Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް

މޮޅާއެކު ފްރާންސް އެއް ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ނޮވެމްބަރު 2024 | ހޯމަ 04:47
މެޗުގައި ލަނޑު ޖެހުމަށްފަހު ފްރާންސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ފްރާންސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕު ދޭއްގައި އިޓަލީއާ ދެކޮޅަަށް ކުޅުނު މެޗުން މޮޅުވެ، ފްރާންސް އިން ގުރޫޕުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރީ 3-1 އިންނެވެ. އެ މެޗާ ކުރިމަތިލީއިރު އެއް ވަނައިގައި އޮތީ އިޓަލީ އެވެ. އެ މެޗުން ބަލި ނުވެ ފަރު ޖައްސާލައިގެން އެއް ވަނަ މަގާމު ދެމެހެއްޓުމުގެ ފުރުސަތު އިޓަލީ އަށް އޮތްއިރު، ފްރާންސް އިން ވަނީ އިޓަލީ ބަލިކޮށް އެއް ވަނަ ޖާގަ ހޯދައިފަ އެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ފްރާންސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ފްރާންސް އަށް ޖަހައިދިނީ އެޑްރިއަން ރާބިއޮޓް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ލޫކަސް ޑިގްނޭ އެވެ. އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި ފްރާންސް އަށް ދެ ލަނޑުގެ ލީޑެއް ލިބުނީ އިޓަލީގެ ގޯލު ކީޕަރު ޖުލިއެލްމޯ ވިކާރިއޯ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

އޭގެ ދެ މިނެޓު ފަހުން އިޓަލީން ވަނީ ލަނޑެއް ޖަަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެންޑްރިއާ ކަމްބިއާސޯ އެވެ. އެ ލަނޑު އޭނާ ޖެހީ ފެޑެރިކޯ ޑިމާކޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ފްރާންސްގެ ދެ ވަނަ ލަނޑު، 65 ވަނަ މިނެޓުގައި ޖެހީ ރާބިއޮޓް އެވެ. އެ ލަނޑު ވެސް އޭނާ ޖެހީ ޑިގްނޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު ފްރާންސް އެއް ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަަދަށް މެޗު ކުޅެގެން ދެ ވަނައިގައި އިޓަލީ އަށް ވެސް ލިބެނީ 13 ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ގޮތުން ކުރި ހޯދައިގެން ފްރާންސް އަށް އެއް ވަނަ ލިބެ އެވެ.

ޔުއެފާ ނޭޝަންސް ލީގުއިޓަލީގެ ގައުމީ ޓީމުްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
14 އޮކްޓޯބަރު 2025

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި
11 ސެޕްޓެމްބަރު 2025

ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ

11 ސެޕްޓެމްބަރު 2025
ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ
10 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި

10 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި
06 ސެޕްޓެމްބަރު 2025

އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް

06 ސެޕްޓެމްބަރު 2025
އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް
06 ސެޕްޓެމްބަރު 2025

ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި

06 ސެޕްޓެމްބަރު 2025
ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި
05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
20 ނޮވެމްބަރު 2024

ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

20 ނޮވެމްބަރު 2024
ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު