Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނުގައި އިތުރު ބަޔަކު ޝަހީދުވުން

ފަލަސްތީނުގެ އެއް އާއިލާއެއްގެ 70 މެމްބަރުން ޝަހީދު ކޮށްލައިފި

ޝަހީދު ކޮށްލި މީހުންގެ ތެރޭގައި އދ ގެ މުވައްޒަފަކުވެސް ހިމެނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2023 | ހޯމަ 03:48
ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ގަތުލްއާންމު

ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ގަތުލްއާންމު

އިސްރާއިލްގެ ނިރުބަވެރިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި އ.ދގެ މުވައްޒަފަކާއި އޭނާގެ ޢާއިލާގެ 70 މެންބަރުން ޝަހީދު ކޮށްލައިފިއެވެ.

ޔަހޫދީންގެ ޝިކާރައަކަށްވެ ޝަހީދުވެފައި ވަނީ އ.ދގެ ތަރައްޤީއާ ބެހޭ ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ)ގެ މުވައްޒަފެއް ކަމުގައިވާ އައިޞާމް މަޣްރިބީއާއި އޭނާގެ ޢާއިލާގެ މެންބަރުންނެވެ.

ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި މަޣްރިބީގެ އަންހެނުންނާއި ދަރިން ވެސް ހިމެނެއެވެ."ޔޫ.އެން.ޑީ.ޕީއާ މަޣްރިބީ ގުޅުނީ މީގެ 30 ވަރަކަށް އަހަރު ކުރިން. އޭނާ މަސައްކަތް ކޮށްފައި ވަނީ ޔޫ.އެން.ޑީ.ޕީގެ ޕްރޮގްރާމް އޮފް އެސިސްޓެންސް ޓު ޕަލަސްޓީނިޔަން ޕީޕަލްގެ ދަށުން. އޭނާއާއި، އޭނާގެ ޢާއިލާ ޝަހީދު ކޮށްލުމުން މުޅި އ.ދގެ ޢާއިލާއަށް ވަނީ ހިތާމައާއި މޮޅިވެރިކަން ވެރިވެފައި. ޣައްޒާގެ ޢާންމު ރައްޔިތުންނާއި އ.ދގެ މުވައްޒަފުންނަކީ ޙަމަލަތަކުގެ އަމާޒަކަށް ހަދައިގެން ނުވާނެ،" ޔޫ.އެން.ޑީ.ޕީގެ އިސް އޮފިޝަލެއް ކަމުގައިވާ އާކިމް ސްޓައިނަރ ވިދާޅުވިއެވެ.

އުމުރުން 56 އަހަރުގެ މަޣްރިބީއާއި އޭނާގެ ޢާއިލާ ޝަހީދު ކޮށްލާފައި ވަނީ ޣައްޒާ ސިޓީގައި އެ މީހުން ދިރިއުޅޭ ސަރަޙައްދަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ވައިގެ ޙަމަލަތަކެއްގައެވެ.

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވައިލާ ޑިސެންބަރު 22 ވަނަ ދުވަހު އ.ދގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރުމާ އެކު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާން އިތުރަށް ފުޅާ ކޮށްފައެވެ.

އަދި، ދެމުންދާ ޙަމަލަތަކުގެ ޢަދަދު އިތުރު ކޮށްފައެވެ.މަޣްރިބީ ޝަހީދު ކޮށްލުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

"އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ މީހުންނަށް ޙަމަލަތައް އަމާޒު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ޓެޑްރޯސް ވިދާޅުވިއެވެ.

މަޣްރިބީއަކީ ޔަހޫދީންގެ ޙަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ އ.ދގެ ފުރަތަމަ މުވައްޒަފެއް ނޫނެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ޙަމަލަތަކުގައި ޔަހޫދީން ވަނީ އ.ދގެ 7,136 މުވައްޒަފުން ޝަހީދު ކޮށްލާފައެވެ.

މި ކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރެޝް ވިދާޅުވީ، މިއީ ތާރީޚުގައި ވެސް އ.ދގެ ގިނަ ޢަދަދެއްގެ މުވައްޒަފުންތަކެއްގެ ފުރާނަ ނަގައިލާފައިވާ ފުރަތަމަ ފަހަރު ކަމުގައެވެ.

ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ޣައްޒާއަށް ދީފައިވާ ޙަމަލަތަކުގައި 201 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަ ކުރެއެވެ. އަދި، 370 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

މިއާއެކު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މި ވަނީ 20,000 އަށްވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި 8,000 އެއްހާ ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 52,000 އަށް އަރާފައެވެ.

ޣައްޒާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި

ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި

28 ޑިސެމްބަރު 2025
ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

27 ޑިސެމްބަރު 2025
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި

25 ޑިސެމްބަރު 2025
ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

25 ޑިސެމްބަރު 2025
ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު