Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން މިނިވަންކުރުން

ޔާމީން މިނިވަންކުރުމާމެދު ސުވާލުކުރުމުން ސަރުކާރުގެ ސީދާ ޖަވާބެއް ނުލިބުނު

14 ޑިސެމްބަރު 2023 | ބުރާސްފަތި 11:33

ޔާމީން މިނިވަންކުރުމާމެދު ސުވާލު ދެންނެވުމުން ފިރުޒުލްދެއްކެވީ ޝަރުއީ ދާއިރާ މިނިވަންކުރުމާއި އެ ދާއިރާ އިސްލާހުކުރުމުގެ ވާހަކަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ޑިސެމްބަރު 2023 | ބުރާސްފަތި 11:33
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ، އަލްއުސްތާޒް މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ، އަލްއުސްތާޒް މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިިނިވަންކުރުމާމެދު ސުވާލުކުރުމުން ސަރުކާރަށް ސީދާ ޖަވާބެއް ނުދެވުނެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ، ޔާމީން ދޫކޮށްނުލެވި ވަނީ ކޮން ކަމެއް ނުކުރެވިގެންތޯ ސުވާލުކޮށްފައެވެ. އެހެންނަމަވެސް އެކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލު އެކަމަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

Advertisement - newsAdvertisement

ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވުމާއި ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންދާ ޔާމީން މިނިވަންކޮށްދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެ ކަމަށްވެސް، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު އޭރު ވިދާޅުވީ ޔާމީން މިނިވަން ނުކުރެވި ވަނީ އޭރުގެ ސަރުކާރުން ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރުވާތީ ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުން ޔާމީނަށް ދިން ލުއިތައް ފިޔަވައި އިތުރު އެއްވެސް ލުޔެއް މި ސަރުކާރުން ދީފައެއްނުވެއެވެ.

ޔާމީން މިނިވަންކުރުމާމެދު ސުވާލު ދެންނެވުމުން، ފިރުޒުލް ދެއްކެވީ ޝަރުއީ ދާއިރާ މިނިވަންކުރުމާއި އެ ދާއިރާ އިސްލާހުކުރުމުގެ ވާހަކައެވެ. އަދި ޝަރުއީ ދާއިރާއަށް ފޯރުވާ ނުފޫޒު ނައްތާލުމާއި، ސަރުކާރުން ޖުޑީޝަރީ އިސްލާހުކުރުމަށް ގެންގުޅޭ ސިޔާސަތުތަކުގެ ވާހަކަދެއްކެވިއެވެ. އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ގާނޫނުތައް އިސްލާހުކުރުމުގެ ވާހަކަވެސް ދެއްކެވިއެވެ. ނަމަވެސް ޔާމީން މިނިވަން ނުކުރެވި އޮތް ސަބަބު ސާފުކޮށެއް ނުދެއްވައެވެ. އަދި އެކަމަށްޓަކައި ކުރައްވާ މަސައްކަތްތަކެއް ވެސް ހާމައެއް ނުކުރައްވައެވެ.

ޔާމީން މިނިވަންކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން މަސައްކަތް ނުކުރާތީ އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މީގެ އިތުރުން ޔާމީން މިނިވަންކުރުމާމެދު އެކި ފަހަރު އެކި ގޮތަށް މުއިއްޒު ވާހަކަދައްކަވާފައިވާތީ، ޔާމީނަށް ތާއީދުކުރާ އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާ އެންމެ ބޮޑު އެއް މަގުސަދަކީ ޔާމީން މިނިވަންކުރެއްވުން ކަމަށް ވިދާޅުވެ އޭރު ކެމްޕެއިން ކުރެއްވިނަމަވެސް، ވެރިކަން ލިބުމުން ރާގު ބަދަލުވެފައިވާކަމަށް އާއްމުން ދަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް