Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަބަރޭގެ މަރު

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

ރަޒީން މަރާލާފައި އޮއްވާ ފެނުނީ 2015 ނޮވެމްބަރު 5 ވަނަ ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2017 | ބުދަ 10:58
ރ. ކަނދޮޅުދޫ، ފީރޯޒުގޭ، އިބްރާހިމް އަބްދުލްރަހްމާން: ރަޒީން މަރާލުމަށް 15 މިލިއަން ރުފިޔާ ދިން ކަމަށް ތުހުމަތުކޮށްފައިވޭ

ރ. ކަނދޮޅުދޫ، ފީރޯޒުގޭ، އިބްރާހިމް އަބްދުލްރަހްމާން: ރަޒީން މަރާލުމަށް 15 މިލިއަން ރުފިޔާ ދިން ކަމަށް ތުހުމަތުކޮށްފައިވޭ

ހ. ހަންޑްރެޑްފްލާވާ، ހުސެއިން ރަޒީން (ރަބަރޭ) މަރާލުމަށް ރޭވީ ހ. ފީރޯޒުހިޔާ ބިލާލް މުހައްމަދު އަހުމަދާއި ރ. ކަނދޮޅުދޫ، ފީރޯޒުގޭ، އިބްރާހިމް އަބްދުލްރަހްމާން ކަމަށާއި އެކަމަށް ފައިސާ ޚަރަދުކުރީ އިބްރާހިމް ކަމަށް ދައުލަތުން ކޯޓުގައި ބުނެފި އެވެ.

ރަޒީންގެ މަރުގެ މައްސަލައާ ގުޅިގެން ގުޅިގެން އިބްރާހިމް އަބްދުލްރަހްމާންގެ މައްޗަށް ދައުލަތުން ވަނީ އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

Advertisement - newsAdvertisement

އެ ދައުވާގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު، އިބްރާހިމްގެ މައްޗަށް ކޮށްފައިވާ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ 2015 ވަނަ އަހަރުގެ އޮކްޓޯބަރުގައި އިބްރާހިމް ސްރީލަންކާ އަށް ކުރި ދަތުރުގައި ބިލާލްއާ ބައްދަލުކޮށް ރަޒީން މެރުމަށް ރާވައި އެކަމަށް ފައިސާ ދިން ކަމަށެވެ. އަދި ބިލާލްގެ ވޭނުގައި ރަޒީން ގެންގޮސް މަރާލުމަށް ފަހު، މަރާލިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ރަޒީންގެ ހަށިގަނޑު ވޭނުގެ ތެރޭގައި އޮތްވާ ފޮޓޯއެއް ނެގުމަށް ފަހު އިބްރާހީމަށް ބިލާލް އެ ފޮޓޯ ފޮނުވި ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މީގެ އިތުރުން ރަޒީން މަރާލިކަން ކަށަވަރުކޮށްދިނުމުން ބިލާލަށް އިބްރާހީމް އިތުރަށް ފައިސާ ފޮނުވާފައިވާކަން އެނގެން އޮންނާތީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކުރާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އިބްރާހިމްގެ މައްޗަށް އުފުލާފައިވާ އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ 2015 ވަނަ އަހަރުގެ ނޮވެމްބަރު ފަސް ވަނަ ދުވަހު ރަޒީން މަރާލި މައްސަލައިގެ މައުލޫމާތު އެނގިހުރެ އެކަން ސިއްރުކޮށްފައިވާތީ އިބްރާހިމްގެ މައްޗަށް އެ ދައުވާ އުފުލާ ކަމަށެވެ.

އެ ދެ ދައުވާ އިއްވުމުން އިބްރާހީމް ބުނީ ދައުވާ އިން ދިފާއުވާން ބޭނުންވަނީ ވަކީލަކާއެކު ކަމަށެވެ. ވަކީލަކާއެކު ކުރިއަށްދާން ބޭނުންވާ ކަމަށް އޭނާ ބުނުމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ ވަކީލަކު ހަމަޖެއްސުމަށް 15 ދުވަސް އޭނާ އަށް ދީފަ އެވެ.

މިހާރު ގޭބަންދުގައި ހުރި އިބްރާހީމް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން ގާޒީ ޝަކީލް ވިދާޅުވީ ވަކީލަކާއެކު މިމަހުގެ 23 ވަނަ ދުވަހު ދެން ބާއްވާ އަޑުއެހުމުގައި އެކަމާ ގުޅޭ ގޮތުން ނިންމަވާނެ ކަމަށެވެ. އަދި އެ އަޑުއެހުމާ ހަމައަށް އިބްރާހީމް ހުންނާނީ ގޭބަންދުގައި ކަމަށް ގާޒީ ވިދާޅުވި އެވެ.

މި މައްސަލައިގެ ތަހުގީގަށް ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ގޮސް ސްރީލަންކާގެ ފުލުހުންނާ އެކު މަސައްކަތް ވެސް ކޮށްފައިވެ އެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ ލަންކާގެ ބައެއް ނޫސްތަކުގައި މީގެ ކުރިން ބުނެފައިވަނީ ރަޒީން މަރާލުމަށް ބަޔަކަށް ފައިސާ ދީފައިވަނީ ދިވެހި ވިޔަފާރިވެރިއެއް ކަމަށާއި ރަބަރޭ މަރާލަން ވިޔަފާރިވެރިޔާ ބޭނުންވަނީ އެ ވިޔަފާރިވެރިޔާގެ ކޮއްކޮއެއް މަރާލީ ރަޒީން ކަމަށްވާތީ އެކަމުގެ ބަދަލެއްގެ ގޮތުގައި ކަމަށެވެ.

ވިޔަފާރިވެރިޔާގެ ނަން ނޫހުގައި ބުނެފައި ނުވި ނަމަވެސް އެމީހަކީ އިބްރާހީމް އަބްދުއްރަހްމާން ކަމަށް އިތުބާރު ހުރި ފަރާތަކުން ވަނީ ބުނެފަ އެވެ. ރަޒީން މަރާލީ 140 މިލިއަން ރުޕީސް ނުވަތަ 15 މިލިއަން ރުފިޔާ ދިނުމަށް ވިޔަފާރިވެރިޔާ އެއްބަސްވުމުން ކަމަށްވެސް ލަންކާގެ ނޫސްތަކުގައިވެ އެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން ރަޒީން މަރާލުމުގެ ތުހުމަތުގައި މީގެ ކުރިން ލަންކާއިން ވަނީ އެގައުމުގެ މީހަކާ ދިވެއްސަކު ވެސް ހައްޔަރުކޮށްފަ އެވެ. އަދި ރަޒީން މަރާލި ގޮތް އެމީހުން ތަހުގީގަށް ކިޔައިދީފައިވާ ކަމަށްވެސްވެ އެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ރަޒީންގެ ގަޔަށް ވަޅި ހެރީ ވޭނެއްގެ ތެރޭގައި ކަމަށާއި ރަޒީންގެ ހަށިގަނޑުގެ 8 ތަނަކަށް ވަޅި ހަރާފައިވާ ކަމަށެވެ. ރަޒީންގެ ހަށިގަނޑަށް ވަޅި ހެރިކަން ޔަގީންކޮށްދީގެން ފައިސާ ހޯދަން ބޭނުންވާތީ ރަޒީންގެ ހަށިގަނޑަށް ވަޅިހެރުމަށްފަހު ވިޔަފާރިވެރިޔާއަށް ފޮޓޯ ފޮނުވާފައިވާ ކަމަށާއި އޭގެ ފަހުން ވަޅި ހެރި މީހާގެ އެކައުންޓަށް ފަސްލައްކަ ރުޕީސް ޖަމާކޮށްދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ބާކީ ބައި ފަހުން ފޮނުވަން އެއްބަސްވެފައިވާ ކަމަށްވެސް ނޫސްތަކުގައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު