Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއާޒިމާއަށް ކުރި ޖިނާއީ ދައުވާ

އާޒިމާއަށް ކުރި ޖިނާއީ ދައުވާތަކަށް 5 އަހަރު، 25 އަޑުއެހުން ބޭއްވުނު، މައްސަލައިގެ ޝަރީއަތް އަދިވެސް ނުފެށޭ

11 ޖެނުއަރީ 2024 | ބުރާސްފަތި 10:58

މިހާރު މި މައްސަލަ އޮތީ އިބްތިދާއީ މަރުހަލާގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖެނުއަރީ 2024 | ބުރާސްފަތި 10:58
އާޒިމާ ޝަކޫރު

އާޒިމާ ޝަކޫރު | ރާއްޖެއެމްވީ

އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް, މަނީ ލޯންޑްރިންގއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާއާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނީ 17 ފެބްރުވަރީ 2019ގައެވެ.

މިހާރު މި މައްސަލަ އޮތީ އިބްތިދާއީ މަރުހަލާގައެވެ. އެގޮތުން މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅާފައިވާއިރު، މިހާރު ކުރިއަށްދަނީ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން ބަހުސްކުރުމުގެ މަރުހަލާއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ މިހާރު ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

މި މައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 18 ޖުލައި 2019ގައެވެ. އެއީ މި މައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމެވެ. އޭރު ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވަނީ ގާޒީ ހައިލަމްއެވެ. އޭރު ބޭއްވި އަޑުއެހުންތަކުގައި ދައުވާ ސާފުކޮށްދިނުމުން ދައުވާއަށް އިންކާރު ކުރައްވާފައިވެއެވެ.

އަދި ދައުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކި ހާމަކުރެވިފައިވާއިރު، މިއީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ދައުވާއެއް ކަމަށްވެސް ނިންމެވިއެވެ.

އެއަށްފަހު 18 އޯގަސްޓު 2019ގައި ބޭއްވި އަޑުއެހުން ކެންސަލްވެފައިވަނީ ކޯޓުގެ އިދާރީ ސަބަބަކާހުރެއެވެ.

މި މައްސަލައިގައި 2 ސެޕްޓެމްބަރު 2019ގައި ބޭއްވި އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ބަހުސްކުރެވިފައި ވެއެވެ.

އެއަށްފަހު އަނެއްކާވެސް މި މައްސަލައިގެ އަޑުއެހުމެއް ބޭއްވިފައިވަނީ ޖެހިގެން އައި އަހަރުގެ މާރޗު މަހުގެ 8 ވަނަ ދުވަހުއެވެ. އެ ދުވަހު މައްސަލަ ބައްލަވާ ގާޒީ ބަދަލުވެފައިވާކަން ދެފަރާތަށް އެންގެވިއެވެ. އެގޮތުން އޭރު މި މައްސަލަ ބަދަލުވީ ގާޒީ ހަސަން ސައީދުގެ ސެކްޝަނަށެވެ.

އެ ދުވަހު އައިޝަތު އާޒިމާ ޝަކޫރުގެ ވަކީލު ރާއްޖޭގައި ނެތުމުން އެހެން ދުވަހަކަށް ފަސްކޮށްދެއްވުމަށް އޭނާގެ ފަރާތުން ޝަރީއަތުގައި އެދިވަޑައިގަތުމުން، އެ ފުރުސަތު ޝަރީއަތުން ދީފައިވެއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮތީ 27 ސެޕްޓެމްބަރު 2020 ގައެވެ. އެ ދުވަހު މައްސަލަ، އަލަށް ހަވާލުވެފައިވާ ގާޒީ ހަސަން ސައިދު، މައްސަލަ ކުރިއަށްގޮސްފައިވާ ހިސާބުން ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ.

އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބަހުސްގެ ނުނިމި އޮތްބައި ކުރިއަށް ގެންދެވުމަށް މަސައްކަތްކުރެއްވި ނަމަވެސް، އާއިޝަތު އާޒިމާ ޝަކޫރު ޒަރޫރީ ބޭނުންފުޅަކަށް ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ލިޔުމެއް ހުށަހަޅާފައިވުމުން އަޑުއެހުން ނިންމަވާލެއްވިއެވެ.

އެއަށްފަހު 11 އޮކްޓޯބަރާއި 20 އޮކްޓޯބަރުގައި މި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ބަހުސް ކުރެވިފައިވެއެވެ.

އޭގެ ފަހުން 9 ނޮވެމްބަރުގައި ބޭއްވި އަޑުއެހުން ކެންސަލްވެފައިވަނީ މި މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ މައްސަލައިން ތަނާޒުލް ވެވަަޑައިގަތުމުންނެވެ.

ކްރިމިނަލް ކޯޓުގައި ދެން މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރީ 15 ޑިސެމްބަރު 2020ގައެވެ. ނަމަވެސް މައްސަލައާ ގުޅުންހުރި ބައެއް އާއިޝަތު އާޒިމާ ޝަކޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާތީ އެ ދުވަހުގެ އަޑުއެހުން ކުރިއަކަށް ނުގެންދެވެއެވެ.

ޖެހިގެން އައި 2021 ވަނަ އަހަރުގެ މާޗު މަހުގެ 8 ވަނަ ދުވަހުވެސް އަޑުއެހުމެއް ތާވަލުކުރިއެވެ. ނަމަވެސް ކޯޓުގެ އިދާރީ ސަބަބަކާހުރެ އެ ދުވަހު އަޑުއެހުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެއީ 2021 ވަނަ އަހަރު އޮތް ހަމައެކަނި އަޑުއެހުމެވެ.

އަނެއްކާވެސް މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރީ ޖެހިގެން އައި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް އެ ދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ އާޒިމާގެ ވަކީލު ކަރަންޓީނުގައި ހުންނެވިކަމަށް ވިދާޅުވުމުންނެވެ.

އެއަށްފަހު 13 މާރޗު 2022 ގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ބަދަލުވެފައިވާތީ، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 182 ވަނަ މާއްދާގެ (ނ)ގެ ދަށުން މައްސަލައިގެ ޝަރީއަތް އަލުން ފެއްޓެވުމަށް ގާޒީ ނިންމެވިއެވެ. އޭރު މައްސަލަ ބަދަލުވީ ގާޒީ އަލީ އާދަމްގެ ސެކްޝަނަށެވެ.

އިބްތިދާއީ މަރުހަލާ އަނެއްކާވެސް ފެއްޓެވުމުން އެ ދުވަހު ދެ ދަޢުވާ ހުށަހަޅައި ދައުވާ ސާފުކޮށްދީފައިވެއެވެ. އަދި އާޒިމާ ދަޢުވާއަށް އިންކާރުކުރެއްވުމުން، ދިފާއީ ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވިއެވެ.

އަނެއްކާވެސް 27 މާރޗު 2022ގައި ބޭއްވި އަޑުއެހުމުގައި ދެފަރާތުން ހެކި ހާމަކޮށްފައިވާއިރު، މިއީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ މައްސަލައެއްކަމަށް އަނެއްކާވެސް ނިންމެވިއެވެ.

ދެން މި މައްސަލައިގައި 29 މެއި 2022ގައި ބޭއްވި އަޑުއެހުން ކެންސަލްވެފައިވަނީ ކޯޓުގެ އިދާރީ ސަބަބަކާހުރެއެވެ.

އޭގެ ފަހުން 19 ޖޫން 2022 ގައި މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރިއެވެ. ނަމަވެސް ދިފާއީ ވަކީލު ރާއްޖޭގައި ނެތްކަމަށް އާޒިމާގެ ފަރާތުން ބުނެފައިވާތީ އެ އަޑުއެހުން ކެންސަލްވިއެވެ.

އަނެއްކާވެސް 3 އޯގަސްޓު 2022ގައި އަޑުއެހުމެއް ތާވަލުކުރިއެވެ. ނަމަވެސް އާޒިމާގެ ފަރާތުން މެޑިކަލްއެއް ހުށަހަޅުއްވާފައިވާތީ އެ ދުވަހުގެ އަޑުއެހުމެއް ނުބޭއްވުނެވެ.

އެއަށްފަހު 12 ސެޕްޓެމްބަރު 2022އާއި، 12 އޮކްޓޯބަރު 2022 ބޭއްވި އަޑުއެހުމުގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާމެދު ބަހުސް ކުރެވުނެވެ.

އަނެއްކާވެސް 22 ނޮވެމްބަރު 2022ގައި ބޭއްވި އަޑުއެހުން އާޒިމާގެ އެދިވަޑައިގަތުމުގެ މަތިން ވަނީ ކެންސަލްކޮށްފަައެވެ.

ޖެހިގެން އައި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދެވުނެވެ. ނަމަވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ބަހުސް ކުރުމުގެ ބައި ނުނިމޭތީ އެ ދުވަހުވެސް ކުރިއަށް ދިޔައީ އެކަމާ ގުޅޭ އަޑުއެހުމެވެ.

އޭގެ ފަހުން 6 މާރޗު 2023 ގައި ބޭއްވި އަޑުއެހުން ކެންސަލްވެފައިވަނީ ކޯޓުގެ އިމާރާތުގެ ބައެއް ބޭނުން ނުކުރެވޭތީއެވެ.

އަދި 2023 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުވެސް އަޑުއެހުމެއް ބާއްވާފައިވާއިރު، އެ ދުވަހުވެސް ކުރިއަށް ދިޔައީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން ބަހުސް ކުރުމެވެ. 4 ގަޑިއެއްހާއިރަށް ދިގު ދެމިގެންދިޔަ އެ އަޑުއެހުމުގައި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމުގެ ބައި އެއްކޮށް ނިންމައެއް ނުލެވުނެވެ.

އޭގެ ފަހުން 22 ޖޫން 2023 ގައި ބޭއްވި އަޑުއެހުން ކެންސަލްވެފައިވަނީ ކޯޓުގެ އިދާރީ ސަބަބަކާހުރެއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރީ 8 އޮކްޓޯބަރު 2023 ގައެވެ. ނަމަވެސް އާޒިމާ މެޑިކަލް ހުށަހަޅުއްވާފައިވާތީ އެ އަޑުއެހުމެއް ނުބޭއްވުނެވެ.

އޭގެ ދެމަސް ފަހުން 20 ޑިސެމްބަރު 2023ގައި ބޭއްވި އަޑުއެހުމަށްވެސް އާޒިމާ މެޑިކަލް ހުށަހެޅުއްވުމުން، އެ ދުވަހުގެ އަޑުއެހުންވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މި މައްސަލައަށް 5 އަހަރު ފުރެން ގާތްވެފައިވާއިރު، އަދި މި މައްސަލަ އޮތީ އިބްތިދާއީ މަރުހަލާގައެވެ.

އާޒިމާ ޝަކޫރުކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

ޒިޔަދަމްގެ މަރު: ޝަނޫން މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

13 އޯގަސްޓު 2026
ޒިޔަދަމްގެ މަރު: ޝަނޫން މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި
10 އޯގަސްޓު 2026

ވަގަށް ރަން އެތެރެކުރި މީހަކު ޖަލަށްލާން ކުރި ހުކުމް ބާތިލުކޮށް، ރަންތައް އަނބުރާ ދޭން އޭނާގެ ފަރާތުން އެދިއްޖެ

10 އޯގަސްޓު 2026
ވަގަށް ރަން އެތެރެކުރި މީހަކު ޖަލަށްލާން ކުރި ހުކުމް ބާތިލުކޮށް، ރަންތައް އަނބުރާ ދޭން އޭނާގެ ފަރާތުން އެދިއްޖެ
24 ޖުލައި 2026

ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިފަހަރު ވެސް ބަލައިނުގަތް

24 ޖުލައި 2026
ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިފަހަރު ވެސް ބަލައިނުގަތް
24 ޖުލައި 2026

ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

24 ޖުލައި 2026
ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
21 ޖުލައި 2026

އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ

21 ޖުލައި 2026
އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ
15 ޖުލައި 2026

ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ ސާބިތުވެއްޖެ

15 ޖުލައި 2026
ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ ސާބިތުވެއްޖެ
10 ޖުލައި 2026

މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!

10 ޖުލައި 2026
މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!
06 ޖުލައި 2026

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!

06 ޖުލައި 2026
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!
05 ޖުލައި 2026

"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން

05 ޖުލައި 2026
"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން
01 ޖުލައި 2026

މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!

01 ޖުލައި 2026
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް