Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޣައްޒާގައި ކުރި ކައިވެނި

ޤަތުލުޢާންމުގައި ޒަޚަމްވެ، ފުރާނަ ސަލާމަތްވި ޒުވާނެއްގެ ސީދާ ސާދާ ލޯބި: އަދުގެ ޒުވާނުންނަށް މިސާލެއް!

މުޙައްމަދު އަލް-ޣަންދޫރާއި ޝަހާދު، ކައިވެނީގެ މަތިވެރި ގުޅުމުން ދެ މީހުންގެ ޙަޔާތުގެ ގޮށްޖަހާލީ ޖެނުއަރީ 18 ވީ ބުރާސްފަތި ދުވަހު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2024 | އަންގާރަ 17:28
ޣައްޒާގައި ކައިވެނި ކުރި ދެ ޒުވާނުން

ޣައްޒާގައި ކައިވެނި ކުރި ދެ ޒުވާނުން

ދެ މީހެއްގެ އުފެދޭ ލޯބީގެ ޖަޒުބާތަކީ އޭގައި އިޚްލާޞްތެރިކަމާއި، އިޙްތިރާމު އެކުލެވޭ ޖަޒުބާތެއް ކަމުގައި ވާ ނަމަ، އެ ދެމީހުންގެ މެދަށް ވަންނާނެ އިތުރު މީހަކު ނުހުންނާނެއޭ ބުނެވިދާނެއެވެ. އެ ދެމީހުންގެ ގުޅުމަށް ހުރަސް އެޅޭނެ ގޮތެއްވެސް ނޯންނާނެއޭ ބުނެވިދާނެއެވެ. ޔަހޫދީ ނިރުބަވެރިންގެ ޤަތުލުޢާންމުގައި ހަފުސްކޮށްފައި އޮތް ޣައްޒާގެ 2 ޒުވާނަކު ކިތަންމެ ހާ ފުރިހަމައަކަށްވެސް އެކަން ސާބިތު ކޮށްދީފިއެވެ. ދެ ޖިންސުގެ ދެ މީހުންގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމަކީ ޝަރުޢީ އިމުގެ ތެރެއިން ގުޅިލާމަހާލެވޭ މަތިވެރި ގުޅުމަކަށް ވާން ޖެހޭ އިރު، އެ ޒުވާނުން މިއަދު އެ ސާބިތުކޮށްދިނީ ޒުވާންކަމުގެ ވިންދުގައި ހަވާނަފުސަށް ދީލާނުލާ ކަމުގެ ރީތި މިސާލެކެވެ.

ޣައްޒާ ސިޓީއަށް ނިސްބަތްވާ، ފަލަސްޠީނުގެ 2 ރައްޔިތުން ކަމަށް ވާ މުޙައްމަދު އަލް-ޣަންދޫރާއި ޝަހާދު، ކައިވެނީގެ މަތިވެރި ގުޅުމުން ދެ މީހުންގެ ޙަޔާތުގެ ގޮށްޖަހާލީ ޖެނުއަރީ 18 ވީ ބުރާސްފަތި ދުވަހުއެވެ. އަދުގެ ޒުވާނުންގެ ކައިވެނި ޙަފުލާތަކާ ޚިލާފަށް، އެ ކައިވެނި މާލަމަކީ އެންމެ ޒަމާނީ މާލަމެއް ނޫނެވެ. އެ ކައިވެނީގެ ވަލީމާ ކުރިއަށް ގެންދިޔައީ، ނިރުބަވެރި ޔަހޫދީ މުޖުރިމުންގެ ޢުދުވާންތަކުގައި ގެދޮރު ގެއްލިފައި ވާ ފަލަސްޠީނުގެ ރައްޔިތުންނަށް، މިޞްރު ބޯޑަރާ ދާދި ކައިރީގައި އޮންނަ ރަފަޙުގައި އަޅާފައިވާ ރެފިއުޖީ ކޭމްޕެއްގެ ޓެންޓެއްގައެވެ.

ވަލީމާގައި، ދެ ފަރާތުގެ ޢާއިލާއިންވެސް ކޮންމެވެސް ވަރަކަށް މެންބަރުން ބައިވެރިވިއެވެ. މާ ބޮޑު އުފާފާޅު ކުރުންތަކެއް ނުފެނެއެވެ. ނަމަވެސް، މުޙައްމަދާއި ޝަހާދުގެ އުފަލުގައި، ހުރިހާ އެންމެންވެސް ބައިވެރިވަމުން އިޚްލާސްތެރި ހިތަކާއެކުކަން ކިތަންމެ ހާ ވެސް ސާފެވެ.

ކައިވެނީގެ ގޮށް ޖަހާލެވުނެއް ކަމަކު، ލިބެން ވާ ޙަޤީޤީ އުފާ ނުލިބޭ ކަމުގެ އިޙްސާސް މުޙައްމަދަށް ދިޔައީ ކުރެވެމުންނެވެ. ނަމަވެސް އޭނާ ހުރީ ލިބޭ މިންވަރަށް ޝުކުރުކޮށްލައިގެންނެވެ.

ޣައްޒާގެ ރަށްވެހިންގެ ކިބައިން ފެނިގެންދާ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީވެސް އެއީއެވެ. އެއިރަކު އުޅެން ޖެހުނު ކޮންމެ ޙާލަކަށް، އިންތިހާ ފަސޭހައިން އަހުލުވެރިވެއެވެ. މިންވަރަށް އީމާންވެއެވެ. އަދި އަމިއްލަ ޙައްޤުތައް ހޯދަން ގަދަ އަޅާ މަސައްކަތްވެސް ކުރެއެވެ.

ޝަހާދުގެ މަންމަ، އުއްމު ޔާހިޔާ ޚަލީފާގެ ވާހަކަވެސް ހުރީ ހަމަ އެފަދަ ގޮތަކަށެވެ.

ނަމަވެސް، އޭނާއަކީވެސް އެހެން މަންމައިން ފަދައިން ދަރިފުޅަށްޓަކައި ފޮނި ހުވަފެންތަކެއް ދުށް މަންމައެކެވެ. އެ ހިތުގައި އަޅާނެ ވޭން، ތަސައްވުރު ކޮށްލަންވެސް ދައްޗެވެ.

100 އަށް ވުރެ ގިނަ ދުވަހަށް ދިގުލައިގެން ގޮސްފައި ވާ ޤަތުލުޢާންމުގައި މި ދުނިޔެއާ ވަކިވެ ދިޔަ ފަލަސްޠީނު ރައްޔިތުންގެ ޢަދަދު، 24700 އަށް ވުރެ މައްޗަށް އަރައެވެ. ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި މަރާލާ މީހުންގެ ޢަދަދަށް ބެލި ކަމުގައި ވީ ނަމަވެސް، އެ ޢަދަދުތައް އުޅެނީ 100 އިން މަތީގައެވެ. ކޮންމެ ދުވަހަކުވެސް ސަތޭކަ އެތައް ފުރާނައެއް މި ދުނިޔެއާ ވަކި ކުރަމުން ދަނީ، ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް މި ބިންމަތިން ފޮހެލުމަށް ކަމަށް ބުނެއެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ ޢަދަދު، ލައްކައަކާ ގާތް ކުރެއެވެ. މުޅި ޣައްޒާގެ އާބާދީހެން އޮތީ ގެދޮރު ގެއްލި، އަމިއްލަ ވަޒަނުގައި ރެފިއުޖީންނަށް ވެފައެވެ. ބަނޑަށްޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތް ފަހަރު ހޮނުއެޅުމުންވެސް ސަލާމަތްވި ރޯއި ގެ ވާހަކަ އަޑުއެހިންތަ؟

ހަތް ފަހަރު ހޮނުއެޅުމުންވެސް ސަލާމަތްވި ރޯއި ގެ ވާހަކަ އަޑުއެހިންތަ؟

16 ސެޕްޓެމްބަރު 2024
މޮސްކޯއަށް ދިން ޓެރަރިސްޓް ހަމަލާގައި 100 އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށްދިނީ މުސްލިމު ކުއްޖެއް!

މޮސްކޯއަށް ދިން ޓެރަރިސްޓް ހަމަލާގައި 100 އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށްދިނީ މުސްލިމު ކުއްޖެއް!

01 އެޕްރީލު 2024
ލެޔާއި ފުރާނަ ގުޅިފައި އޮތް ފަސްގަނޑުގެ ޙައްޤުގައި ޑރ ރައޫފު!

ލެޔާއި ފުރާނަ ގުޅިފައި އޮތް ފަސްގަނޑުގެ ޙައްޤުގައި ޑރ ރައޫފު!

18 ފެބުރުއަރީ 2024
ފުރާނައިގެ އަގު ވަޒަން ކުރުމުގައި ޣައްޒާ ރަށްވެހިން ވަރެއް ހަމަ ނެތް!

ފުރާނައިގެ އަގު ވަޒަން ކުރުމުގައި ޣައްޒާ ރަށްވެހިން ވަރެއް ހަމަ ނެތް!

13 ނޮވެމްބަރު 2023
"މީހެއްގެ ފުރާނައިގެ ބަދަލެއް ނުހޯދޭނެ"

"މީހެއްގެ ފުރާނައިގެ ބަދަލެއް ނުހޯދޭނެ"

30 އޯގަސްޓު 2023

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު