Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އެމްބާޕޭ ނުވަތަ ހާލަންޑް ގެނެވޭކަށް ނެތް: ޒަވީ

އެ ދެ ކުޅުންތެރިން ގެނައުމަކީ، މިވަގުތު ބާސެލޯނާގެ މާލީ ޙާލަތު ތަންދޭ ކަމެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖެނުއަރީ 2024 | ބުރާސްފަތި 07:35
ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ އާލިން ހާލަންޑް އަދި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ ގެނައުމަކީ، ބާސެލޯނާ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ ބާސެލޯނާ އިން އެ ޓީމުގެ ސްކޮޑު ވަރުގަދަ ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެގޮތުން އެ ދެ ކުޅުންތެރިން ގެނައުމަކީ، މިވަގުތު ބާސެލޯނާގެ މާލީ ޙާލަތު ތަންދޭ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ބޮޑެތި ޚަރަދު ކޮށްފައި، އައު ކުޅުންތެރިން ގެނައުމަކީ ބޭނުންތެރި ކަމެއް ނޫނެވެ.

މީގެ އިތުރުން ޒަވީ ބުނީ މިވަގުތު ބާސެލޯނާގައި އޮތް ސްކޮޑާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. ޒަވީ ބުނީ ބާސެލޯނާގައި ތިބި ކުޅުންތެރިންނަކީ އެ ޓީމަށް އެންމެ އެކަށީގެންވާ ކުޅުންތެރިން ކަމަށާއި، ދެން އައު ކުޅުންތެރިން ގެންނާނީ ގިނަ ކަންތައްތަކަށް ބެލުމަށްފަހު ކަމަށެވެ. ޒަވީ ދެކޭ ގޮތުގައި ބާސެލޯނާގައި ހިމެނޭ ޒުވާން ކުޅުންތެރިންނާއި، ތަޖުރިބާ ހުރި ކުޅުންތެރިންނަކީ ވަރަށް މަސައްކަތް ކުރާ ކުޅުންތެރިންނެވެ. ވަގުތާއެކު މަސައްކަތް ކޮށްފި ނަމަ، އެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީ ވެގެންދާނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ބާސެލޯނާގެ މާލީ ޙާލަތު ރަނގަޅު ނުވުމުގެ ސަބަބުން އެ ޓީމަށް ކުޅުންތެރިން ގެނައުމުގެ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެ ޓީމުން ވަނީ އެ ޓީމަށް ކުރިން ކުޅުނު ކެޕްޓަން ލިއޮނަލް މެސީ އަލުން ގެނައުމަށް ވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ޓީމަށް އެކަން ކާމިޔާބު ނުވީ ވެސް، މާލީ ޙާލަތުގެ ސަބުންނެވެ.

ބާސެލޯނާޒަވީކީލިއަން އެމްބާޕޭއާލިން ބްރައުޓް ހާލަންޑް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު