Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީން މަރާލުން

ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުންނާއި ބްރޯޑްކޮމްގެ "އިލްތިމާސް" މީޑިއާތަކަށް!

ބަޔާންތަކުގައިވަނީ މައްސަލައާއި ގުޅޭ ޚަބަރާއި މަންޒަރު ނުދެއްކުމަށް އިލްތިމާސްކޮށްފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 25 އެޕްރީލު 2017 | އަންގާރަ 23:16
ޔާމީނަށް ހަމަލާދީ، އޭނާ މަރާލި ކަމަށް ތުޙުމަތުކުރެވޭ ދެމީހުން

ޔާމީނަށް ހަމަލާދީ، އޭނާ މަރާލި ކަމަށް ތުޙުމަތުކުރެވޭ ދެމީހުން

އަނިޔާވެރި ހަމަލާއެއްދީ މަރާލާފައިވާ ލިޔުންތެރިޔާ އަދި އެކްޓިވިސްޓް، ޔާމީން ރަޝީދު (ޗަނބޭލީގެ/ ސ.ފޭދޫ، 29އ) ގެ މަރުގެ ތަހުގީގަށް ހުރަސްއެޅޭ ފަދަ މައުލޫމާތު ހިމެނޭ ޚަބަރާއި ވީޑިއޯ އަދި ތަސްވީރު މީޑިއާތަކުން ހިއްސާ ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން "އިލްތިމާސް" ކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ފުލުހުން ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވަނީ، ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ މި ނާޒުކު ވަގުތުގައި އެ ހާދިސާ އާއި ގުޅޭގޮތުން އެކި ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ޚަބަރާއި މައުލޫމާތު މީޑިއާގެ ފަރާތްތަކުން ރައްޔިތުންނާއި ހިއްސާކުރުމުން މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި، ކުރެވެމުންދާ މަސައްކަތުގެ ނަތީޖާއަށް އަސަރު ކުރާނެ ކަމަށް ގަބޫލު ކުރެވޭތީ އެފަދަ މައުލޫމާތު ހިމެނޭ ޚަބަރާއި ވީޑިއޯ އަދި ތަސްވީރު މީޑިއާތަކުން ހިއްސާ ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރާ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައާއި ގުޅޭގޮތުން އެކި ޥާހަކަތައް ނުފެތުރުމަށް އެދި ފުލުހުން ހޯމަ ދުވަހު ބަޔާނެއްވެސް ނެރެފައިވާއިރު، އެ ބަޔާނާއި ހަވާލާދީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގާރަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅޭނެފަދަ ނުވަތަ އާންމުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ހަމަ އެއާއިއެކު ބްރޯޑްކޮމްގެ ބަޔާނުގައި ވަނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށާއި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އިމުގެތެރެއިން މަސައްކަތްކުރުމަށް ސަމާލުކަން ދިނުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް "ނަސޭހަތްތެރި" ވާކަމަށެވެ.

ފުލުހުންގެ ޓްވީޓްތަކާއި، އަދި ޚާއްސަކޮށް ބްރޯޑްކޮމްގެ ބަޔާނަކީ މި ނާޒުކު ދަނޑިވަޅުގައި ނޫސްވެރިންނަށް އެމީހުންގެ ޒިންމާ އުފުލުމަށް ހުސްއެޅޭގޮތަށް ބިރުދެއްކުމަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް ގިނަ ނޫސްވެރިންތަކެއް ބުނަމުންދާއިރު، ފުލުހުން މިފަދަ ޓްވީޓްތަކެއްކޮށް، ބްރޯޑްކޮމް އިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ރާއްޖޭގެ ބައެއް މީޑީއާތަކުން މި މައްސަލައިގައި ލިބުނު މައުލޫމާތުތަކާއި، ވީޑިއޯ އަދި ތަސްވީރުގެ އެހީގައި މައްސަލައާއި ގުޅޭ ތަހުގީގީ ރިޕޯޓްތަކެއް އާންމުންނާއި ހަމައަށް ގެނެސްދީފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ރާއްޖެއެމްވީއިން އަންގާދަ ދުވަހުގެ މެންދުރު ފަހު، އަދި ރާއްޖެޓީވީން އަންގާރަދުވަހުގެރޭ މި ހަމަލާގެ ޓައިމްލައިނެއް ގެނެސްދީފައިވާއިރު، ރާއްޖޭގެ ބައެއް އެހެން އޮންލައިން ނޫސްތަކުންވެސް ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި މި ހަމަލާ އާއި ގުޅޭ ރިޕޯތްތައް ގެނެސްދެމުންނެވެ.

ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި، ކުރެވެމުންދާ މަސައްކަތުގެ ނަތީޖާއަށް އަސަރު ކުރާނެ ކަމަށް ގަބޫލު ކުރެވޭތީ ތަހުގީގަށް ހުރަސްއެޅޭފަދަ މައުލޫމާތު ހިމެނޭ ޚަބަރާއި ވީޑިއޯ އަދި ތަސްވީރު މީޑިއާތަކުން ހިއްސާ ނުކުރުމަށް ފުލުހުން "އިލްތިމާސް" ކޮށްފައިވާއިރު، މި މައްސަލަ އާއި ގުޅޭ ސީސީޓީވީ ފުޓޭޖާއި، ޔާމީންއަށް ހަމަލާދިންކަމަށް ތުހުމަތު ކުރެވޭ ދެމީހުންގެ ފޮޓޯ، އެމީހުން ހައްޔަރު ނުކުރެވެނިސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު