Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޣައްޒާގެ ދަނޑުބިންތަކަށް ގެއްލުން ދިނުން

ދަނޑުބިންތަކާއި ގަސްގަހާގެހިވެސް ޔަހޫދީންގެ ކުރިމަތީގައި 'ނިރުބަވެރި' ވީ ތާ!

ދަނޑުބިންތަކަށް ގެއްލުން ދެނީ ޣައްޒާގެ ރައްޔިތުން ބިކަކޮށް، ޙާލުގައި ޖެއްސުމުގެ ނިޔަތުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2023 | ހޯމަ 04:58
އޮކްޓޯބަރ މަހަކީ ޣައްޒާއަށް ޓޮމާޓޯ މޫސުން ކަމަށްވާއިރު، އެމަހުގެ 7 ވަނަ ދުވަހަކީ، ހަނގުރާމަ ފެށި ދުވަސްކަމުން ޓޮމާޓޯ މޫސުން ވަނީ އެއްކޮށް ޚަރާބުވެފައި

އޮކްޓޯބަރ މަހަކީ ޣައްޒާއަށް ޓޮމާޓޯ މޫސުން ކަމަށްވާއިރު، އެމަހުގެ 7 ވަނަ ދުވަހަކީ، ހަނގުރާމަ ފެށި ދުވަސްކަމުން ޓޮމާޓޯ މޫސުން ވަނީ އެއްކޮށް ޚަރާބުވެފައި

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށް ވާ ޚާން ޔޫނިސްގައި އޭނާ ދަނޑުވެރިކަން ކުރަން ޚާއްޞަކޮށްފައި ހުރި ގްރީން ހައުސް ވަށައިގެން، އަހުމަދު އަބޫ ޞާލިޙު ހިނގަމުން ދިޔަ އިރު، އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައާއި މަޑުމޮޅިކަމުގެ އަސަރުތަކެވެ. ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ދަނޑުވެރިކަން ކުރަމުން އައި އަބޫ ޞާލިޙުގެ ގްރީން ހައުސްގައި މިއަދު އެއްވެސް ދިރުމެއް ނެތެވެ. ސަފުސަފަށް އިންދާފައި ހުރި ޓޮމާޓޯ ގަސްތައް ހުރީ މިލާ މޯޅިވެއެވެ. ޙަޤީޤަތުގައި މިއީ ޓޮމާޓޯ ގޮވާން ކުރާ ދުވަސްވަރެވެ. ނަމަވެސް، މިއަދު ގަހުން ބިނދެލާނެ އެންމެ ޓޮމާޓޯއެއްވެސް ނެތެވެ.

އޭނާގެ ގްރީން ހައުސް ދޫކޮށް، އެހެން ސަރަޙައްދަކަށް އަބޫ ޞާލިޙު ބަދަލުވީ، އެ ސަރަޙައްދަކީ އަސްކަރީ ޒޯންއަކާ ވަރަށް ކައިރީގައި އޮތް ސަރަޙައްދަކަށް ވެފައި ވާ ކަމުގެ އިންޒާރު ލިބި، ޔަހޫދީންގެ ޤަތުލުޢާންމުން ސަލާމަތް ވުމަށެވެ. ހުސްވި ނޮވެމްބަރު މަހުގެ ފަހުކޮޅު، ހަފުތާއަކަށް ވުރެވެސް ކުރު މުއްދަތަކަށް ޙަމަލާ މަޑުޖައްސާލުމުން، ގްރީން ހައުސްއަށް އަނބުރާ ދިޔައިރު ކަމަކު ދާކަށް ނެތެވެ. ސަލާމަތުން ހަމަ އެންމެ ގަހެއްވެސް ނެތީއެވެ. ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް ހުއްޓުނީއެވެ.

އަބޫ ޞާލިޙު ބުނި ގޮތުގައި މިއަދު އޭނާ ވަނީ ދަރަނިވެރިވެފައެވެ. މިލާ މޯޅިވެފައި ވާ ގަސްތަކަކީ އޭނާއަށް އާމްދަނީއެއް ލިބެން އޮތް ހަމައެކަނި މަސްދަރެވެ.

އަބޫ ޞާލިޙު، އޭނާގެ ގްރީން ހައުސްއަށް އަނބުރާ ދިޔަ ދުވަހަކީ ހިނދުކޮޅެއްގެ މަޑުޖެހުމަކަށް ފަހު، އިޒްރޭލުގެ ޢުދުވާނީ ޙަމަލާތައް އަނެއްކާވެސް ވަރުގަދައަށް ދޭން ފެށި ދުވަހެވެ. އެ ވަރުންވެސް އޭނާ އުންމީދު ކޮށްގެން ހުރީ، ދާއިމީ ހަމަޖެހުމެއް ލިބިދާނެ ކަމަށެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ކަމަށް ބުނެ ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި ޣައްޒާގެ ދަނޑުވެރިކަމުގެ ސިނާޢަތަށް ދުވާލެއްގެ މައްޗަށް ލިބޭ ގެއްލުމުގެ އަގު، ގާތްގަނޑަކަށް 2 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެއެވެ.

ކަނޑާއި ވައިގެ މަގުން ދެމުންދާ ޙަމަލާތަކުގެ އިތުރަށް، އެއްގަމު މަގުންވެސް އިޒްރޭލުންގެ ޙަމަލާތައް ވަރުގަދަ ކޮށްފައި ވާ އިރު، ޣައްޒާގެ އެކި ސަރަޙައްދުގައި ހުރި ގިނަ ޢަދަދެއްގެ ދަނޑުބިންތަކާއި، އެނޫންވެސް ތަންތަނުގައި ހުރި އެތައް ހާސް ގަހެއް ވަނީ ސުންނާފަތި ކޮށްފައެވެ. ބަރު އުޅަނދުފަހަރު ބޭނުންކޮށްގެން ވައްޓާލާފައެވެ.

ދަނޑުބިންތަކާއި ގަސްގަހާގެހިވެސް ޔަހޫދީންގެ ކުރިމަތީގައި 'ނިރުބަވެރި' ވީ ތާއެވެ. ދަނޑުބިންތަކަށް ގެއްލުން ދެނީ ޣައްޒާގެ ރައްޔިތުން ބިކަކޮށް، ޙާލުގައި ޖެއްސުމުގެ ނިޔަތުގައި ކަމަށް ވިއަސް، ގެއްލުން އެދެވެނީ ތިމާވެއްޓަކަށް ނޫންބާއެވެ؟ ވެށީގެ ދިފާޢުގައި މީގެ ކުރިން ކަރުން ނާރު ނަގައި ހަޅޭއް ލަވަމުން ދިޔަ 'އެކްޓިވިސްޓުންނަށް' މި މަންޒަރުތައްވެސް ނުފެންނަނީބާއެވެ؟

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު