Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން-އިސްރާއިލް ހަނގުރާމަ

"ނާމާންކަން އަނބުރާ އަތުވެއްޖެ، އަހަރެމެން މި ބަނޑަށް މަރުވަނީ"

ވަގުތީ ހިޔާތަކުގެ ގޮތުގައި ބޭނުން ކުރަމުންދާ ސްކޫލުތަކަށް ބަލާއިރު، އެންމެ ކުލާހެއްގެ ތެރޭގައިވެސް 100 އަށް ވުރެ ގިނަ މީހުން އެބަ ތިބި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2023 | ހޮނިހިރު 11:00
ޣައްޒާއަށް ޙަމަލާ ދިނުން މަޑުޖައްސާލުމަށްފަހު، ސުންގަޑި ހަމަވުމާއެކު އަނެއްކާވެސް އެޔެއް މިއެއް ބެލުމެއް ނެތި އިސްރާއިލުން ވަނީ ހަމަލާތައްދޭން ފަށާފައި

ޣައްޒާއަށް ޙަމަލާ ދިނުން މަޑުޖައްސާލުމަށްފަހު، ސުންގަޑި ހަމަވުމާއެކު އަނެއްކާވެސް އެޔެއް މިއެއް ބެލުމެއް ނެތި އިސްރާއިލުން ވަނީ ހަމަލާތައްދޭން ފަށާފައި

އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްޠީޏުގެ ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތަކީ އެމެރިކާއާއި ހުޅަނގުން ޔަހޫދީންނަށް އެއްބާރުލުން ދޭ ޤައުމުތަކުގެ ކުރިމަތީގައި ޓެރަރިސްޓް ޖަމާޢަތެކެވެ. ނަމަވެސް، ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމަކީ ޢަމާޒު ކަމަށް ބުނެ ޣައްޒާ ހަފުސް ކުރުމަށް އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމަށް ބަލައިލުމުން އެކަނިވެސް، ޙަޤީޤީ ނިރުބަވެރިންނަކީ ކޮބައިކަން ސާފު ނުވޭ ހެއްޔެވެ؟ ކުޅޭ ކުޅިވަރެއްހެން 6 ދުވަހުގެ މުއްދަތަށް، ޣައްޒާއަށް ޙަމަލާ ދިނުން މަޑުޖައްސާލުމަށްފަހު، ސުންގަޑި ހަމަވުމާއެކު އަނެއްކާވެސް އެޔެއް މިއެއް ބެލުމެއް ނެތި ޢުދުވާންތައް ފެށި މަންޒަރު މުޅި ދުނިޔެއަށް އޮޅުވާލެވޭނެ އެއްވެސް ގޮތެއް ނެތެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހުގެ ޤަތުލުޢާންމު ފެށުމުގެ އެތައް އަހަރެއް ކުރިންވެސް ޣައްޒާއަކީ އިޒްރޭލުގެ މުށްދަށުލާފައި އޮތް ސިޓީއެކެވެ. އިޒްރޭލުގެ މިލްކަކަށް ހެދުމަށްޓަކައި ދަހިވެތިކަމުގެ ކަސްތޮޅުގައި ޤައިދުކޮށްފައި އޮތް ދުނިޔޭގެ އެންމެ ބޮޑު، އަނގަމަތި ހައު ޖަލަކީވެސް ޣައްޒާއެވެ. ހުރިހާ ކޮޅަކުން ޣައްޒާ އޮތީ ފިއްތާލާފައެވެ. 2.3 މިލިއަން މީހުން، އިންތިހާ ކުޑަ ތަންފުކެއްގައި ތޮއްޖެހިގެން ދިރިއުޅެމުން ދިޔަ ދަތި ދިރިއުޅުމަށް އިންތިހާ ތަކުލީފު ޖެއްސިތާ 2 މަސް ވާން މި ވަނީ ގާތްވެފައެވެ. އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤާއި، ދިރިއުޅުމުގެ އަސާސީ ޙައްޤުތަކުންވެސް ޣައްޒާގެ ރައްޔިތުން މަޙްރޫމު ކޮށްފައި ވަނީ ކުށަކާ ނުލައެވެ.

ޙަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރާއެކު ޣައްޒާގެ ވަޒަންވެރިންނަށް މަޖުބޫރުވެފައި ވަނީ އަމިއްލަ ގެދޮރު ދޫކޮށް، ވަގުތީ ހިޔާވަހިތަކަށް ބަދަލުވާށެވެ. ބައެއް މީހުންނަކީ ވަގުތީ ހިޔާތަކުންވެސް ނުކުންނަން މަޖުބޫރުވެފައި ވާ މީހުންނެވެ. ވަގުތީ ހިޔާތަކުގެ ގޮތުގައި ބޭނުން ކުރަމުންދާ ސްކޫލުތަކަށް ބަލާއިރު، އެންމެ ކުލާހެއްގެ ތެރޭގައިވެސް 100 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. އެނޫން އެހެން އެއްވެސް ގޮތެއް އޮތް ނަމަ، އެތާކު އެމީހުން ނުތިބީސްކަން ޔަޤީންތާއެވެ.

އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު އޮކްޓޯބަރ 7 ވަނަ ދުވަހުގެ ޢުދުވާންތައް ފެށިފަހުން ޣައްޒާއިން 1.8 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އިންސާނީ އެހީއާ ބެހޭ އދގެ އިދާރާ (އޯޗާ)އިން ޢާންމު ކުރި ރިޕޯޓެއްގައި ވާ ގޮތުން، ޣާއްޒާގެ އާބާދީގެ ގާތްގަނޑަކަށް 80 ޕަސެންޓް މީހުންނަކީ މިއަދު ގެދޮރު ގެއްލިފައި ވާ މީހުންނެވެ. ރަށެއްގެ އާބާދީގެ އެހާ ބޮޑު އިންސައްތައެއް، ހަމަ ފަސްގަނޑުގައި ގެދޮރު ގެއްލިގެން ދިރިއުޅޭނެ ޙާލަކީ، އެހެން ތަނެއްގައި ހުރި މީހަކަށް ކުޑަ މިންވަރަކަށްވެސް ވަޒަންކޮށްލެވޭނެ ކަމެއް ނޫނެވެ.

ޙަމަލާތައް 'މަޑުޖައްސާލި' މުއްދަތުގެ ތެރޭގައި ޣައްޒާއަށް އެތެރެ ކުރެވުނު އިންސާނީ އެހީއަށް ބަލާއިރު، އެ ރަށަށް ބޭނުން ޖެހިފައި އޮތް މިންވަރާ ގާތަށްވެސް އެހީ ފޯރުކޮށްދެވިފައި ނުވާކަމަށް އދއިން ބުނެއެވެ.

އެއްގަމާއި ކަނޑާއި ވައިގެ މަގުން ޣައްޒާ ހަފުސް ކުރަމުން ދާ އިރު، ބޮމާއި ބަޑީގެ ޙަމަލާތަކުގެ މައްޗަށް، ބަލިމަޑުކަމުގެ ނުރައްކާވެސް ޣައްޒާއަށްވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ގައިންގައަށް އަރާ ބަލިތައް ޣައްޒާގައި މި ދުވަސްވަރު ފެތުރެމުން ދަނީ އިންތިހާ ހަލުވި ދުވެލީގައެވެ. ބޭރަށް ހިންގުމާއި، ނޭވާލާނިޒާމާއި ހަމުގެ ބަލިތަކުގެ ޝިކާރައަކަށް ވާ މީހުންގެ ޢަދަދު އިންތިހާއެވެ. ޣައްޒާގައި ހެޕަޓައިޓިސް ފެތުރެމުން ދިއުން އެކަށީގެން ވާ ކަމަށްވެސް އދގެ ރިޕޯޓް ގައި ވަނީ ބަޔާންކޮށްފައެވެ.

މި ހުރިހާ ކަމެއް މިފަދަ ގޮތަކަށް ހުރިއިރު، ހަމައަށް ހިންދެމިލާނެ ފުރުޞަތުވެސް ނުދީ ޣައްޒާގެ ރަށްވެހިންނަށް އަނެއްކާވެސް އެ ވަނީ ޔަހޫދީންގެ ޢުދުވާންތަކާއި ކުރިމަތިލާން ޖެހިފައެވެ. ޔަހޫދީންގެ ސަބަބުން ޣައްޒާގެ ކުދިބޮޑު އެންމެންނަށް އުފުލަން ޖެހިފައިވާ ނަފުސާނީ ތަކުލީފުތަކަކީ ޒަމާނީ އެއްވެސް ޢާލާތަކުން މިނެ، ކިރާ، ވަޒަން ކުރެވޭނެ ވަރުގެ އަނިޔާއެއް ނޫނެވެ.

ގަސްތަކުގެ ތެރޭގައި ޖަހާފައިވާ ފޭލިގެތަކުގެ ތެރެއިން ފޭލިގެއެއްގައި ދިރިއުޅެމުންދާ އެކަކީ ވަޠަން އަލް-މަސްރީއެވެ. ހަރު ޢުމުރުގެ އެ ފިރިހެން މީހާއަށްވެސް ބުނެވުނީ "ނަމާންކަން އަނބުރާ އަތުވެއްޖެ"  ކަމަށެވެ.

ޙަމަލާ 'މަޑުޖައްސާލުމަށް' ޤަޠަރާއި މިޞްރު މެދުވެރިއެއްގެ ގޮތުގައި އޮވެގެން އެކުލަވާލި އެއްބަސްވުމުގެ މުހުލަތު ހަމަވުމާއެކު ޣައްޒާގެ ހޮސްޕިޓަލުތައް އަނެއްކާވެސް ފުރިބާރުވެއްޖެއެވެ. ކުށެއްނެތި ޒަޚަމްކޮށްލާފައިވާ އެތައް ބައެއްގެ ލެއިން، މުޅި ޣައްޒާ ތެމި ފޯވަމުން ދާއިރު، ބައިނަލްއަޤުވާމީ މުޖުތަމަޢަށް ކޮށްދެވުނީ ކޮން ކަމެއް ހެއްޔެވެ؟

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު