Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓަލީގެ ގައުމީ ޓީމު

އިޓަލީގެ ކޯޗަކަށް ގަޓޫސޯ ހަމަޖައްސައިފި

ގަޓޫސޯ އަކީ މީގެ ކުރިން އިޓަލީގެ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިޔެކެވެ. ފުޓުބޯޅަ ކެރިއަރުގައި އޭނާ ވަނީ އިޓަލީ ޤައުމީ ޓީމަށް 73 މެޗު ކުޅެދީ، އެއް ލަނޑު ޖަހައިފަ އެވެ. އިޓަލީގެ ޤައުމީ ޓީމާ އެކު އޭނާ ވަނީ 2006 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

އިޓަލީގެ ޤައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ގަޓޫސޯ ރަސްމީކޮށް ދައްކާލުން އޮތީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2025 | ހޯމަ 06:50
އިޓަލީ ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ޖެނާރޯ ގަޓޫސޯ

އިޓަލީ ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ޖެނާރޯ ގަޓޫސޯ

އިޓަލީގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަޤާމަށް، ކުރިން އެ ޓީމަށް ކުޅުނު ޖެނާރޯ ގަޓޫސޯ ހަމަޖައްސައިފި އެވެ.

އިޓަލީގެ ކޯޗުކަމުގައި ހުރި ލޫސިއާނޯ ސްޕަލެއްޓީ މަގާމުން ވަކި ކުރުމަށް ފަހު، އެ މަޤާމަށް ގަޓޫސޯ ހަމަޖައްސާފައިވާކަން އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަން އިން ވަނީ އިއުލާާން ކޮށްފަ އެވެ.

އުމުރުން 47 އަހަރުގެ ގަޓޫސޯ ވަނީ އިޓަލީގެ ޤައުމީ ޓީމާ ހަވާލުވީއިރު، އޭނާ އެންމެ ފަހުން އިރުޝާދު ދިނީ ކްރޮއޭޝިއާގެ ހަޑްޖުކް ސްޕްލިޓަށެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި އޮތް އެއްބަސްވުން އަންނަ އަހަރު ހަމަވާން އޮތް ނަމަވެސް، އެ އެއްބަސްވުން ވަނީ މި އަހަރު އުވާލައިފަ އެވެ.

އިޓަލީގެ ޤައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ގަޓޫސޯ ރަސްމީކޮށް ދައްކާލުން އޮތީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

ގަޓޫސޯ އަކީ މީގެ ކުރިން އިޓަލީގެ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިޔެކެވެ. ފުޓުބޯޅަ ކެރިއަރުގައި އޭނާ ވަނީ އިޓަލީ ޤައުމީ ޓީމަށް 73 މެޗު ކުޅެދީ، އެއް ލަނޑު ޖަހައިފަ އެވެ. އިޓަލީގެ ޤައުމީ ޓީމާ އެކު އޭނާ ވަނީ 2006 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

ކުޅުން ހުއްޓާލުމަށް ފަހު، ގަޓޫސޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2013 ވަނަ އަހަރު އެވެ. ސްވިޒަލެންޑުގެ ސިއޯން އިން ކޯޗިން ކެރިއަރު ފެށި ގަޓޫސޯ ވަނީ އިޓަލީގެ އޭސީ މިލާން އަދި ނަޕޯލީގެ އިތުރުން، ސްޕެއިންގެ ވެލެންސިއާ އަދި ފްރާންސްގެ މާސޭ އަށް ވެސް އިރުޝާދު ދީފަ އެވެ.

އިޓަލީގެ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން ސްޕަލެއްޓީ ވަކި ކުރަން ނިންމީ، އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ނަތީޖާތައް ދަށްވުމުންނެވެ. އިޓަލީގެ ކޯޗުކަމަށް އޭނާ ހަމަޖެއްސީ 2023 ވަނަ އަހަރު އެވެ.

ސްޕަލެއްޓީގެ އިރުޝާދުގެ ދަށުން އިޓަލީ އިން ވަނީ 24 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 12 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ހަ މެޗުން އެއްވަރުވެ، އަނެއް ހަ މެޗުން ވަނީ ބަލިވެފަ އެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު