Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުން ވިޔަފާރިއަށް

ދައުލަތުން ވިޔަފާރިއާ ދުރަށް ދާންޖެހޭ، ވިޔަފާރި ކުރުމަކީ ދައުލަތުގެ މޯޓިވް އަކަށް ވެގެން ނުވާނެ : އަލީ ހުސެއިން

14 އޯގަސްޓު 2025 | ބުރާސްފަތި 08:43

މި ސަރުކާރުގައި ޕްރައިވެޓް ސެކްޓަރ ދަނީ ހަލާކުވަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 14 އޯގަސްޓު 2025 | ބުރާސްފަތި 08:43
ރާއްޖެޓީވީގެ ''ޓީވީޓޯކް'' ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން  ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ''ޓީވީޓޯކް'' ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވާހަކަދައްކަވަނީ

ދައުލަތުން ވިޔަފާރިއާ ދުރަށް ދާންޖެހޭ ކަމަށާއި، ވިޔަފާރި ކުރުމަކީ ދައުލަތުން ކޮއްގެން ވާނެ ކަމެއްނޫން މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ''ޓީވީޓޯކް'' ޕްރޮގްރާމްގައި އަލީ ހުސެއިން ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑު ކަމަށާއި، މުޅި ދުނިޔޭގެ ނިސްބަތުން 6 ވަނަ އަށް އެންމެ ދަރަނި ބޮޑު ގައުމަކީ ރާއްޖެ ކަމަށެވެ. ގައުމުގެ ހާލަތު މިދަރަޖާގައި އޮތްއިރު، މިފްކޯ ފަދަ ދައުލަތުގެ ކުންފުނިތަކުން އިތުރަށް ދަރަނިވެރިވެ، އެހެން ކުންފުނިތައް ގަނެ، ދަރަނި ބޮޑު ކުރުމަކީ މަސައްކަތް ކުރަންޖެހޭ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ދައުލަތުން ވިޔަފާރިއާ ދުރުވާންޖެހޭކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ އެކަމުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ ހަލާކުވާ ކަމަށާއި، އެ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ. ވިޔަފާރީގައި އަމިއްލަ މީހާއަށް ދައުލަތާ ވާދަކުރަންޖެހޭއިރު، ސަރުކާރުގެ ކުންފުނިތަކުން ވިޔަފާރީގައި ގެއްލުންވުމުން ސަބްސިޑީ ލިބޭ ކަމަށާއި، ސަބްސިޑީން ހަމަނުޖެހޭ ނަމަ ލޯނު ނަގާ ކަމަށާއި، ލޯނުން ހަމަ ނުޖެހޭ ކަމަށްވާނަމަ، ޓީބިލް ވިއްކާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިގޮތަށް އަމަލު ކުރުމުން އާހިރުގައި ރައްޔިތުންނަށް ލިބޭ ގެއްލުން މާ ބޮޑު ކަމަށެވެ.

ހަރުފަތަކަށްފަހު ހަރުފަތެއް ގިރާ ކުރަމުން ގޮސް ގްރެޖުއަލީ އަޅުގަނޑުމެން އެބަޖެހޭ ސަރުކާރުން މި ވިޔަފާރިތަކާ ދުރަށް ދާން. އެކަން ކުރުމަށްޓަކައި މިފްކޯގެ އޮޕަރޭޝަނަސް ކުޑަ ކޮށްފައި ވީހާ ވެސް ބޮޑަށް ފްރައިވެޓް ސެކްޓަރގެ ރޯލު އޭގައި އިތުރު ކުރަންޖެހޭ. އެކަން ކުރަން ދެއްތޯ ކުރީ ސަރުކާރުން ވެސް ފެލިވަރުގެ ކޭނަރީ ފެކްޓްރީގެ ކެޕޭސިޓީ އިތުރު ކުރުމަށް އެވަރުގެ ބޮޑު އިންވެސްޓްމަންޓެއް ހަގީގަތުގައި މިކުރީ. މާރުކޭޓުގައި އެއިރެއްގައި ހުރި އަގު ކަމަށް ހަދަންޖެހޭ. ސިޔާސީ މީހުން ބޭނުންވީމަ ބޭނުންހާ ގޮތަކަށް އަގު ކުޑަކޮށް އަގު ބޮޑުކޮށް ހެދިގެން ނުވާނެ. އަދި ވަކިން ޚާއްސަކޮށް އިންތިޚާބު ދުވަސްވަރު މިދައްކާ ވާހަކަތަކަކީ ތާކުންތާކު ނުޖެހޭ ހޮޅި ވާހަކަތަކެއް.
މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން

އެންސިސް ފިޝަރީޒް އިން ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހުޅުމާލޭގައި ހިންގި ކޭނަރީ ގަތުމަށް މަޝްވަރާތަކެއް ކުރަމުން އަންނަކަމަށް މިފްކޯއިން ބުނެފައިވަތީ އެކަމަށް އިޝާރާތް ކުރައްވައި އަލީ ހުސެއިން ވިދާޅުވީ އެއީ ބްލަންޑަރ އެއް ކަމަށާއި، އެކަމުގެ ސަބަބުން ދައުލަތް ދަރަަނިވެރިވުން ނޫން ކަމެއް ނުވާނެ ކަމަށެވެ. އަދި ކުންފުނި ގަތުމަކީ ކޮރަޕްޝަނަށް ހުޅުވާލެވޭ އިތުރު ދޮރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ އެންމެ އަސާސީ ބޭނުމަކީ އަދުލުއިންސާފު ގާއިމްކޮށްދިނުމާއި، ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަން ގާއިމްކުރުން ކަމަށެވެ. އަދި ވިޔަފާރި ކުރުމަކީ އެއީ ދައުލަތުގެ މޯޓިވް އަކަށް ވެގެން ނުވާނެ ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ މި ހާލަތު ބަދަލު ކުރަންޖެހޭ ކަމަށާއި، ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

15 މެއި 2017

މަހުލޫފްގެ ޝަރީޢަތް: ކުށް ސާބިތު ކުރީ އެންމެ ހެކިވެރިއެއްގެ ހެކި ބަހަށް، ދައުލަތުން އެކަން ދޮގުކުރޭ

15 މެއި 2017
މަހުލޫފްގެ ޝަރީޢަތް: ކުށް ސާބިތު ކުރީ އެންމެ ހެކިވެރިއެއްގެ ހެކި ބަހަށް، ދައުލަތުން އެކަން ދޮގުކުރޭ
05 މެއި 2017

މީހެއް މަރުވުމުން މޫނު ބަލަން ހުޅުމާލެއަށް ދާންޖެހޭ ސަރުކާރުން ރަގަޅަށް ކޮށްދޭނީ ކޮންކަމެއް: މާރިޔާ

05 މެއި 2017
މީހެއް މަރުވުމުން މޫނު ބަލަން ހުޅުމާލެއަށް ދާންޖެހޭ ސަރުކާރުން ރަގަޅަށް ކޮށްދޭނީ ކޮންކަމެއް: މާރިޔާ
02 މެއި 2017

ޒައިދާއި ދެކޮޅަށް ދައުލަތުން ސިއްރު ދެ ހެކިން ހުށަހަޅައިފި

02 މެއި 2017
ޒައިދާއި ދެކޮޅަށް ދައުލަތުން ސިއްރު ދެ ހެކިން ހުށަހަޅައިފި
28 މާރިޗު 2017

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!
22 މާރިޗު 2017

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017
ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް