Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. އަހްމަދު ޝަމްހީދު

އެންސިސް ކޭނަރީ މިފްކޯއަށް ގަތުމުގައި ކޮރަޕްޝަނުގެ ތުހުމަތު

14 އޯގަސްޓު 2025 | ބުރާސްފަތި 11:38

ރާއްޖޭގައި މިފަދަ އެހެން ފެކްޓްރީތައްވެސް ހުއްޓާ ވަކިފެކްޓްރީއެއް ގަތުމުގެ މަސައްކަތް ކުރާތީ ގިނަބަޔަކު ސުވާލު އުފައްދާ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 14 އޯގަސްޓު 2025 | ބުރާސްފަތި 11:38
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ރާއްޖެ ޓީވީގެ "ޓީވީޓޯކް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ރާއްޖެ ޓީވީގެ "ޓީވީޓޯކް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

އެންސިސް ފިޝަރީސް އިން ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ކޭނަރީ މިފްކޯއަށް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ޓީވީޓޯކް" ޕްރޮގްރާމްގައި ޑރ. ޝަމްހީދު ވަނީ މިކަމުގައި އެކުލެވޭ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ބައެއް ކަންކަން ފާހަގަ ކުރައްވާފައެވެ.

Advertisement - newsAdvertisement

ޑރ. ޝަމްހީދު ވިދާޅުވީ މިކަހަލަ ކަންކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ހިއްސާކުރަން ޖެހޭނެކަމުގައެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރުވެސް އެންސިސް ކޭނަރީ މިފްކޯއަށް ގަތުމުގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާވެސް ހިއްސާކޮށްފައި ނުވާކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައި ޑރ. ޝަމްހީދު ފާހަގަ ކުރައްވާފައިވެއެވެ.

މި ޓްރާންސެކްޝަން އަށް ބޭނުންވާ ފައިސާ މިފްކޯ އިން ހަމަޖެހިގެން ދިޔުމަކީ ނާދިރު ކަމެއްކަމަަށް ފާހަގަ ކުރައްވާ ޑރ. ޝަމްހީދު ވިދާޅުވީ އެހެންކަމުން މިކަމަށް ބޭނުންވާ ފައިސާ ހަމަޖެއްސޭނީ ކެޕިޓަލް އިންޖެކްޝަނެއްގެ ގޮތުގައި ފިނޭން މިނިސްޓްރީން ކަމުގައެވެ. ސަބަބަކީ މިފްކޯގެ މާލީ ހާލަތު އޮތް ގޮތުން އެކުންފުންޔަށް ލޯނެއް ލިބޭނެ ގޮތެއްވެސް ނެތުމުން ކަމުގައެވެ.

އަދި މަޖިލީހުގައި ބައެއް ބޭފުުޅުން މިކަމާ ގުޅޭގޮތުން ވާހަކަދެއްކިއިރު ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި، މީގެ ކުރިން މިހާރުގެ ފިނޭންސް މިނިސްޓަރުގެ ކުންފުންޏެއް މާލީގޮތުން ވަރަށް ދަށް ހާލަތެއްގައި އޮއްވާ އެންސިސް ކުންފުނިން ގަތް ވާހަކަ ވެސް ފާހަގަ ކޮށްފައިވެއެވެ. އެހެން ކަމުން މިކަމުގައި ކޮންފްލިކްޓް އޮފް އިންޓްރެސްޓް އަންނާތީ، މިއީ ކޮރަޕްޝަނަށް ވަރަށް ބޮޑަށް މަގުފަހިވާ ކަމެއް ކަމަށް ގިނަބަޔަކު ބުނަމުންދާ ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ވަރަށް ބައިވަރު ކޭނިން ފެކްޓްރީތައް ހުއްޓާ ވަކި ފެކްޓްރީއެއް ގަންނަން ނިންމުމަކީ ވެސް މިކަމުގައި ސުވާލު އުފެދޭ އެތަައްކަމެއް އެކުލެވޭ އަދި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ސަބަބެއް ކަމަަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2017

މިފްކޯއަށް ކުންފުންޏަކުން ދައްކަންޖެހޭ މިލިއަނެއްހާ ރުފިޔާ ނުދައްކައިފި ނަމަ ދޯންޏެއް ވިއްކާލުމުގެ ހައްގު ދީފި

14 އޮކްޓޯބަރު 2017
މިފްކޯއަށް ކުންފުންޏަކުން ދައްކަންޖެހޭ މިލިއަނެއްހާ ރުފިޔާ ނުދައްކައިފި ނަމަ ދޯންޏެއް ވިއްކާލުމުގެ ހައްގު ދީފި
13 ސެޕްޓެމްބަރު 2017

ޔޫތް މިނިސްޓްރީން އަރޓިސްޓުންގެ މަސައްކަތްތައް ބަލައިގަތުމުގައި ވަނީ އިހުމާލުވެފައި!

13 ސެޕްޓެމްބަރު 2017
ޔޫތް މިނިސްޓްރީން އަރޓިސްޓުންގެ މަސައްކަތްތައް ބަލައިގަތުމުގައި ވަނީ އިހުމާލުވެފައި!
24 އޯގަސްޓު 2017

ރޯ ހައުސް ބައްލަވައިގަތުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނޯންނާނެ:މިނިސްޓަރު މުއިއްޒު

24 އޯގަސްޓު 2017
ރޯ ހައުސް ބައްލަވައިގަތުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނޯންނާނެ:މިނިސްޓަރު މުއިއްޒު
15 އޯގަސްޓު 2017

ރައީސް ޔާމީންގެ ވާހަކަތަކުގެ މައްސަލަ އަދި މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ލަސްކުރާ މައްސަލަ ބަލަން މާދަމާ ހުށަހަޅަނީ!

15 އޯގަސްޓު 2017
ރައީސް ޔާމީންގެ ވާހަކަތަކުގެ މައްސަލަ އަދި މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ލަސްކުރާ މައްސަލަ ބަލަން މާދަމާ ހުށަހަޅަނީ!
19 ޖުލައި 2017

ސިޔާސީ ވަކި މަންފާތަކެއް ހާސިލް ކުރުމަށް މިހާރު ދައްކަނީ ކޮރަޕްޝަނުގެ ވާހަކަ:ޓްރާންސްޕޭރެންސީ މޯލްޑިވްސް

19 ޖުލައި 2017
ސިޔާސީ ވަކި މަންފާތަކެއް ހާސިލް ކުރުމަށް މިހާރު ދައްކަނީ ކޮރަޕްޝަނުގެ ވާހަކަ:ޓްރާންސްޕޭރެންސީ މޯލްޑިވްސް
29 ޖޫން 2017

ގާނޫނުތަކަށް ބަދަލު ގެންނަނީ ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ފޮރުވުމަށް: ހިސާން

29 ޖޫން 2017
ގާނޫނުތަކަށް ބަދަލު ގެންނަނީ ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ފޮރުވުމަށް: ހިސާން
30 އެޕްރީލު 2017

މިއީ ވައްކަމާއި ކޮރަޕްޝަނުގެ އޭ ޕްލަސް ސަރުކާރެއް: އަފީފް

30 އެޕްރީލު 2017
މިއީ ވައްކަމާއި ކޮރަޕްޝަނުގެ އޭ ޕްލަސް ސަރުކާރެއް: އަފީފް
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް