Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒު

ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން

ރައީސް މުއިއްޒު ތުޅާދޫ އަށް ވަޑައިގެންނެވި ދުވަހު މަސްވެރިން ކުރަން އުޅުނު މުޒާހަރާ، މެމްބަރު ހަންނާނު ހުއްޓުވާލީ މަސްވެރިންގެ އަތުން ބޮޑު އަގުގައި މަސް ގަނެގެން

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 19 އޯގަސްޓު 2025 | އަންގާރަ 14:04
ރައީސް މުއިއްޒު ބ. ތުޅާދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ވާހަކަ ދައްކަވަނީ

ރައީސް މުއިއްޒު ބ. ތުޅާދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ވާހަކަ ދައްކަވަނީ

ރައީސް މުއިއްޒު ތުޅާދޫ އަށް ވަޑައިގަތް ދުވަހު މަސްވެރިން ކުރަން އުޅުނު މުޒާހަރާ މެމްބަރު ހަންނާނު ހުއްޓުވާލީ އެދުވަހު މަސްވެރިންގެ އަތުން، ނުކިރި ހުރި މަސްތައް ބޮޑު އަގުގައި ގަނެގެން ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިއްޖެ އެވެ.

ތުޅާދޫއިން މިކަމާ ގުޅޭ މައުލޫމާތު އެނގޭ މީހަކު ބުނީ، ރައީސް މުއިއްޒު ތުޅާދޫއަށް ވަޑައިގަތް ދުވަހު ތުޅާދޫގެ މަސްވެރިން ދިޔައީ، މަސްވެރިންގެ ކަންބޮޑުވުންތަކުގެ އަޑު އުފުލުމަށްޓަކާ މުޒާހަރާ ކުރަން ތައްޔާރު ވަމުންނެވެ. މިކަމުގެ ހަބަރު ލިބުމުން ރައީސް ތުޅާދޫއަށް ވަޑައިގަތުމުގެ ގާތްގަނޑަކަށް 30 މިނެޓް ކުރިން މެމްބަރު ހަންނާނު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ތުޅާދޫ މަސްވެރިންނާއި ބައްދަލު ކުރި އެވެ. އެތަނުގައި 4 މަސް ދޯނީގެ މީހުން ތިއްބެވެ.

މަސްވެރިންނާ ބައްދަލު ކޮށް ރައީސް މުއިއްޒު ކުރިމަތީގައި މުޒާހަރާ ނުކުރަން މެމްބަރު ހަންނާނު މަސްވެރިންގެ ކައިރިން އެދުނެވެ. އަދި ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެދުވަހުގެ މުޒާހަރާ ހުއްޓަލުމަށް އެދުނެވެ. އަދު މަސްވެރިން ކައިރިން ބޭނުންވަނީ ކޮން ކަމެއްތޯ އެހުމުން އެންމެ ފުރަތަމަވެސް މަސްވެރިން ފާހަގަ ކުރީ 4 ދޯނީގައި ނުކިރި ހުރި މަހުގެ ވާހަކަ އެވެ. އެހިސާބުން މަސްވެރިންގެ މަޖުބޫރީ ހާލަތުގެ ފައިދާ ނަގާ އެމަސްތައް ބޮޑު އަގުގައި ގަތުމަށް މެމްބަރު ހަންނާނު ހުށަހެޅިކަމަށް ތުޅާދޫއިން މައުލޫމާތުދިން ފަރާތް ބުނެފައިވެ އެވެ.

ބޭނި މަސްކޮޅު އެކަށީގެންވާ އަގެއްގައި ކިރޭން ގޮތެއް ނެތިފައި ތިބި މަސްވެރިންނަށް އެވަގުތު ވިސްނުނީ، އެ ހުރިހާ މަހެއް މެންބަރު ހަންނާނަށް ބޮޑު އަގުގައި ވިއްކާލުމުން އެެންމެ ކުޑަމިނުން ކަންމަތީ ފިހާރަތަކަށް ދަރާފަ ހުރި ދަރަނިން ބައެއް ދައްކާލެވެނެ ކަމުގައެެވެ. އެންމެ ފަހުން މަސްވެރިން ނިންމީ މެމްބަރުގެ ހުށަހެޅުން ގަބޫލުކޮށް މުޒާހަރާ ހުއްޓާލުމަށެވެ.

ރައީސް މުއިއްޒު ތުޅާދޫއަށް ވަޑައިގަތް ދުވަހު މަސްވެރިންގެ އަތުން ބޮޑު އަގުގައި މަސް ގަތް މެމްބަރު އޭގެފަހުން މަސްވެރިންގެ އަތުން މަސް ގަނެފައިނުވާ ކަމަށްވެސް ތުޅާދޫ އިން މައުލޫމާތު ދިން ފަރާތް ފާހަަގަ ކުރިއެެވެ.

މަސްވެރިންނަސް އެކަށިގެންވާ އަގެއްގައި މަސްނުކިރުވުމުގެ ޝަކުވާ އަކީ އޭދަފުށީގެ މަސްވެރިންގެ އިތުރުން މުޅި ރާއްޖޭގެ އެންމެހާ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ރައީސް މުއިއްޒު ވަނީ މަހުގެ ކިލޯއަކަށް މިވެރިކަމުގެ ކުރިން ލިބެމުން އައި 25 ރުފިޔާގެ ބަދަލުގައި މަސް ކިލޯއެއް މިފްކޯއިން ގަންނަ އެންމެ ބޮޑު އަގު 16 ރުފިޔާއަށް ދަށްކޮށްފައެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރިޔާސީ ކެމްޕެއިން ތެރޭގައި ތަކުރާރުކޮށް އެތަކެއް ފަހަރު ރައީސް މުއިއްޒު ވަނީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާ އަށްވުރެ ކުޑަ ނުކުރަށްވާނެ ކަމަށް ވައުދު ވެފައެވެ. އެގޮތުން މ. ދިއްގަރު، ޅ. ނައިފަރު އަދި ކ. ގާފަރަށް ވަޑައިގެންވެސް ރައީސް މުއިއްޒު ވަނީ ވަރަށް ހަރު އަޑުން ރައްޔިތޔުންގެ ކުރިމަތީގައި މިކަން ކޮއްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމެވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ވަނީ އެމަނިކުފާނު އާއްމު އުސޫލުން ކަން ކުރައްވާ ގޮތަށް މި ވައުދާވެސް ހިލާފުވެ މަސްވެރިން އިތުރަށް ނިކަމެތި ކޮށްލާފަ އެވެ.

ރައީސް މުއިއްޒުމެމްބަރު ހަންނާނުބ. ތުޅާދޫމަސްވެރިކަންމަހުގެ އަގުމިފްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު