Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބު ވަޒީރު ހަސަން ޒިހާން

ރާއްޖޭގައި އައިވީއެފް ހެދުން އިތުރުވަނީ ބަރަހަނާ މަންޒަރު ބަލާތީ ކަމަށް ވިދާޅުވި ނައިބު ވަޒީރަކު ހޫނުފެނަށް!

17 ޑިސެމްބަރު 2023 | އާދީއްތަ 09:50

އޭނާ ވިދާޅުވީ ބަރަހަނާ މަންޒަރުތައް ބެލުން ހުއްޓުވުމަކީ ހަމައެކަނި ދީނީ ކަމެއް ނޫން ކަމަށާއި ދަރިމައިވުމުގެ ސިއްހަތު ގޯސްވާން މެދުވެރިވާ އެންމެ ކަމަކީ ވެސް އެއީ ކަމަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 17 ޑިސެމްބަރު 2023 | އާދީއްތަ 09:50
ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބަކަށް ހުންނަވާ ހަސަން ޒިހާން

ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބަކަށް ހުންނަވާ ހަސަން ޒިހާން

ރާއްޖޭގައި އައިވީއެފް ހެދުން އިތުރުވެފައިވީ ބަރަހަނާ މަންޒަރުތައް ބަލާމިންވަރު އިތުރުވާތީ ކަމަށް ވިދާޅުވި ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު ހަސަން ޒިހާންނަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މިކަން ހިނގަން މެދުވެރިވީ ޒިހާން އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ސަބަބުންނެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ ބަރަހަނާ މަންޒަރުތައް ބެލުން ހުއްޓުވުމަކީ ހަމައެކަނި ދީނީ ކަމެއް ނޫން ކަމަށާއި ދަރިމައިވުމުގެ ސިއްހަތު ގޯސްވާން މެދުވެރިވާ އެންމެ ކަމަކީ ވެސް އެއީ ކަމަށެވެ.

Advertisement - newsAdvertisement

އަދި ރާއްޖެއިން އެހާ ގިނަ ބަޔަކު އައިވީއެފްގެ ޚިދުމަތްތަކަށް ދާން ޖެހެނީ ކީއްވެގެންތޯ ޒިހާން ވަނީ ސުވާލު އުފައްދަވާފައެވެ.

އިނގިރޭސި ބަހުން އޭނާ ކުރެއްވި ޓްވީޓާ އެކު، އާންމުންގެ ފާޑުކިޔުން އަމާޒުވާން ފެށިއެވެ. އެގޮތުން މިއީ ދިވެހި ދައުލަތުން މުސާރަ ދޭ ނައިބު ވަޒީރުންގެ ބަސްމަގު ހުންނަންޖެހޭ ގޮތްތޯ މިހާކު ސުވާލުކޮށްފައިވެއެވެ.

މީގެއިތުރުން މި ސަރުކާރުގެ ނައިބު ވަޒީރު ޒިހާން އެފަދައިން ވިދާޅުވުމަކީ އައިވީއެފްގެ ފަރުވާ ހޯދަމުންދާ މީހުންނަށް ކުރެވޭ ފުރައްސާރައެއް ކަމަށް ވެސް މީހަކު ބުނެފައިވެއެވެ.

އަދި ޒިހާން އެފަދައިން ވިދާޅުވުމަކީ އައިވީއެފްގެ ފަރުވާ ހޯދާ މީހުންނަށް ކުރެވޭ ކުޑައިމީސް އަމަލެއްގެ ގޮތުގައި ފާހަގަކުރަމުން މީހަކު ބުނީ، ވަޒީރުގެ އެ ޕޯސްޓުން ފެންނަނީ ގިނައިން ވާހަކަ ދައްކާ ވަރަކަށް އެ ބޭފުޅާގެ ޖާހިލުކަން ކަމަށެވެ.

"ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވާ މީހުންނަކީ ބަރަހަނާ މަންޒަރުތައް ބަލަން އެޑިކްޓްވާ މީހުން ކަމަށް ތުހުމަތު ކުރުމަކީ މުޅިން ވެސް އިހުތިރާމް ކުޑަ ކުރުން. ވާހަކަ ދައްކާ ވަރަކަށް ފެންނަނީ އޭނާގެ ޖާހިލުކަން،" އެ މީހާ ބުންޏެވެ.

އިތުރު މީހަކު ބުނި ގޮތުގައި، ކޮންމެ ފަހަރަކު ވެސް ޒިހާން އެއްޗެއް ވިދާޅުވާން އުޅުމުން ފެންނަނީ އެ ވިދާޅުވާ އެއްޗަކީ އެންމެ ތާކުންތާކުން ނުޖެހޭ އެއްޗެއް ކަމަށެވެ.

ޒިހާން އެފަދައިން ވިދާޅުވިއިރު، އައިވީއެފް ހެދުން އިތުރުވުމާ ގުޅޭ ގައުމީ ދިރާސާއެއް ރާއްޖޭގައި އަދި ހަދާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް