Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަ ނޫސްވެރިންގެ މައްސަލަ

ނޫސްވެރިންނަށް ޖަވާބުދާރީވުމަށް އެމްއެމްސީން ފޮނުވި ސިޓީތައް ބާތިލްކުރަން ނިންމައިފި

ސިޓީތައް ފޮނުވި އިރު މެންބަރުންނަށް އަންގާފައެއް ނެތް

| 23 މެއި 2017 | އަންގާރަ 09:32
ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

ނޫސްވެރިންނާ ދެކޮޅަށް ރައީސް އޮފީހުން މައްސަލަތަކެއް ހުށަހަޅާފައި ނުވާ ކަމަށް ބުނުމުން، މީޑިއާ ކައުންސިލުން ނޫސްވެރިންނާއި ނޫސް މީޑިއާތަކަށް ފޮނުވި ސިޓީތައް ބާތިލްކުރަން އެކައުންސިލުން ނިންމައިފިއެވެ.

ކައުންސިލްގެ މެންބަރަކު ރާއްޖެއެމްވީ އަށް ވިދާޅުވީ ރައީސް އޮފީހުގެ ރަސްމީ މެއިލްއަކުން ލިބުނު ޝަކުވާތަކާ ގުޅިގެން އެ ޝަކުވާތަކަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުހުލަތު ދީ މީޑިއާތަކަށް ފޮނުވި ސިޓީތައް ބާތިލްކުރަން ނިންމީ އެފަދަ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށް ރައީސް އޮފީހުން ބުނުމާ ގުޅިގެން ކަމަށެވެ. ނަމަވެސް މައްސަލަތައް ނުބަލަން އަދި ނިންމާފައި ނުވާ ކަމަށާއި ކައުންސިލްގެ ސަމާލުކަމަށް މައްސަލައެއް ގެނެސްފި ނަމަ ނުވަތަ ސަމާލުކަމަށް އަތުވެއްޖެ ނަމަ އެ މައްސަލައެއް ބެލުމާ މެދު ގޮތެއް ނިންމާނީ މައްސަލަ ބަލާ ކޮމިޓީން ބެލުމަށް ފަހު ކައުންސިލްގެ މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ވަގުތު ނިންމާފައި ވަނީ ފޮނުވި ސިޓީތައް ބާތިލްކުރަން ކަމަށާއި އަންގާރަ ދުވަހު އެ ސިޓީތައް ފޮނުވޭތޯ ކައުންސިލުން މަސައްކަތް ކުރާނެ ކަމަށެވެ. ރާއްޖެ ބައެއް މީޑިއާއަކުން ލިޔެފައިވާ ލިޔުންތަކަކާ ގުޅިގެން 30 ވަރަކަށް ސިޓީ ކައުންސިލުން ފޮނުވުމާ ގުޅިގެން އެ މައްސަލަ ފެންމަތިވުމާ އެކު ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒްއަލީ އަންގާރަ ދުވަހު ވަނީ އެފަދަ މައްސަލަތަކެއް ހުށަހަޅާފައި ނުވާނެ ކަމަށް ވިދާޅުވެ ޓްވީޓްތަކެއް ކުރައްވާފައެވެ. މުއާޒް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ލިޔެފައިވާ ކަމަށް ބުނާ މައްސަލަތަކެއް ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަން އޮފިސަރުގެ މެއިލަކުން ކައުންސިލްގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން ކައުންސިލުން އަމިއްލަ އަށް އިސްނެގުމުގެ ގޮތުން ބަލާ މައްސަލަތަކެއްގެ ގޮތުގައި ސިޓީ ފޮނުވުމާ ގުޅިގެންނެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލުން ހޯމަ ދުވަހު ނެރުނު ދެންނެވުމުގައި ބުނެފައި ވަނީ "އަބުރު ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގެ ދަށުން މޯލްޑިވްސް މީޑިޔާ ކައުންސިލުން ބައެއް ނޫސްވެރިންނަށް ފޮނުވާފައިވާ ސިޓީތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ ޗީފް ކޮމިޔުނިކޭޝަން އޮފިސަރުގެ މެއިލުން ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން ފޮނުވި ސިޓީތަކެއް ކަމަށާއި ނަމަވެސް އެގޮތަށް އެއްވެސް މައްސަލައެއް މޯލްޑިވްސް މީޑިޔާ ކައުންސިލަށް ހުށަހަޅާފައިނުވާ ކަމަށް ބުނެ ހޯމަ ދުވަހު ރައީސް އޮފީހުން ކައުންސިލަށް ސިޓީއަކުޔން އަންގާފައިވާ ކަމަށެވެ. މީޑިޔާ ކައުންސިލުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ގުޅުން ހުރި ފަރާތްތަކަށް ސިޓީ ފޮނުވާފައިވަނީ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ޝަކުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްޓަކައި ކަމާ ގުޅޭ ލިޔުންތަކާއި އެކުގައި ކަމަށް ކައުންސިލުން ބުނެފައި ވެއެވެ. މި ދެންނެވުން ނެރެފައި ވަނީ ރައީސް އޮފީހުގެ ތަރުޖަމާނުގެ ޓްވީޓްތަކާ ގުޅިގެން ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށް ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހުއެވެ. އެ ބައްދަލުވުމުގައި ނޫސް މީޑިއާތައް ތަމްސީލްކުރާ ބައެއް މެންބަރުން ވަނީ ކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަންގެ އިސްތިއުފާ އަށް ވެސް ގޮވާލާފައެވެ.

މެންބަރަކު ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ސިޓީތަކެއް އެއްފަހަރާ ކައުންސިލުން ނޫސްވެރިންނަށް ފޮނުވި އިރު އެކަން ބަލަންވާ ވަރަށް ރައީސް ބައްލަވާފައި ނުވާ ކަމަށާއި އަދި އެ މައްސަލަތައް މެންބަރުންނާ ވެސް ހިއްސާކުރައްވާފައި ނުވާ ކަމަށެވެ. އަދި މައްސަލަތައް ބެލުމަށް ސިޓީ ފޮނުވި އިރު އެ ޝަކުވާތަކުގެ ސައްހަކަން ބަލާފައި ނުވާ އިރު އެކަން ކޮށްފައި ވަނީ ވެސް މެންބަރުންގެ ބަހެއް ނެތި ކަމަށް ކައުންސިލްގެ މެންބަރު ވިދާޅުވިއެވެ. ކައުންސިލަކީ ރައީސް އޮފީހުން ޖަހާހާ ބެރަކަށް ނަށަން އޮތްތަނެއް ނޫން ކަމަށާއި އެހެން ކަމުން ސަރުކާރު ހިތްހަމަޖެއްސުމަށް ކައުންސިލުން ކަންކަން ކުރަންނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލުން ސިޓީ ފޮނުވާފައި ވަނީ ރާއްޖެޓީވީގެ ހަ ނޫސްވެރިއަކާ ގުޅޭ ޝަކުވާއާއި މިހާރު ނޫހުގެ ތިން ނޫސްވެރިއެއްގެ 14 ޝަކުވާއަކާއި ވީއެފްޕީއިން ޕަބްލިޝްކޮށްފައިވާ 10 ލިޔުމަކާ ގުޅޭ ޝަކުވާތަކަށް ޖަވާބުދާރީވުމަށެވެ. މިއީ މީޑިޔާ ކައުންސިލްގެ ތާރީހުގައި އެއްފަހަރާއި މިހާ ގިނަ އަދަދެއްގެ މައްސަލަތައް ބެލުމަށް ސިޓީ ފޮނުވި ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް

23 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް
20 މާރިޗު 2017

ނޫސްވެރިންނަށް އިންޒާރުދީ ކޯޓުން ނެރުނު ބަޔާނަކީ ޚުދުމުޚުތާރު ސިޔާސީ ބަޔާނެއް: އެމްޑީޕީ

20 މާރިޗު 2017
 ނޫސްވެރިންނަށް އިންޒާރުދީ ކޯޓުން ނެރުނު ބަޔާނަކީ ޚުދުމުޚުތާރު ސިޔާސީ ބަޔާނެއް: އެމްޑީޕީ
19 މާރިޗު 2017

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

19 މާރިޗު 2017
ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!
14 މާރިޗު 2017

ނެށުމުގެ ފަރިތަކުރުންތައް ވީޑިއޯކުރަންދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

14 މާރިޗު 2017
ނެށުމުގެ ފަރިތަކުރުންތައް ވީޑިއޯކުރަންދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި
02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު