Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ނޭޝަންސް ލީގު

އިޓަލީ ކަޓުވާލައި، ޖަރުމަނު ސެމީ ފައިނަލަށް

ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އެހެންވެ އެގްރިގޭޓް ނަތީޖާ 5-4 އިން ޖަރުމަނު ވަނީ އިޓަލީ ކަޓުވާލައި މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މާރިޗު 2025 | ހޯމަ 04:57
އިޓަލީއާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގުގައި ލަނޑު ޖެހުމަށްފަހު، ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިޓަލީއާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގުގައި ލަނޑު ޖެހުމަށްފަހު، ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލްގައި އިޓަލީގެ މައްޗަށް ކުރި ހޯދައި، ޖަރުމަނުން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމު ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގު ޖަރުމަނުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެހެންވެ ދެ ވަނަ ލެގަށް ކުރިމަތިލީއިރު ވެސް، ޖަރުމަނަށް ފައިދާ އޮތެެވެ. އާދީއްތަ ދުވަހުގެ ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

އެހެންވެ އެގްރިގޭޓް ނަތީޖާ 5-4 އިން ޖަރުމަނު ވަނީ އިޓަލީ ކަޓުވާލައި މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ޖަރުމަނަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ކުރި ހޯދައިދިނީ ޔޯޝުއާ ކިމިކް އެވެ. އޭގެ ހަ މިނެޓު ފަހުން ޖަމާލް މުސިއާލާ ވަނީ ލަނޑު ޖަހައި ޖަރުމަނުގެ ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ޖަރުމަނުގެ ތިން ވަނަ ލަނޑު ޖެހީ ޓިމް ކްލެއިންޑިއެންސްޓް އެވެ.

ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގައި އިޓަލީން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އިޓަލީގެ ފުރަތަމަ ލަނޑު ޖެހީ މޮއިސް ކީން އެވެ. އޭގެ ފަހުން މެޗުގެ 69 ވަނަ މިނެޓުގައި އޭނާ ވަނީ ދެ ވަނަ ލަނޑެއް ޖަހައި، އިޓަލީ އަށް ފަރަގު ކުޑަ ކޮށްދީފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އިޓަލީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖިއާކޮމޯ ރަސްޕަޑޯރީ އެވެ.

ދެ ވަނަ ލެގުގެ ނަތީޖާ ހަމަހަމަވީ ނަމަވެސް، ފުރަތަމަ ލެގުން ޖަރުމަނު މޮޅުވެފައި އޮތުމުން އެގްރިގޭޓް ނަތީޖާ އިން އެ ޓީމު ވަނީ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު