Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް

އިސްރާއިލުން ޣައްޒާގެ އަލް-އަވްދާ ހޮސްޕިޓަލުން 240 މީހުން ހައްޔަރުކޮށްފި

ހައްޔަރުކުރި މީހުންގެ ތެރޭގައި 80 ސިއްހީ ހިދުމަތްތެރިންނާއި، 40 ބަލިމީހުންގެ އިތުރުން، ހޮސްޕިޓަލްގައި ބޯހިޔާވަހިކަން ހޯދަމުންދިޔަ 120 މީހުން ހިމެނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 19 ޑިސެމްބަރު 2023 | އަންގާރަ 12:25
ޣައްޒާގައި ހަރަކާތްތެރިވާ އިސްރާއިލް އަސްކަރިއްޔާގެ ސިފައިންނާ ބަރު ހަތިޔާރު

ޣައްޒާގައި ހަރަކާތްތެރިވާ އިސްރާއިލް އަސްކަރިއްޔާގެ ސިފައިންނާ ބަރު ހަތިޔާރު

ޣައްޒާގެ އުތުރުގައި ހުންނަ އަލް-އަވްދާ ހޮސްޕިޓަލުން 240 މީހުން އިސްރާއިލްގެ ސިފައިން ހައްޔަރުކޮށްފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާގޮތުން އިސްރާއިލް އަސްކަރިއްޔާއިން ވަނީ ޣައްޒާގެ އުތުރުގައި ހުންނަ އަލް-އަވްދާ ހޮސްޕިޓަލު ވަށާލައި އެހޮސްޕިޓަލުން މީހުން ހައްޔަރުކުރަން ފަށައިފައެވެ.

އެގޮތުން، ހޮސްޕިޓަލުގެ ސްޓާފުންނާއި ބަލިމީހުންނާ ހޮސްޕިޓަލްގައި ބޯހިޔާވަހިކަން ހޯދަމުންދާ މީހުންގެ ތެރެއިން 240 މީހުން އިސްރާއިލް އަސްކަރިއްޔާއިން ހައްޔަރުކޮށްފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައި 80 ސިއްހީ ހިދުމަތްތެރިންނާއި، 40 ބަލިމީހުންގެ އިތުރުން، ހޮސްޕިޓަލްގައި ބޯހިޔާވަހިކަން ހޯދަމުންދިޔަ 120 މީހުން ހިމެނެއެވެ.

އިސްރާއިލުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހޮސްޕިޓަލްގެ ޑިރެކްޓަރު އަހްމަދު މުހަންނާވެސް ހިމެނެއެވެ.

އިސްރާއިލް އަސްކަރިއްޔާއިން ވަނީ އަލް-އަވްދާ ހޮސްޕިޓަލް އެމީހުންގެ ބެރެކްއަކަށް ހަދާފައިކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ، އެހޮސްޕިޓަލްގައި ތާށިވެފައިތިބި މީހުނަށް ފެނާ ކާބޯތަކެތީގެ އިތުރުން ބޭސްވެސް ނުލިބޭކަމަށް ބުނެފައެވެ. އަދި ހޮސްޕިޓަލްގެ އެއް ޔުނިޓުން އަނެއް ޔުނިޓަށް މީހުން ދިއުމަށްވެސް ދަނީ ހުރަސް އަޅަމުންނެވެ.

އިސްރާއިލް އަސްކަރިއްޔާއިން ވަނީ ޣައްޒާގެ އުތުުގައި ހުންނަ ކަމަލް އަދުވާން ހޮސްޕިޓަލް ވަށާލައި، އެހޮސްޕިޓަލް ހުސްކުރުމަށްވެސް އަމުރުކޮށްފައެވެ. އަދި ކަމަލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު އަލް-ކަހްލޫތު ހިމެނޭހެން އެހޮސްޕިޓަލްގެ ގިނަ އަދަދެއްގެ ސްޓާފުންވެސް ހައްޔަރުކޮށްފައެވެ.

މިހާރުވެސް، ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިޔާ ހިމެނޭހެން، ޣައްޒާގެ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އިސްރާއިލް އަސްކަރިއްޔާއިން ދަނީ ހޮސްޕިޓަލްތަކުގައި ރައްކާތެރިކަން ހޯދަމުންދާ ޣައްޒާގެ ރައްޔިތުންނަށް އެތަންތަން ދޫކޮށް ދިއުމަށް އަމުރުކުރަމުންނެވެ.

އިސްރާއިލުން ޣައްޒާގެ އުތުރުގެ އެހޮސްޕިޓަލްތައް ހިސާރުކުރުމާއެކު، މިހާރު ޣައްޒާގެ އުތުރުގައި، ރައްޔިތުންނަށް ފަރުވާދޭނެ ހޮސްޕިޓަލެއްނެތެވެ. އަދި ދެކުނުގައި ހުރި މަދު ހޮސްޕިޓަލްތަށް ވަނީ އަނިޔާލިބެމުންދާ ހުރިހާ އެންމެނަށް ފަރުވާދޭން ނުކުޅެދިފައެވެ.

ދެކުނުގެ ހޮސްޕިޓަލްތަކުގައިވެސް އެކަށީގެންވާ އަދަދަށް، ބޭނުންވާ ސިއްހީ ސާމާނު ނެތް އިރު، ސިއްހީ ފަރުވާދޭ ފަރާތްތަކަށް މިހާރު ވަނީ ފަރުވާދޭނީ ކޮންބަޔަކަށްތޯ އަދި ފަރުވާނުދީ ދޫކޮށްލާނީ ކޮންބަޔެއްތޯ އިހުތިޔާރުކުރަން މަޖުބޫރުވެފައެވެ.

އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 19،000ން މައްޗަށް އަރާފައިވާއިރު އަނިޔާލިބުނު މީހުންގެ އަދަދު ވަނީ 51،000ން މައްޗަށް އަރާފައެވެ.

އިޒްރޭލްފަލަސްތީނުޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުންހަމާސް-އިސްރާއިލް ހަނގުރާމަދުނިޔެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު