Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓަލީގެ ގައުމީ ޓީމު

އިޓަލީގެ ކޯޗުކަމާ ހަވާލުވާން ގަޓޫސޯ އެއްބަސްވެއްޖެ

15 ޖޫން 2025 | އާދީއްތަ 04:40

ގަޓޫސޯ އަކީ މީގެ ކުރިން އިޓަލީގެ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިޔެކެވެ. ފުޓުބޯޅަ ކެރިއަރުގައި އޭނާ ވަނީ އިޓަލީ ޤައުމީ ޓީމަށް 73 މެޗު ކުޅެދީ، އެއް ލަނޑު ޖަހައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2025 | އާދީއްތަ 04:40
އިޓަލީގެ ޤައުމީ ޓީމާ ހަވާލުވާން އެއްބަސްވި އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޖެނާރޯ ގަޓޫސޯ

އިޓަލީގެ ޤައުމީ ޓީމާ ހަވާލުވާން އެއްބަސްވި އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޖެނާރޯ ގަޓޫސޯ

އިޓަލީގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް، ޖެނާރޯ ގަޓޫސޯ އެއްބަސްވެއްޖެ އެވެ.

އިޓަލީގެ ކޯޗުކަމުގައި ހުރި ލޫސިއާނޯ ސްޕަލެއްޓީ މަގާމުން ވަކި ކުރުމަށް ފަހު، އެ ޓީމުގެ ކޯޗަކަށް އެހެން މީހަކު ހޯދުމަށް ކުރި މަސައްކަތުގައި ގަޓޫސޯ އަށް ވެސް ވަނީ އެ މަގާމު ހުށަހަޅައިފަ އެވެ.

އުމުރުން 47 އަހަރުގެ ގަޓޫސޯ ވަނީ އިޓަލީގެ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް އެއްބަސްވެފަ އެވެ. އޭނާ އެންމެ ފަހުން އިރުޝާދު ދިނީ ކްރޮއޭޝިއާގެ ހަޑްޖުކް ސްޕްލިޓަށެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި އޮތް އެއްބަސްވުން އަންނަ އަހަރު ހަމަވާން އޮތް ނަމަވެސް، އެ އެއްބަސްވުން ވަނީ މި އަހަރު އުވާލައިފަ އެވެ.

ގަޓޫސޯ އަކީ މީގެ ކުރިން އިޓަލީގެ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިޔެކެވެ. ފުޓުބޯޅަ ކެރިއަރުގައި އޭނާ ވަނީ އިޓަލީ ޤައުމީ ޓީމަށް 73 މެޗު ކުޅެދީ، އެއް ލަނޑު ޖަހައިފަ އެވެ. އިޓަލީގެ ޤައުމީ ޓީމާ އެކު އޭނާ ވަނީ 2006 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

ކުޅުން ހުއްޓާލުމަށް ފަހު، ގަޓޫސޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2013 ވަނަ އަހަރު އެވެ. ސްވިޒަލެންޑުގެ ސިއޯން އިން ކޯޗިން ކެރިއަރު ފެށި ގަޓޫސޯ ވަނީ އިޓަލީގެ އޭސީ މިލާން އަދި ނަޕޯލީގެ އިތުރުން، ސްޕެއިންގެ ވެލެންސިއާ އަދި ފްރާންސްގެ މާސޭ އަށް ވެސް އިރުޝާދު ދީފަ އެވެ.

އިޓަލީގެ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން ސްޕަލެއްޓީ ވަކި ކުރަން ނިންމީ، އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ނަތީޖާތައް ދަށްވުމުންނެވެ. އިޓަލީގެ ކޯޗުކަމަށް އޭނާ ހަމަޖެއްސީ 2023 ވަނަ އަހަރު އެވެ.

ސްޕަލެއްޓީގެ އިރުޝާދުގެ ދަށުން އިޓަލީ އިން ވަނީ 24 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 12 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ހަ މެޗުން އެއްވަރުވެ، އަނެއް ހަ މެޗުން ވަނީ ބަލިވެފަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

26 ޖުލައި 2017

ރެކޯޑު ފީއަކާއެކު އެމްބަޕޭ ހޯދުމަށް ރެއާލް އިން އެއްބަސްވެއްޖެ

26 ޖުލައި 2017
ރެކޯޑު ފީއަކާއެކު އެމްބަޕޭ ހޯދުމަށް ރެއާލް އިން އެއްބަސްވެއްޖެ
16 ޖުލައި 2017

ނޮލީޓޯ ސެވިއްޔާ އަށް ވިއްކާލުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ

16 ޖުލައި 2017
ނޮލީޓޯ ސެވިއްޔާ އަށް ވިއްކާލުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ
20 ޖޫން 2017

ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ

20 ޖޫން 2017
ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ
10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
03 ޖޫން 2017

އާޖެންޓީނާގެ ކޯޗުކަމާއި ސަމްޕައޮލީ ހަވާލުވެއްޖެ

03 ޖޫން 2017
އާޖެންޓީނާގެ ކޯޗުކަމާއި ސަމްޕައޮލީ ހަވާލުވެއްޖެ
20 މެއި 2017

އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި

20 މެއި 2017
އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް