން ހިމެނޭގޮތަށް 'މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީ' އެއް އެކުލަވައިލުމަށް އެންމެ އެކަށޭނަ މޮޑެލަކާ ގުޅޭގޮތުން އެހެން ޤައުމުތަކުގެ ތަޖުރިބާއާއި، ކަމާގުޅޭ އިތުރު ދިރާސާތަކުގެ އަލީގައި ކޮންސެޕްޓްތަކެއް އެކުލަވާލުމަށާއި، މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލައި މަސްވެރި މުޖުތަމައާއެކު އެއްބަސްވުމަކަށް އައުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު ރައީސް ނިންމެވިކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ނަމަވެސް މަސްވެރިންނަށް ފައިސާ ނުދެވި ލަސްވާ ސަބަބާއި ގުޅޭގޮތުން ނޫސްވެރިން ދެންނެވި އެއްވެސް ސުވާލަކަށް ނާޒިމް ޖަވާބު ދެއްވާފައިނުވެއެވެ. ތަކުރާރުކޮށް މިކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ނާޒިމް ވިދާޅުވީ އެ މައްސަލައަށް ދެއްވާނެ ކޮމެންޓެއް ނެތް ކަމަށެވެ.

މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. ނަމަވެސް ސަރުކާރަށް ދެމަސްވެގެން ދިޔައިރު ވެސް މަސްވެރިންނަށް ފައިސާ ނުދޭ މައްސަލަ ވަނީ ބޮޑުވެފައެވެ. މި ކަމާއި ގުޅިގެން ބައެއް މަސްވެރިން މުޒާހަރާކޮށް، ޖުމްލަ 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ކަމަށް ބައެއް މަސްވެރިން ތުހުމަތުކޮށްފައިވެއެވެ. މިތުހުމަތުތަކާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީގެ ޖަވާބެއް ނުލިބޭ ކަމަށް ނޫސްވެރިން ފާހަގަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

މަސްވެރިންގެ ކަންބޮޑުވުންތަށް ސިޓީ ކައުންސިލާ ހިއްސާ ކޮށްފި

16 އޯގަސްޓު 2017
މަސްވެރިންގެ ކަންބޮޑުވުންތަށް ސިޓީ ކައުންސިލާ ހިއްސާ ކޮށްފި
07 ޖުލައި 2017

ދައުރުގެ މެދުތެރެއިން ވެރިކަން ވައްޓާލަން މައުމޫނު ރޭއްވެވި: މުންދު

07 ޖުލައި 2017
ދައުރުގެ މެދުތެރެއިން ވެރިކަން ވައްޓާލަން މައުމޫނު ރޭއްވެވި: މުންދު
04 ޖުލައި 2017

އަދީބު ޖަލުގައި އޮންނަވާ ފޮޓޯ ސޯޝަލް މީޑިއާއަށް ދައުރުވީ ފުލުހުންގެ ފަރާތުން:މަހުފޫޒު

04 ޖުލައި 2017
އަދީބު ޖަލުގައި އޮންނަވާ ފޮޓޯ ސޯޝަލް މީޑިއާއަށް ދައުރުވީ ފުލުހުންގެ ފަރާތުން:މަހުފޫޒު
02 ޖުލައި 2017

މަސްވެރިންގެ ޕާކް ސަރަހައްދުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

02 ޖުލައި 2017
މަސްވެރިންގެ ޕާކް ސަރަހައްދުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
29 މެއި 2017

ފުރަތަމަ ދައުރުގައި އެންމެ 12 ޖަލްސާ، 53 ދުވަހު ޗުއްޓީ

29 މެއި 2017
ފުރަތަމަ ދައުރުގައި އެންމެ 12 ޖަލްސާ، 53 ދުވަހު ޗުއްޓީ
12 މެއި 2017

ކޮރޮޕްޝަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ގަރާރެއްގައި ސޮއި ކޮށްފި

12 މެއި 2017
ކޮރޮޕްޝަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ގަރާރެއްގައި ސޮއި ކޮށްފި
27 އެޕްރީލު 2017

މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ

27 އެޕްރީލު 2017
މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ
03 އެޕްރީލު 2017

އަބްދުﷲ ރިޔާޒުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރާ ކަމަށް ތުހުމަތުކޮށްފި

03 އެޕްރީލު 2017
އަބްދުﷲ ރިޔާޒުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރާ ކަމަށް ތުހުމަތުކޮށްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު