Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކޮމްގެ މެމްބަރުންގެ ނަންތައް

ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަންކުރަން ފޮނުވި ނަންތައް އަނބުރާ ގެންދިޔައީ ރަނގަޅަކަށް ނޫން، މަޖިލީހުން ގޮތެއް ނިންމަނީ

14 ޑިސެމްބަރު 2023 | ބުރާސްފަތި 14:36

ކޮމިޓީ މަރުހަލާއިން ނިމިފައި ވަނިކޮށް މެމްބަރުންގެ ނަންތަކެއް ނުގެންދެވޭނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ޑިސެމްބަރު 2023 | ބުރާސްފަތި 14:36
ބްރޯޑްކާސްޓިންގ ކޮމިޝަން

ބްރޯޑްކާސްޓިންގ ކޮމިޝަން

ބްރޯޑްކޮމްއަށް އައްޔަންކުރުމަށް ފޮނުވާފައިވާ މެމްބަރުންގެ ނަންތައް އަނބުރާ ގެންގޮސްފައިވަނީ ރަނގަޅަށް ނޫންކަމަށްވާތީ، ނަންތަކާމެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ފާސްކޮށްފިއެވެ.

އެގޮތަށް ނިންމާފައިވަނީ މަޖިލީހުގެ އާއްމު ކޮމިޓީންނެވެ. ކޮމިޓީ ސްޓޭޖަށް ދިއުމަށްފަހު ނަންތައް އަނބުރާ ގެންދެވުމަކީ އާންމު އުސޫލެއްގެގޮތުން އަމަލުކުރާ ގޮތެއް ނޫނެވެ. ކޮމިޓީ މަރުހަލާއަށް ދިއުމަށްފަހު ބިލްތައްވެސް އަނބުރާ ގެންދިއުމަކީ އާއްމު އުސޫލެއްގެ ގޮތުން އަމަލުކުރާ ގޮތެއް ނޫނެވެ. އެހެންކަމުން ކޮމިޓީ މަރުހަލާއިން ނިމިފައި ވަނިކޮށް މެމްބަރުންގެ ނަންތައް ނުގެންދެވޭނެ ކަމަށް، "ރާއްޖެ އެމްވީ"އަށް މައުލޫމާތުދެއްވަމުން މަޖިލީހުގެ ގިނަ ދުވަސްވީ މެމްބަރަކުވެސް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ކުރީ ސަރުކާރުން ބައެއް މުއައްސަސާތަކާއި ގައުމުތަކުގެ ސަފީރުން އައްޔަންކުރަން ފޮނުވި ނަންތައް އަނބުރާ ގެންދެވިކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ކުރިން އިއުލާންކުރައްވާފައެވެ. އެ ނަންތައް އަނބުރާ ގެންދެވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު، ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅަކާ އެކުގައެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އަށް އައްޔަންކުރަން ފޮނުއްވާފައިވާ ނަންތައް މި ސަރުކާރުން އަނބުރާ ގެންދަވާފައިވާކަމަށް އޭރު އިޢުލާންކުރެއްވިއެވެ.

ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޮތީ އޭރު މިނިވަން މުއައްސަސާތަކަށް ފޮނުއްވި ނަންތައް ދިރާސާކޮށް ނިންމާފައެވެ. ބުދަ ދުވަހުގެ އާންމު ކޮމިޓީގައި ކޮމިޓީގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ، މިނިވަން މުއައްސަސާ ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ ރިޕޯޓަށް އާންމު ކޮމިޓީގެ ލަފަޔަކަށް އެދިފައިވާކަމަށެވެ. ކޮމިޓީގެ ރިޕޯޓާމެދު ޚިޔާލު ތަފާތުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮމިޓީން އެކަމާމެދު ގޮތެއް ނިންމުމުގެ ބަދަލުގައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމެވުމަށް އޭނާ ވަނީ ހުށަހަޅާފައެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ އިއްތިފާގުންނެވެ.

އެނގިފައިވާ ގޮތުން މަޖިލީހަށް ފޮނުވާ މައްސަލައަކާމެދު ގޮތެއް ނިންމާފައި ވަނިކޮށް، ނަން އަނބުރާ ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ކޮމިޓީއަށް ވަނީ ލަފާ ލިބިފައެވެ. އެހެންކަމުން އެ މައްސަލައާމެދު ތަޅުމުގައި ގޮތެއް ނިންމާނެެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 މެއި 2017

ނޫސްވެރިންނަށް ޖަވާބުދާރީވުމަށް އެމްއެމްސީން ފޮނުވި ސިޓީތައް ބާތިލްކުރަން ނިންމައިފި

23 މެއި 2017
ނޫސްވެރިންނަށް ޖަވާބުދާރީވުމަށް އެމްއެމްސީން ފޮނުވި ސިޓީތައް ބާތިލްކުރަން ނިންމައިފި
22 މެއި 2017

ބްރޯޑްކޮމްގެ ޒިންމާ އަދާނުކޮށް، ބްރޯޑްކާސްޓަރުންގެ ފަހަތުން ދުވުން ނޫން ކަމެއް ނެތް: ހަސީނު

22 މެއި 2017
ބްރޯޑްކޮމްގެ ޒިންމާ އަދާނުކޮށް، ބްރޯޑްކާސްޓަރުންގެ ފަހަތުން ދުވުން ނޫން ކަމެއް ނެތް: ހަސީނު
17 މެއި 2017

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

17 މެއި 2017
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި
03 މެއި 2017

އަށްހާސް ސިޓީ ފޮނުވިއަސް ދިވެހި ފުލުހުން ޖެހެނީ ބަލައިގަންނަން: ރޮޒެއިނާ

03 މެއި 2017
އަށްހާސް ސިޓީ ފޮނުވިއަސް ދިވެހި ފުލުހުން ޖެހެނީ ބަލައިގަންނަން: ރޮޒެއިނާ
25 އެޕްރީލު 2017

ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުންނާއި ބްރޯޑްކޮމްގެ "އިލްތިމާސް" މީޑިއާތަކަށް!

25 އެޕްރީލު 2017
ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުންނާއި ބްރޯޑްކޮމްގެ "އިލްތިމާސް" މީޑިއާތަކަށް!
12 އެޕްރީލު 2017

ބްރޯޑްކޮމްގެ މެމްބަރުންގެ އިތުބާރު ނެތް ކަމަށްބުނެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ނިންމައިފި

12 އެޕްރީލު 2017
ބްރޯޑްކޮމްގެ މެމްބަރުންގެ އިތުބާރު ނެތް ކަމަށްބުނެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ނިންމައިފި
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
25 ފެބުރުއަރީ 2017

ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި

25 ފެބުރުއަރީ 2017
ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް