Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް

އިސްރާއިލުން ޣައްޒާގެ ކަމަލް އަދުވާން ހޮސްޕިޓަލްގެ ސްޓާފުން ހައްޔަރުކުރަނީ

ސިއްހީ ފަރުވާދޭ ފަރާތްތަކަށް މިހާރު ވަނީ ފަރުވާދޭނީ ކޮންބަޔަކަށްތޯ އަދި ފަރުވާނުދީ ދޫކޮށްލާނީ ކޮންބަޔެއްތޯ އިހުތިޔާރުކުރަން މަޖުބޫރުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 13 ޑިސެމްބަރު 2023 | ބުދަ 15:25
އިސްރާއިލުން ވަނީ ކަމަލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު އަލް-ކަހްލޫތު ހިމެނޭހެން އެހޮސްޕިޓަލްގެ ގިނަ އަދަދެއްގެ ސްޓާފުން ހައްޔަރުކޮށްފައި

އިސްރާއިލުން ވަނީ ކަމަލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު އަލް-ކަހްލޫތު ހިމެނޭހެން އެހޮސްޕިޓަލްގެ ގިނަ އަދަދެއްގެ ސްޓާފުން ހައްޔަރުކޮށްފައި

އިސްރާއިލުގެ އަސްކަރިއްޔާއިން ދަނީ އަދިވެސް ޣައްޒާގެ ކަމަލް އަދުވާން ހޮސްޕިޓަލްގެ ސްޓާފުން ހައްޔަރުކުރުަމުން ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އިސްރާއިލް އަސްކަރިއްރާއިން ވަނީ ކަމަލް އަދުވާން ހޮސްޕިޓަލް ވަށާލައި، އެހޮސްޕިޓަލް ހުސްކުރުމަށް އަމުރުކޮށްފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، އިސްރާއިލުން ވަނީ ކަމަލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު އަލް-ކަހްލޫތު ހިމެނޭހެން އެހޮސްޕިޓަލްގެ ގިނަ އަދަދެއްގެ ސްޓާފުން ހައްޔަރުކޮށްފައެވެ. އަދިވެސް އެހޮސްޕިޓަލްގެ ޑޮކްޓަރުންނާ ނަރުހުން ހިމެނޭހެން ސިއްހީ އެހީތެރިންނާ އެހެނިހެން ސްޓާފުން އިިސްރާއިލުން ހައްޔަރުކުރަމުންދާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން މައުލޫމަތުދޭގޮތުގައި މިހާރުވެސް، ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިޔާ ހިމެނޭހެން، ޣައްޒާގެ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 38 މީހަކު ހުރީ އިސްރާއިލުން ހައްޔަރުކޮށްފައެވެ.

އިސްރާއިލް އަސްކަރިއްޔާއިން ވަނީ އެހޮސްޕިޓަލްގައި ރައްކާތެރިކަން ހޯދަމުންދާ ޣައްޒާގެ ރައްޔިތުންނަށް އެތަން ދޫކޮށް ދިއުމަށް އަމުރުކޮށްފައެވެ. އެހެން ބުނުމަށްފަހު، އިސްރާއިލުން ވަނީ ހޮސްޕިޓަލް ދޫކޮށް ދާން އުޅުނު މީހުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދީފައެވެ. މިހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަސް މީހުން މަރުވެފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.

އަލް-އަދުވާ ހޮސްޕިޓަލަކީ ޣައްޒާގެ އުތުރުގައި މިހާރު ބޭނުންކުރެވެން ހުރި ހަމައެކަނި ހޮސްޕިޓަލެވެ. އިސްރާއިލުން އެހޮސްޕިޓަލް ހިސާރުކުރުމާއެކު، މިހާރު ޣައްޒާގެ އުތުރުގައި، ރައްޔިތުންނަށް ފަރުވާދޭނެ އެހެން ހޮސްޕިޓަލެއްނެތެވެ. އަދި ދެކުނުގައި ހުރި މަދު ހޮސްޕިޓަލްތަށް ވަނީ އަނިޔާލިބެމުންދާ ހުރިހާ އެންމެނަށް ފަރުވާދޭން ނުކުޅެދިފައެވެ.

ދެކުނުގެ ހޮސްޕިޓަލްތަކުގައިވެސް އެކަށީގެންވާ އަދަދަށް، ބޭނުންވާ ސިއްހީ ސާމާނު ނެތް އިރު، ސިއްހީ ފަރުވާދޭ ފަރާތްތަކަށް މިހާރު ވަނީ ފަރުވާދޭނީ ކޮންބަޔަކަށްތޯ އަދި ފަރުވާނުދީ ދޫކޮށްލާނީ ކޮންބަޔެއްތޯ އިހުތިޔާރުކުރަން މަޖުބޫރުވެފައެވެ.

އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 19،000އާ ގާތްކޮށްފައިވާއިރު، އަނިޔާލިބުނު މީހުންގެ އަދަދު ވަނީ 50،000ން މައްޗަށް އަރާފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ހޮސްޕިޓަލްތަކަށް ބޭނުންވާ ތެލާ، އެހެނިހެން ސިއްހީ ސާމާނު ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށް ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

04 ޖުލައި 2018

ގްރޭޓް މާޗް އޮފް ރިޓަރން: މުޒާހަރާކުރި ޣައްޒާގެ އަންހެނުންތަކެއް އިސްރާއީލު ސިފައިން ޒަޚަމްކޮށްލައިފި

04 ޖުލައި 2018
ގްރޭޓް މާޗް އޮފް ރިޓަރން: މުޒާހަރާކުރި ޣައްޒާގެ އަންހެނުންތަކެއް އިސްރާއީލު ސިފައިން ޒަޚަމްކޮށްލައިފި
20 ޖޫން 2018

ިއިސްރާއީލުން ޣައްޒާގެ 25 ޓާގެޓަކަށް ހަމަލާ ދީފި

20 ޖޫން 2018
ިއިސްރާއީލުން ޣައްޒާގެ 25 ޓާގެޓަކަށް ހަމަލާ ދީފި
19 މެއި 2018

ޣައްޒާގައި އިސްރާއިލުން ހިންގާ ލާއިންސާނީ އަމަލުތަކާ ބެހޭ މިނިވަން ތަހުގީގެއް ހިންގުމާ ދެކޮޅަށް އެމެރިކާ އާއި އޮސްޓްރޭލިއާއިން ވޯޓު ދީފި

19 މެއި 2018
ޣައްޒާގައި އިސްރާއިލުން ހިންގާ ލާއިންސާނީ އަމަލުތަކާ ބެހޭ މިނިވަން ތަހުގީގެއް ހިންގުމާ ދެކޮޅަށް އެމެރިކާ އާއި އޮސްޓްރޭލިއާއިން ވޯޓު ދީފި
14 މެއި 2018

ޣައްޒާގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 41 މީހުން ޝަހީދުކޮށްލައިފި

14 މެއި 2018
ޣައްޒާގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 41 މީހުން ޝަހީދުކޮށްލައިފި
16 އެޕްރީލު 2018

ޣައްޒާގެ އެންމެ ދިގު ޓަނަލް އިސްރާއީލުން ތަޅާލައިފި

16 އެޕްރީލު 2018
ޣައްޒާގެ އެންމެ ދިގު ޓަނަލް އިސްރާއީލުން ތަޅާލައިފި
31 މާރިޗު 2018

ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި

31 މާރިޗު 2018
ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި
29 ޑިސެމްބަރު 2017

ގުދުސްގެ ގަރާރާ ދެކޮޅަށް ވޯޓު ދިނުމަށް ނައޫރޫއަށް އިސްރާއިލުން ހަދިޔާކުރީ ފެނާއި ނަރުދަމާގެ ނިޒާމެއް!

29 ޑިސެމްބަރު 2017
ގުދުސްގެ ގަރާރާ ދެކޮޅަށް ވޯޓު ދިނުމަށް ނައޫރޫއަށް އިސްރާއިލުން ހަދިޔާކުރީ ފެނާއި ނަރުދަމާގެ ނިޒާމެއް!
03 ނޮވެމްބަރު 2017

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

03 ނޮވެމްބަރު 2017
ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި
05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް