Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަލާމަތީ މަޖިލީހުގެ ބައްދަލުވުން

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކުން ގޮވާލައިފި

24 ޖެނުއަރީ 2024 | ބުދަ 09:53

މެންބަރު ގައުމުތަކުން ކިތަންމެ ވަރަކަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލިޔަސް އިސްރާއީލުން ބުނަނީ އެކަމަށް ދޫނުދޭނެކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 24 ޖެނުއަރީ 2024 | ބުދަ 09:53
އދ.ގެ ސަލާމަތީ މަޖިލިސްގެ ބައްދަލުވުން

އދ.ގެ ސަލާމަތީ މަޖިލިސްގެ ބައްދަލުވުން

އިސްރާއީލާއި ހަމާސްއާ ދެމެދު ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކުން އަނެއްކާވެސް ގޮވާލައިފިއެވެ.

މެންބަރު ގައުމުތަކުން މިކަމަށް ގޮވާލައިފައިވަނީ ފަލަސްތީނުގެ މައްސަލައާއި މެދުއިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކުން ބޭއްވި ބައްދަލުވުމެއްގައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި މެންބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ކައުންސިލްގެ 15 މެންބަރުންގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުން އދ.އިން ބާއްވާފައި މިވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އޮޕަރޭޝަންގެ ސަބަބުން އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ޣައްޒާއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ސަބަބުން މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ މީހުންގެ ޢަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އުރުދުންގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވީ "ގަޑި ޖެހިއްޖެ" ކަމަށެވެ. އެހެންނަމަވެސް ހަނގުރާމަ ހުއްޓާލުމަށާއި އިންސާނީ އެހީއާ ބެހޭ ގޮތުން ކައުންސިލްގެ އަމިއްލަ ގަރާރެއް ތަންފީޒު ކުރުމަށް ކައުންސިލުން އަދި ގޮވާލާފައިނުވާ ކަމަށެވެ.

މި ބައްދަލުވުމުގައި ސަޢޫދީ ޢަރަބިއްޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ވަލީދު އެލް ކެރެއިޖީ ވާހަކަ ދައްކަވަމުން ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭންވީ ފަލަސްޠީނުގައި އުފެދިފައިވާ ދަތިތައް ފިލުވައި، ފަލަސްޠީނުގައި އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށް ކަމަށާއި، މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ގަރާރެއް ފާސްކުރުމަށް ކައުންސިލަށް ގޮވާލައްވާ ކަމަށެވެ.

އަދި މި ސަރަހައްދުގެ ސުލްހަ ގާއިމުކުރުމަށް އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތައް ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ގޮވާލާ ކަމަށެވެ.

އަދި ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އެއް ސްޓޭންޑެއް ގެންގުޅެ، އިސްރާއީލުގެ ނޭއްގާނީ ވިސްނުމުގެ ސަބަބުން އިސްރާއީލު ހިމެނޭ ގޮތަށް ސަރަހައްދުގެ ހަމަޖެހުން ހޯދުމަށް ކުރާ މަސައްކަތަށް ބުރޫއަރާކަން ގަބޫލުކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ލާނާ ޒަކީ ނުސެއިބެހް ވިދާޅުވީ ޣައްޒާގައި ކުރިމަތިވެފައިވާ ތަކުލީފުގެ މިންވަރަކީ ތާރީޚުގެ އެންމެ އަނދިރި ދުވަސްތަކާ ވާދަކުރާ މިންވަރެއް ކަމަށެވެ.

ސްލޮވޭނިއާގެ ޚާރިޖީ އަދި ޔޫރަޕިއަން އެފެއާޒް މިނިސްޓަރު ޓަންޖާ ފަޖޮން ވެސް ވަނީ ޣައްޒާގައި މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ.

އެކަމަނާ ވިދާޅުވީ ސުލްހައިގެ ޝަރުތުތައް ގެނައުމަށާއި ޖަވާބުދާރީ ކުރުވުމާއި ޣައްޒާ އާރާސްތުކުރުމަށް މަގުފަހިކުރުމަށާއި ސަރަހައްދީ ގޮތުން އިތުރަށް ހަލަބޮލިވުން ހުއްޓުވުމަށް ހަނގުރާމަ ހުއްޓާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އިންޑޮނޭޝިއާގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީ ވެސް ވަނީ ވަގުތުން އަދި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ.

މޮޒަމްބިކްއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޕެޑްރޯ ކޮމިސާރިއޯ އަފޮންސޯ ވިދާޅުވީ، މިހާރުގެ ހާލަތަށް ބަލާއިރު، އިންސާނީ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށާއި، ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ގޮވާލާ ކަމަށެވެ.

ޗައިނާގެ އދ.ގެ ސަފީރު ޖަންގް ޖޫން ތަކުރާރުކޮށް ވިދާޅުވީ ވަގުތުން ހަނގުރާމަ ހުއްޓާލުމަކީ އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 25،490 މީހުން ޝަހީދުވެ، 63،354 މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުން ދިން ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އިންފްރާސްޓްރަކްޗަރުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.އިން ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް