Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީނު އިސްރާއީލް ހަނގުރާމަ

ނުކުޅެދޭ ދަރިފުޅަށްޓަކައި ޢާއިލާއަކުން ވާ ޤުރުބާނީ: ފާޚާނާކޮށްލަންވެސް 1 ކިލޯމީޓަރަށް ހިނގަންޖެހޭ!

ގެދޮރު ގެއްލި، އެއްތަނުން އަނެއް ތަނަށް ޢާއިލާއާއެކު ބަދަލުވަމުން އެ ދަނީ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ވޭނާވެސް އެކީގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2023 | ބުރާސްފަތި 10:22
ޢުމުރުން 13 އަހަރުގެ ޒަކަރިއްޔާއަކީ އޮސްޓިއޯޖެނެސިސް އިމްޕަރފެކްޓާ (އޯއައި) ނުވަތަ ބްރިޓްލް ބޯންސް ބަލި ހުންނަ ކުއްޖެއް

ޢުމުރުން 13 އަހަރުގެ ޒަކަރިއްޔާއަކީ އޮސްޓިއޯޖެނެސިސް އިމްޕަރފެކްޓާ (އޯއައި) ނުވަތަ ބްރިޓްލް ބޯންސް ބަލި ހުންނަ ކުއްޖެއް

ފުރާވަރު ޢުމުރުގެ ދުވަސްވަރަކީ ޙަޔާތުގައި އަންނަ އެންމެ ހަލަބޮލި ދުވަސްވަރެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ބޮޑެތި ބަދަލުތަކެއް އައިސް، ޒުވާން ދުވަސްވަރަށް ކެތްމަދުވާ ދުވަސްތަކެކެވެ. ހަމަ އެފަދައިން، ފުރާވަރު ޢުމުރުގެ ދުވަސްތަކަކީ އެތައް ގޮންޖެހުންތަކަކާވެސް ކުރިމަތިލާން ޖެހޭ ދުވަސްވަރެކެވެ. އެ ހުރިހާ ކަމެއްގެ މައްޗަށް، އެހެން ބައެއްގެ އަޅުވެތިކަމުގެ ޝިކާރައަކަށް ވާން ޖެހުމުން ދެން އެކުރެވޭ އިޙްސާސްތަކަކީ، އެހެން މީހަކަށް ކިޔައިދެވޭނެ އިޙްސާސްތަކެއް ނޫނެވެ.

ނިރުބަވެރި ޔަހޫދީންގެ މުށްދަށުލާފައި އޮތް ޣައްޒާގައި ދިރިއުޅެމުން އަންނަ ޒަކަރިއްޔާ ޝަދާއަކީ އޭނާގެ ފުރާވަރު ޢުމުރުގެ ދުވަސްތައް އިންތިހާ ތަކުލީފުގައި ގުނަން މަޖުބޫރުވެފައިވާ ކުއްޖެކެވެ. ގެދޮރު ގެއްލި، އެއްތަނުން އަނެއް ތަނަށް ޢާއިލާއާއެކު ބަދަލުވަމުން އެ ދަނީ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ވޭނާވެސް އެކީގައެވެ.

ޢުމުރުން 13 އަހަރުގެ ޒަކަރިއްޔާއަކީ އޮސްޓިއޯޖެނެސިސް އިމްޕަރފެކްޓާ (އޯއައި) ނުވަތަ ބްރިޓްލް ބޯންސް ބަލި ހުންނަ ކުއްޖެކެވެ. ބްރިޓްލް ބޯންސް ބައްޔަކީ، ޖެނެޓިކް ކަމެއްގެ ސަބަބުން، ހަށިގަނޑުގެ ކަށިތައް ވަރުގަދަވެ ހެދިގަތުމަށް ހުރަސް އަޅާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ޒަކަރިއްޔާގެ ހަށިގަނޑުގެ ދިފާޢީ ބާރު ދަށްކޮށްލައެވެ. އަދި އާދަޔާ ޚިލާފަށް ފިނީގެ އަސަރުވެސް ކުރެއެވެ.

ދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރަމުން ދިޔައިރު ޒަކަރިއްޔާގެ ބައްޕަ، ޒާހިރު ޝަދާ ދިޔައީ އެ ޢާއިލާއިން ދެން ދިރިއުޅޭނެ ވަގުތީ ހިޔާވަހި ރާވަމުންނެވެ. ޒާހިރު އަވަދި ނެތި އުޅެމުން ދިޔައީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހުގައި ޓެންޓެއް ޖަހާލެވޭތޯއެވެ.

ޒަކަރިއްޔާގެ ޢާއިލާއިން އެންމެ ފުރަތަމަ ނުކުތީ ޣައްޒާގެ އުތުރުގައި އަލް-ޝާތީ ރެފިއުޖީ ކޭމްޕުގައި އެމީހުން ދިރިއުޅެމުން ދިޔަ ގެއިންނެވެ. މިޞްރާބު ޖެހީ ޚާން ޔޫނިސްއަށެވެ. ޔަހޫދީ އިސްރާއީލުގެ ނިރުބަވެރި އަސްކަރިއްޔާއިން އަނެއްކާވެސް ޢަމުރު ކުރީ އެތަން ދޫކޮށް ދިއުމަށެވެ. ޚާން ޔޫނިސްގައިވެސް ތިބެވޭ ގޮތް ނުވެ، ރަފަހަށް ބަދަލުވީ އެހެންވެއެވެ.

ޑިސެމްބަރ 5 ވީ އަންގާރަ ދުވަހަކީ ޣައްޒާގެ ދެކުނުގެ މައި ސިޓީ ކަމަށް ވާ ޚާން ޔޫނިސްގައި އިސްރާއީލުންގެ ޙަމަލާތައް އެންމެ ވަރުގަދަ ކުރި ދުވަހެވެ. ޢުދުވާންތަކުގައި ފުރާނަ ގެއްލިދިޔަ މީހުންގެ ހަށިގަނޑުތަކާއި ޒަޚަމްވީ މީހުންނައިގެން ހޮސްޕިޓަލުތަކަށް ނުކަތާ ވަރަށް ބާރުބޮޑުވި ދުވަހެކެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު އިސްރާއީލުން ފެށި ޤަތުލުޢާންމު ހަފުތާއެއްހާ ދުވަހަށް މަޑުޖައްސާލުމަށްފަހު ޑިސެމްބަރ 1 ވަނަ ދުވަހު އަލުން ފަށާފައި ވާ އިރު، އަންގާރަ ދުވަހަކީ، ނިރުބަވެރި ޙަމަލާތައް އެންމެ ވަރުގަދަ ކުރި ދުވަހެވެ. އެއްގަމު މަގުން ޚާން ޔޫނިސްއަށް ބަރު ޓޭންކަރުތައް ވައްދާލި ދުވަހެވެ.  

ނަސްލު ދޮވެލުމުގެ ޢުވާނީ ޤަތުލުޢާންމު ފެށިފަހުން 2 މަސް ވީ އިރު ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދު 17000 އަށް އަރައެވެ. ޒަޚަމްވީ މީހުންގެ ޢަދަދު ބައިލައްކައަށް އަރާއިރު، 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ 80 ޕަސެންޓް މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ދުނިޔެފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު