Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބްރޯޑްކާސްޓިންގ ކޮމިޝަން

ބްރޯޑްކޮމްގެ މެމްބަރުންގެ އިތުބާރު ނެތް ކަމަށްބުނެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ނިންމައިފި

ކޮމިޝަނުން އަޅަމުންދަނީ ބޭއިންސާފު ފިޔަވަޅުތަކެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 12 އެޕްރީލު 2017 | ބުދަ 19:35
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުންނަކީ ހަވާލު ކުރެވުނު ގާނޫނީ ޒިންމާ އަދާ ކުރުމަށް ނުކުޅެދިފައިވާ ބައެއް ކަމަށް ގަބޫލު ކުރެވޭތީ އެ ކޮމިޝަނަށް މިހާރު އައްޔަން ކުރައްވާފައިވާ މެމްބަރުން މަގާމުން ވަކި ކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ރާއްޖެޓީވީން ނިންމައިފި އެވެ.

ރާއްޖެޓީވީން ބުނީ މިޕެޓިޝަން ހުށަހަޅަން ނިންމީ ބްރޯޑްކާސްޓިންގ ކޮމިޝަނުން މިނިވަން މީޑިއާގެ މާހައުލެއް ރާއްޖޭގައި ގާއިމުކުރުމުގެ ބަދަލުގައި ވަކިވަކި މީޑިއާތަކުގެ މަސައްކަތަށް ހުރަސްއަޅަމުންދާކަން ފާހަގަ ކުރެވިފައިވާތީ ކަމަށެވެ.

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ސަރީހަގޮތެއްގައި ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި މީޑިއާގެ މިނިވަންކަމުގެ ހައްގަށް ބުރޫއަރުވައި، މީޑިއާގެ މަސައްކަތަށް ހީނަރުކަން އަންނަ ގޮތެއްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަކުރާރުކޮށް އަމަލުކުރަމުންދާތީ ކަމަށް ރާއްޖެޓީވީން ބުންޏެވެ.

ރާއްޖެ ޓީވީން ބުނީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ގާނޫނުގައި ވާގޮތަށް މިނިވަންކަމާ މުސްތަގިއްލު ކަންމަތީ، ވަކި ފަރާތަކަށް ބުރަނުވެ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ގޮތެއްގައި އެ ކޮމިޝަނުން މަސައްކަތް ނުކުރާކަމުގެ ފާޅުކަންބޮޑު ހެކިތައް ފެންނަމުންދާ ކަމަށެވެ.

ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުން ދާއިރު މިފަދަ އަމަލުތައް ރައްދުވަނީ ވަކި މީޑިއާތަކަކަށްކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ގާނޫނީ ގޮތުން ބްރޯޑްކާސްޓް މީޑިއާތަކުގެ މަސައްކަތްތަކަށް އުސޫލީގޮތުން ބާރުވެރިކަން ދިނުމުގެ މަގުސަދުގައި އުފައްދާފައިވާ މުއައްސަސާއެއް ކަމުގައި ވީނަމަވެސް، އެ ކޮމިޝަނުގެ މަސައްކަތްތައް ބޮޑަށް ބައްޓަން ކުރެވިފައިވަނީ މިޑިއާތައް ބާރުވެރިކުރުވުމުގެ ބަދަލުގައި މީޑިއާތަކުގެ މަސައްކަތްތަކަށް ނަހަމަގޮތުގައި ނުފޫޒު ފޯރުވުން ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި ޓާގެޓް ކޮށްގެން ބްރޯޑްކާސްޓިންގ ކޮމިޝަނުން އަޅަމުންދާ ބޭއިންސާފު ފިޔަވަޅުތަކުގެ ސަބަބުން، ބިރުވެރި ކަމެއް، ބިރު ދެއްކުމެއް ނެތި ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ރާއްޖޭގައި އޮތަ ނުދިނުމަށް ކޮމިޝަނުގެ މެމްބަރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ބެލެވޭ ކަމަށްވެސް ރާއްޖެޓީވީން ބުންޏެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ އަމިއްލަ އިސްނެގުމަކަށް ހުށަހަޅައި، އަމިއްލަ އަށް ތަހްގީގުކޮށް، އަމިއްލަ އަށް ނިންމާ މައްސަލަތަކުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގެ ހަމަތަކާ ވެސް ފުށުއަރާ ނިންމުންތަކެއް ކަމަށް ބެލެވޭނެ ހެކި ލިބެން އެބަހުރި ކަމަށާއި، މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުމުގައި އިންސާފާއި ހަމައިން އެއްކިބާވެ ތިބެ، ވަކި ފަރާތަކަށް އަދަބު ދިނުމާއި، ވަކި ފަރާތްތަކެއްގެ މަސްލަހަތު ހިމާޔަތް ކޮށްދިނުމާއި، ކަންކަން ނިންމުމުގައި ދެފުށްފެންނަ ހަމަ ހަމަ އުސޫލެއް ގެންގުޅޭކަން އެނގެން ނެތް ކަމަށް މިޕެޓިޝަނުގައި ބުނެފައިވެ އެވެ.

ޕްރޮފެޝަނަލް މިންގަނޑުތަކުން އެއްކިބާވެ، އަދުލު އިންސާފުގެ މަގުން އެކަހެރިވެ ތިބެ ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމަމުންދާ ނިންމުންތަކާއި، އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ރީތި ނަން ކިލަނބުވެ، ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު ދަށްވަމުންދާ ކަމުގެ ތަސައްވުރެއް އުފެދެމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

މީޑިއާތަކާއި، މީޑީއާގައި މަސައްކަތް ކުރާ ފަރާތްތަކަށް މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް އުފެއްދުމަށް އެ ކޮމިޝަނުން އިސްނަގައިގެން ކުރި އެއްވެސް މަސައްކަތެއް ނުކޮށް ހަމައެކަނި އަމިއްލަ އަށް އިސްނަގައިގެން ކުރާ ކަމަކީ ބްރޯޑްކާސްޓަރުން ނައްތާލުމަށް ކުރާ މަސައްކަތްތަކެއް ކަން ފެންނަން އެބައޮތް ކަމަށާއި، އެ ކޮމިޝަންގައި މިހާރު ތިއްބެވި މެމްބަރުންނަކީ އިތުބާރު ކުރެވޭނެ މެމްބަރުން ކަމަށް ގަބޫލު ކުރެވޭނެ އެއްވެސް ހަމައެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށް މިފެޓިޝަނުގައި ވަނީ ބުނެފައެވެ.

އަދި ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންގެ އަމަލުތައް ހުރި ގޮތުން ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމުގައި ބެލެވޭ ނޫސްވެރި ކަމަށް ހީނަރުކަން އައިސް ބްރޯޑްކާސްޓަރުން އިނދަޖެހި ހަރުދަނާ ޑިމޮކްރަސީއެއްގައި އޮންނަންޖެހޭ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަނިވެގެން ހިނގައިދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު