Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބުރުގެ މައްސަލަ

ބްރޯޑްކޮމްގެ ޒިންމާ އަދާނުކޮށް، ބްރޯޑްކާސްޓަރުންގެ ފަހަތުން ދުވުން ނޫން ކަމެއް ނެތް: ހަސީނު

ހަސީނު ވިދާޅުވަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކޮމިޝަނުގެ ގާބިލުކަން ނެތްކަމަށް އިއުތިރާފު ވެފައިވާ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 22 މެއި 2017 | ހޯމަ 14:52
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޖަވާބުދާރީވުމަށް ފަހު، އަލީ ޔޫސުފާއި ގާނޫނީ ވަކީލު ހަސީނު ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަނީ

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޖަވާބުދާރީވުމަށް ފަހު، އަލީ ޔޫސުފާއި ގާނޫނީ ވަކީލު ހަސީނު ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަނީ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާ އަދާނުކޮށް، ފެންނަމުންދަނީ ބްރޯޑްކާސްޓަރުގެ ފަހަތުން ދުވުމާއި ވަކި މީޑިއެއްގެ ފަހަތުން ނެއްޓިގެން ނޫޅެވޭ މަންޒަރު ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަބްދުﷲ ހަސީނު ވިދާޅުވެއްޖެއެވެ.

ހަސީނު އެގޮތަށް ވިދާޅުވީ ރާއްޖެޓީވީގެ ނިއުސް ޑައިރެކްޓަރ އަލީ ޔޫސުފް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހާޒިކުރަމުންދާ އަބުރުގެ މައްސަލާގައި އެކޮމިޝަނަށް ޖަވާބުދާރީވުމަށް ފަހު އެކޮމިޝަނުން ނިކުމެވަޑައިގެންނެވުމަށް ފަހު ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ހަސީން ވަޑައިގެންނެވީ ރާއްޖެޓީވީން ގެނެސްދިން ޚަބަރަކާ ގުޅިގެން ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހީމް 50،000ރ. އިން ޖޫރިމަނާކުރި މައްސަލަ އަލުން ރިވިއުކުރުމަށް ކަމަށް ބުނެ އެ ކޮމިޝަނުން ބަލަމުން ގެންދާ މައްސަލައިގަ އަލީ ޔޫސުފް ހާޒިރުކުރުމުން އޭނާގެ ވަކީލެއްގެ ގޮތުގައެވެ.

އަލީ ޔޫސުފްގެ ވަކީލެއްގެ ގޮތުގައި ވަޑއިގެން ހަސީން ވިދާޅުވީ ދައުލަތުން ވަރަށް ބޮޑު ހަރަދެއް ކޮށްގެން ހިންގަމުންދާ ބްރޯޑް ކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންގެ ފަހަތުން ދުވުމަށް ވުރެ، ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅުން މާމުހިއްމު ކަމަށެވެ. ނަމަވެސް ފެންނަމުން ދަނީ ގާނޫނީ ޒިންމާވެސް އަދާނުކުރެވޭތަންކަމަށާއި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ވެސް ބެލުމުގެ ގާބިލްކަން ނެތްކަމަށް އެކޮމިޝަނުން ބުނުމަކީ ހައިރާންވާ ކަމެއް ވެސް ނޫން ކަމަށެވެ.

"ބްރޯޑްކާސްޓިންގ ކޮމިޝަނުން ޒިންމާދާރުކަމާ އެކު މިގައުމުގެ ހާލަތު ރަނގަޅު ކުރުމަށް، ބްރޯޑްކާސްޓްކުރާ ފަރާތްތަކަށް ފުރުސަތުތައް ތަނަވަސްކޮށްދީ، އެފަރާތްތަކަށް ކުރިއެރުން ލިބޭނެ ގޮތަކަށް އަމަލުކުރައްވާ ކަމަކަށް ފާހަގައެއް ނުކުރެވޭ. އޭގެބަދަލުގައި ބްރޯޑްކާސްޓަރުން ފަހާދުވެ، ބްރޯޑްކާސްޓަރުންނަށް އެކިއެކި ދިއްތުރާތައް ކުރިމަތިކޮށް، ސިޔާސީގޮތުން ވަކިކަހަލަ ނުފޫޒުތަކެއް ފޯރުވަމުންދާ ފަރާތެއްގެ ގޮތުގައި ފާހަގަކުރެވެނީ،" ހަސީނު ވިދާޅުވި އެވެ.

ހަސީން ވިދާޅުވީ މިހާރު ފެނިގެންދަނީ ޚަބަރު ލިޔުނު ނޫސްވެރިޔާގެ ބަދަލުގައި އަނެއްކާ ވެސް ބްރޯޑްކާސްޓަރެއްގެ ފަހަތުން ކޮމިޝަން ދުވާ މަންޒަރުކަމަށާއި ގާނޫނުއަސާސީއާ ޚިލާފަށް މައްސަލަ ބެލި ކަމަށް އިއުތިރާފްވި ބަޔަކު ދެން އަލުން އެފަދަ ކަމެއް ތަކުރާރުނުކުރާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ.

އަލީ ޔޫސުފް ވިދާޅުވީ ކޮމިޝަނުން ކުރީ ދެ ސުވާލެއް ކަމަށާއި އެއީ ރާއްޖެ ޓީވީގައި ޚަބަރު ގެނެސްދިނުމުގައި އަމަލުކުރާ ގޮތާއި އާލާ ލިޔުނު ޚަބަރުގައި އަބުރު ގެއްލުނު ކަމަށް ބުނާ މީހާގެ ނަން ޚަބަރުގައި ހިމެނީ އޭނާ ނޫން ކަމަށް ބުނާ މައްސަލައަކާ ބެހޭ ގޮތުން ކަމަށެވެ.

އަލީ ޔޫސުފް ވިދާޅުވީ އާލާ ފުރަތަމަ ޖޫރިމަނާ ކުރީ ގާނޫނުއަސާސީގައި ބުނާ ފަދައިން މައްސަލަ ރައްދުވާ ފަރާތުގެ ބަހެއް ނުހޯދައި ކަމަށް ވާތީ އެއީ ގާނޫނުއަސާސީއާ ހިލާފް ނިންމުމެއް ކަމަށް ކޮމިޝަނުން ނިންމައި އެ މައްސަލަ އަލުން ރިވިއުކުރަން ނިންމި އިރު އެ މައްސަލައާ ގުޅިގެން ރާއްޖެ ޓީވީ 200،000ރ. އިން ޖޫރިމަނާކުރި ކުރުން ބާތިލްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ އަސްލަކީ އާލާ ލިޔުނު ޚަބަރު ކަމަށްވާ އިރު އެ މައްސަލަ ބާތިލްކުރާ ނަމަ ރާއްޖެޓީވީގެ ޖޫރިމަނާ ވެސް ބާތިލް ވާނެ ކަމަށް އަލީ ޔޫސުފް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

06 އެޕްރީލު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު

މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު

21 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު