Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓަލީ ޤައުމީ ފުޓުބޯޅަ ޓީމު

ސްޕެއިނާ ދެކޮޅަށް ކުޅެން އިޓަލީ އޮތީ ވަރަށް ބޭނުންވެފައި: ސްޕަލެޓީ

އޭނާ ބުނީ ސްޕެއިން އަކީ އަބަދު ވެސް ފުޓުބޯޅައިގައި އައު ކަންކަން އެހެން މީހުންނަށް ދައްކައިދޭ ޓީމެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2023 | ހޯމަ 00:37
އިޓަލީގެ ކޯޗު ލުސިއާނޯ ސްޕަލެޓީ

އިޓަލީގެ ކޯޗު ލުސިއާނޯ ސްޕަލެޓީ

ސްޕެއިނާ ދެކޮޅަށް ކުޅެން އިޓަލީ އޮންނަނީ އަބަދު ވެސް ވަރަށް ބޭނުންވެފައި ކަމަށް އެ ޓީމުގެ ކޯޗު ލުސިއާނޯ ސްޕަލެޓީ ބުނެފި އެވެ.

އޭނާ މިހެން ބުނީ، އަންނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަމުންނެވެ. މުބާރާތުގައި އިޓަލީ ހިމެނުނީ ގުރޫޕް ބީގަ އެވެ. އެ ގުރޫގައި އިޓަލީ އާއެކު އޮތީ ސްޕެއިން، ކްރޮއޭޝިއާ އަދި އަލްބޭނިއާ އެވެ.

ސްޕަލެޓީ ބުނީ، އެ ގުރޫޕުގައި ހިމެނޭ ސްޕެއިން އަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅުމަކީ ބޭނުންވާ ކަމެއް ކަމަށެވެ. އޭނާ ބުނީ ސްޕެއިން އަކީ އަބަދު ވެސް ފުޓުބޯޅައިގައި އައު ކަންކަން އެހެން މީހުންނަށް ދައްކައިދޭ ޓީމެއް ކަމަށާއި، އެހެންކަމުން އެ ޓީމުގެ ފަރާތުން ދަސް ކުރަން އެތައް ކަމެއް ލިބޭނެ ކަމަށެވެ. ސްޕެއިންގެ އިތުރުން ދެން އެ ގުރޫޕުގައި އޮތް ދެ ޓީމަކީ ވެސް ވަރުގަދަ ޓީމުތަކެއް ކަމަށް އޭނާ ޤަބޫލު ކުރެ އެވެ. ޚާއްސަކޮށް ކްރޮއޭޝިއާ އިން އަންނަނީ އެމީހުންނަކީ ފުޓުބޯޅައިގެ މަތީ ފަންތީގެ ޓީމެއްކަން ސާބިތުކޮށްދެމުން ކަމަށް ސްޕަލެޓީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ އިޓަލީ އަކީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށާއި، އެހެންކަމުން ތަށި ދިފާއު ކުރުމަކީ އެންމެ ބޮޑު އެއް މަސައްކަތަށް ވާނެ ކަމަށެވެ. ނަމަވެސް، އެއް ފެންވަރެއްގެ ވާދަވެރި ޓީމުތަކެއް ވާދަކުރާ މުބާރާތެއްގައި އެކަން ކުރުމަކީ ފަސޭހެ ކަމެއް ނޫން ކަމަށް ވެސް ސްޕަލެޓީ ވަނީ ބުނެފަ އެވެ. ނަމަވެސް އިޓަލީގެ ޓީމާމެދު އޭނާގެ އުންމީދު ވެސް ބޮޑެވެ. ޚާއްސަކޮށް ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އޭނާ އަށް އޮތް އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ ވެސް އެއީ އެވެ.

އިޓަލީގެ ކޯޗުކަަމަށް ސްޕަލެޓީ ހަމަޖެއްސީ މިއަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެއީ، އޭނާގެ ކުރިން އެ މަގާމުގައި ހުރި ރޮބާޓޯ މަންޗިނީ ޓީމު ދޫކޮށްލުމުންނެވެ. އިޓަލީ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. 2020 ވަނަ އަހަރުގެ މުބާރާތް އެ ޓީމުން ކާމިޔާބު ކުރީ ފައިނަލްގައި އިންގްލެންޑު ބަލި ކުރުމަށް ފަހު އެވެ.

ޔޫރޯ 2024 (ޖަރުމަނު)އިޓަލީގެ ގައުމީ ޓީމުލޫސިއާނޯ ސްޕަލެޓީ

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2025

އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް

06 ސެޕްޓެމްބަރު 2025
އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް
18 ނޮވެމްބަރު 2024

އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް

18 ނޮވެމްބަރު 2024
އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު