Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

އެބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 41 މެމްބަރުންގެ އަޣްލަބިއްޔަތުން، ނުފެންނަ ކަމަށް 23 މެމްބަރަކު ވޯޓް ދެއްވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2017 | އަންގާރަ 14:04
 ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު

ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު

ކައުންސިލްތަކުގެ އިންތިޚާބުތަކުގައި ވާދަކުރާ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ބަދަލުކުރުމަށް ލޯކަލް ކައުންސިލް އިންތިޚާބުތަކުގެ ގާނޫނަށް ސަރުކާރަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފި އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި އެބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 41 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެބިލް ބަލައިގަތުމަށް ނުފެންނަ ކަމަށް 23 މެމްބަރަކު ވޯޓް ދެއްވި އެވެ.

އެބިލަށް ބަހުސްކުރެއްވި އިދިކޮޅު އެމްޑީޕީއަށް ނިސަބަތްވާ މެމްބަރުން ވިދާޅުވީ އެއީ ސަރުކާރުން ހިންގާ ޖަރީމާތުގެ ތެރެއިން ހިންގަމުންދާ ކަމެއް ކަމަށެވެ. އެގޮތުން ބޮޑެތި ޖިނާއީ ކުށްތައް ކޮށްފައިވާ ފަރާތްތަކަށް ކައުންސިލް އިންތިހާބުތަކުގައި ބައިވެރިވެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅީ ޕީޕީއެމް ޓިކެޓްގައި ކައުންސިލް އިންތިހާބަށް ވާދަކުރަން ބޭނުންވާ އިހުލާސްތެރި މީހުން ނެތުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

އެބިލް މިހާރު އޮތްގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ވަނީ އެބިލަށް ބަހުސްކުރަމުން ވިދާޅުވެފަ އެވެ. އަދި އެބިލް ކޮމެޓީއަށް ފޮނުވައި ބައެއް އިސްލާހުތައް ގެންނަން ފެންނަ ކަމަށް ވެސް ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވެފައި ވެއެވެ.

ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހާ ބެހޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އަލީ މުހައްމަދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އިންތިހާބުގައި ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލެވޭނެ ޝަރުތުތައް ބަދަލުކުރުމަށް ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށެވެ. މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި ރައްޔިތުންނަށް އެ މީހުން ބޭނުންވާ މީހަކު ކައުންސިލް މެމްބަރު ކަމަށް ގެނައުމަށް އިތުރު ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ މުހައްމަދު ވިދާޅުވީ މި އިސްލާހުގެ ސަބަބުން ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ އެއްވެސް މީހަކަށް އެއްވެސް ޒާތެއްގެ ހުރަހެއް ކުރިމަތި ނުވާނެ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީގައި ކައުންސިލް އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭ ކަމަށް ބުނެފައިވާ ޝަރުތުތަކަށް ވުރު އިތުރު ނުވަތަ އެއަށް ހުރަސް އެޅޭ ފަދަ އެއްވެސް ޝަރުތެއް ހުށަހަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އޭނާ ހުށަހެޅުއްވި އިސްލާހުގެ ސަބަބުން މިއަހަރު އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް އެއްވެސް އަސަރެއް ނުވަތަ ހުރަހެއް ކުރިމަތި ވެދާނެތޯ ސުވާލު ކުރުމުން، އަލީ މުހައްމަދު ވިދާޅުވީ މި އިސްލާހުތަކުގެ ސަބަބަން ކައުންސިލް އިންތިހާބަށް މިހާރު ކުރިމަތިލާފައިވާ އެއްވެސް ކެންޑިޑޭޓަކަށް ހުރަސްތަކެއް އަދި ކުރިމަތިވެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެފަދަ ގޮތަކަށް ކަމެއް ދިމާވެދާނެ ގޮތަކަށް ގާނޫނަށް އިސްލާހެއް ހުށަހެއް ނާޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ މުހައްމަދު ވިދާޅުވި ގޮތުގައި އިސްލާހު ހުށަހެޅުއްވީ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރީއްޔާ ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާ ގޮތަށެވެ.

އަލީ މުހައްމަދު އެގޮތަށް ވިދާޅުވިއިރު، މިހާރަކަށް އައިސް މަޖިލީހަށް ހުށަހެޅޭ ބައެއް ބިލްތައް ދެ ދުވަހުގެ ތެރޭގައި މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް ގާނޫނަށް ބަދަލުވެފައި ވެއެވެ.

އެހެންކަމުން ބައެއް މެމްބަރުން ވަނީ މިހާރު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެބިލްގެ ސަބަބުން އަސަރެއް ފޯރުމަކީ އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު